Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މިނިސްޓަރ އިމްރާނާ ސުވާލުކުރުން

ލާއިންސާނީ ހަމަލާއަށް ތާއީދުކުރާ އެއްވެސް މީހަކަށް "ހަމްދަރުދީ" އެއް ނޯންނާނެ - އިމްރާން

ލާއިންސާނީ އަމަލަކަށް އެއްވެސް ކަހަލަ ހިތްވަރެއްވެސް ނުދޭނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 24 މެއި 2021 | ހޯމަ 13:26
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާފައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ސުވާލުކުރުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާފައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ސުވާލުކުރުމުގެ ތެރެއިން

ރައީސް ނަޝީދަކީ "ލާދީނީ" ބޭފުޅެއް ކަމަށް ފާޅުގައި ވިދާޅުވާ ބޭފުޅުންނާ ހޯމް މިނިސްޓަރ އިމްރާނާ އޮންނަ ޚާއްސަ ގުޅުމާމެދު މަޖިލީހުގެ ބައެއް މެމްބަރުން ސުވާލު އުފައްދަވައިފިއެވެ.

ތ.ތިމަރަފުށި، އަދި ތ.ވޭމަންޑޫގައި ފުލުހުންގެ މަރުކަޒެއް ގާއިމު ކުރެވޭނެ ތާރީޚަކާ ގުޅޭގޮތުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރައްވާ ސުވާލަށް ޖަވާބު ދެއްވަން ހޯމް މިނިސްޓަރު ހޯމަ ދުވަހުގެ ޖަލްސާއަށް ހާޒިރުކޮށް، އިތުރު ސުވާލު ކުރަން ލިބުނު ފުރުސަތުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވަނީ ރައީސް ނަޝީދަކީ "ލާދީނީ" ބޭފުޅެއް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ބޭފުޅުންނާއެކު އިމްރާން ފަރިއްކުޅުއްވައި ގާތް ގުޅުމެއް ބާއްވަވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

އިންތި ވިދާޅުވީ އެބޭފުޅުންގެ ތަރޭގައި ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާއިރު، އެ ކަމަށްވެސް މަލާމާތާ ފުރައްސާރައިގެ ބަސްތައް ފާޅުގައި ވިދާޅުވާ ބޭފުޅުންވެސް ހިމެނޭ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވާ ހަތަރު މީހުން ވެސް ހައްދުފަހަނައަޅާފައިވާ ފިކުރުގެ މީހުން ކަމަށް ފުލުހުން ބުނެފައިވާއިރު، އެމަނިކުފާނަކީ "ލާދީނީ" ބޭފުޅެއް ކަމަށް ދީނީ އިލްމުވެރިންތަކެއް ވިދާޅުވަމުން ގެންދެވުމަކީ އެހަމަލާ ދިން ސަބަބެއް ކަމަށް ވުން ގާތް ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ އިމްރާން ވިދާޅުވީ ޕާޓީގެ ތެރެއިން ވިޔަސް އަދި އެހެން ގޮތަކަށް ވިޔަސް ރައީސް ނަޝީދަށް ދެވުނު ލާއިންސާނީ ހަމަލާއަށް ތާއީދުކުރާ އެއްވެސް ފަރާތަކަށް އެމަނިކުފާނުގެ "ހަމްދަރުދީ" އެއް ނޯންނާނެ ކަމަށެވެ. މި ހަމަލާއަކީ އިސްލާމްދީނުގެ އެއްވެސް ހަމައަކުން ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، މިކަމަށް ތާއީދުކޮށް ހިތްވަރުދޭ ފަރާތަކަށްވާނަމަ އެއީ ގާނޫނީ ގޮތުން އަދަބު ލިބެންޖެހޭނެ މީހެއް ކަމަށް ގަބޫލު ކުރައްވާ ކަމުގައި މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. އެހެން ކަމުން އެފަދަ އަމަލެއް ކުރާ އެއްވެސް މީހަކު ބަލައިނުގަންނާނެ ކަމަށާއި ގުޅުމެއްވެސް ނުބާއްވާނެ ކަމަށް ވިދާޅުވެ އެވާހަކަފުޅު ތަކުރާރު ކުރެއްވިއެވެ.

މިނިސްޓަރގެ މި ޖަވާބަށް އިޝާރާތް ކުރައްވައި ރިޔާސަތުން ވިދާޅުވީ، ފާއިތުވި ރަމަޟާން މަހުގެ ތެރޭގައި، ރައީސް ނަޝީދަކީ "ލާދީނީ" ބޭފުޅެއް ކަމަށް ފާޅުގައި ވިދާޅުވަމުން ގެންދަވާ ބޭފުޅުން ތަކަކާއެކު މިނިސްޓަރ އިންނެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވާކަމަށެވެ.

އެކަމާ ގުޅިގެން މިނިސްޓަރ އިތުރު ބަސްފުޅެއް ވިދާޅެއް ނުވެއެވެ.

ހޯމް މިނިސްޓްރީގެ ތެރޭގައި ވެސް ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ބޭފުޅުން ތިބި ކަމުގެ ތުހުމަތު ކުރެއްވުމުން މިނިސްޓަރވަނީ އެފަދަ ޖާގައެއް އަދި ފުރުސަތެއްވެސް ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ އިމްރާން

ކޮމެންޓް

އިތުރަށް ކިޔާލަން

ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

02 ޖުލައި 2025
ސިޔާސީ މަސައްކަތަށް ނިކުންނަވާނީ ފާޑުކިޔުންތައް އަންނާނެކަން އެނގި ތަހަންމަލް ކުރުމުގެ ވިސްނުމާއެކު: އިމްރާނު

ސިޔާސީ މަސައްކަތަށް ނިކުންނަވާނީ ފާޑުކިޔުންތައް އަންނާނެކަން އެނގި ތަހަންމަލް ކުރުމުގެ ވިސްނުމާއެކު: އިމްރާނު

06 އޮކްޓޯބަރު 2023
ފުލުހުން ރެކްރޫޓްވާ މިންވަރަށް ބެލުމަށްފަހު ފުލުހުންގެ ޚިދުމަތް ނެތް ރަށްރަށުގައި ޚިދުމަތް ފުޅާކުރުން ކުރިއަށްދޭ: އިމްރާން

ފުލުހުން ރެކްރޫޓްވާ މިންވަރަށް ބެލުމަށްފަހު ފުލުހުންގެ ޚިދުމަތް ނެތް ރަށްރަށުގައި ޚިދުމަތް ފުޅާކުރުން ކުރިއަށްދޭ: އިމްރާން

22 މެއި 2023
61 ރަށުގައި ޕޮލިސް ސްޓޭޝަން އެޅުން: "ޕްރޮޖެކްޓު ފެށުމަށް ރާއްޖެއިން ކުރަން ޖެހޭކަންކަން ވަނީކޮށް ނިމިފައި" - އިމްރާން

61 ރަށުގައި ޕޮލިސް ސްޓޭޝަން އެޅުން: "ޕްރޮޖެކްޓު ފެށުމަށް ރާއްޖެއިން ކުރަން ޖެހޭކަންކަން ވަނީކޮށް ނިމިފައި" - އިމްރާން

22 މެއި 2023
މިނިސްޓަރު އިމްރާނަށް ވަގަށް ގޮވައި އަޑުގަދަ ކުރެއްވި ބައެއް މެންބަރުންގެ ނަން އިއްވާ މަޖިލީހުން ނެރެފި

މިނިސްޓަރު އިމްރާނަށް ވަގަށް ގޮވައި އަޑުގަދަ ކުރެއްވި ބައެއް މެންބަރުންގެ ނަން އިއްވާ މަޖިލީހުން ނެރެފި

22 މެއި 2023

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު