Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެއަށް ކުރަމުންދާ ވިއްސާރަ

ވިއްސާރައިގައި ރާއްޖޭގެ ގިނަ ރަށްރަށަށް ގެއްލުން ލިބިއްޖެ

25 މެއި 2021 | އަންގާރަ 15:48

މ އަތޮޅު މަޑުއްވަރިއާއި ރަތްމަންދޫއަށް އުދައަރައި ރަށުތެރޭގައި ފެންބޮޑުވެފައިވޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 25 މެއި 2021 | އަންގާރަ 15:48
ވިއްސާރައިގައި ޅ.ނައިފަރު މަގެއްގައި ފެންބޮޑުވެފައި

ވިއްސާރައިގައި ޅ.ނައިފަރު މަގެއްގައި ފެންބޮޑުވެފައި

ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރާއި މެދުރާއްޖޭގެ ގިނަ ރަށްތަކަކަށް ގެއްލުން ވެއްޖެއެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގެ އެންމެ ފަހުގެ މައުލޫމާތު ތަކަށް ބަލާއިރު, ވައި ގަދަވުމުގެ ސަބަބުން އަންގާރަ ދުވަހު ހދ. ކުޅުދުއްފުށީ ގެއެއްގެ ފުރާޅު އެއްލާލާފައިވެއެވެ. ވައިބާރުވެ ފުރާޅު އެއްލާލި ގެޔަކީ މީހުން ދިރިނުއުޅޭ ފަޅުގެޔެއް ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement - newsAdvertisement

ވިއްސާރައާއި ގުޅިގެން އަންގާރަ ދުވަހު ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން ޚާއްސަ ބައްދަލުވުމެއް ވެސް ބާއްވާފައިވެއެވެ. މި ބައްދަލުވުމަކީ މޫސުން ގޯސްވުމުގެ ސަބަބުން ދިމާވާ ހާދިސާތަކަށް އިޖާބަ ދިނުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން އެ ސިޓީގައި އެމެޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމުކުރުމާއި, ހަލުވި ކަމާއެކު އިޖާބަ ދިނުމާއި ގުޅޭ ގޮތުން ބޭއްވުނު މަޝްވަރާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި, ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާއި, ސިފައިންނާއި, ފުލުހުންގެ އިތުރުން ދިވެހި ރެޑްކްރެސެންޓުން ބައިވެރިވެފައިވެއެވެ.

މި ވިއްސާރައިގައި ކ. އަތޮޅު ދިއްފުއްޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެގޮތުން އެރަށަށް އުދައަރާ ވަރަށް ގިނަ ގޭގެޔަށް ލޮނުގެ އަސަރުކޮށްފައި ވެއެވެ. އުދައެރުމާ ގުޅިގެން ރަށުގައި ފެންބޮޑުވެ, ފެން ހިންދުމުގެ މަސައްކަތާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކައުންސިލާއި, ރަށު ރައްޔިތުން ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ. މި މަސައްކަތަށް ބޭނުންވާ 2000 ގޯނި, ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން, އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ދިއްފުއްޓަށް ގެންގޮސްފައި ވެއެވެ.

ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ލިބުނު ގެއްލުމަށް ބަލާއިރު, އެ އަތޮޅު އުލިގަމަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެފައި ވެއެވެ. އެރަށުން ފެން ހިއްކުމުގެ މަސައްކަތް, ކައުންސިލާއި, އެމްއެންޑީއެފް ނޮދަން އޭރިއާ ގުޅިގެން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ އިތުރުން އެ އަތޮޅު ދިއްދޫއަށް އެރި ކޮޅިގަނޑުގައި އެރަށު މީހުން ދިރިއުޅޭ ގެއެއްގެ ފާރެއް ވަނީ ވެއްޓިފައެވެ. މި ހާދިސާގައި އެގެޔަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.

ވިއްސާރައިގައި މެދުރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން މ އަތޮޅުގެ ބައެއް ރަށްރަށަށް އުދަ އަރާ ގެއްލުން ލިބިފައިވެއެވެ. އެގޮތުން އެ އަތޮޅު މަޑުއްވަރިއަށް އުދަ އަރާ ރަށުތެރޭ ފެންބޮޑު ވެފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މ. ރަތްމަންދޫ އަށް ވެސް އުދައިގެ އަސަރު ވަރަށް ބޮޑަށް ވަނީ ކޮށްފައެވެ. އެރަށުން ފެން ހިންދުމުގެ މަސައްކަތް, ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ވަނީ ކުރިއަށް ގެން ގޮސްފައެވެ.

ހުޅަނގު މޫސުމުގެ ވިއްސާރައިގައި ޅ. ނައިފަރަށް ވެސް ބޯކޮށް ވާރޭ ވެހިފައި ވެއެވެ. އެ ރަށުގައި ފެން ބޮޑު ވުމުގެ ސަބަބުން, ރަށުތެރެއިން ފެން ހިންދުމުގެ މަސައްކަތް ނައިފަރު ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން މިހާރު ގެންދަނީ ކުރަމުންނެވެ.

މޫސުންއެމްއެންޑީއެފް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް