Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ ޚިދުމަތް ފުޅާކުރުން

ފުލުހުން ރެކްރޫޓްވާ މިންވަރަށް ބެލުމަށްފަހު ފުލުހުންގެ ޚިދުމަތް ނެތް ރަށްރަށުގައި ޚިދުމަތް ފުޅާކުރުން ކުރިއަށްދޭ: އިމްރާން

ފުލުހުންގެ ޚިދުމަތް ޤާއިމްކޮށްފައި ނެތް ރަށްރަށުގައި އެ ޚިދުމަތް ދިނުމަށް ސަމާލުކަން ދޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 މެއި 2023 | ހޯމަ 06:09
މިނިސްޓަރު އިމްރާން

މިނިސްޓަރު އިމްރާން

ފުލުހުން ރެކްރޫޓްވާ މިންވަރަށް ބެލުމަށް ފަހު، ފުލުހުންގެ ޚިދުމަތް ނެތް ރަށްރަށުގައި ޚިދުމަތް ފުޅާކުރުން ކުރިއަށްދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އެފަދައިން ވިދާޅުވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޝިފާއު ސުވާލުކުރެއްވީ ފުލުހުން ޤާއިމްވެ ނެތް ރަށްރަށުގައި ފުލުހުން ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުންނެވެ.

Advertisement - newsAdvertisement

ފުލުހުންގެ ޚިދުމަތް ޤާއިމްކޮށްފައި ނެތް ރަށްރަށުގައި އެ ޚިދުމަތް ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ އިރުޝާދާއި އެކު ހޯމް މިނިސްޓްރީން ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމުން ޚިދުމަތް ދެމުންދާ ގޮތަށް ބަދަލެއް ނައިސް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެ ރަށްރަށަށް އެކަށީގެންވާ މިންވަރަށް ފުލުހުން ރެކްރޫޓްކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ މަސައްކަތަށް ސަރުކާރުން މި އަހަރު ވަރަށް ފަހި ފުރުސަތުތަކެއް ފަހިކޮށްދެއްވާފައިވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ. އެގޮތުން ބަޖެޓުގެ ތެެރެއިން އިތުރު 600 ފުލުހުން ރެކްރޫޓް ކުރުމަށް ފުރުސަތު ލިބިފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އެހެންނަމަވެސް ފުލުހުންގެ ތެރެއަށް މީހުން ރެކްރޫޓްކުރުމަކީ އެކަމަށްޓަކާ ބަލަން ޖެހޭ ކަންކަން ހުންނަ، ގިނަ ކަންކަން އެކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކަމަކަށް ވުމުން، ފުލުހުންގެ ޚިދުމަތް ފުޅާ ކުރެވޭނީ ރެކްރޫޓް ކުރެވޭ މިންވަރާއި ތަމްރީނު ކުރެވޭ ބެލުމަށް ފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރުވެސް އިތުރު ފުލުހުން ރެކްރޫޓްކުރުމާއި ތަމްރީންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެއާއި އެކު ޚިދުމަތް ވެސް އިތުރަށް ފުޅާވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 117 ރަށުގައި ފުލުހުން ތިބި އިރު ފުލުހުންގެ އަމިއްލަ ސްޓޭޝަނެއް ހުރީ އެންމެ 17 ރަށުގައި ކަމަށާއި އެއީ ގޮންޖެހުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންވުމުން ފުލުހުން ތިބޭނެ ތަނެއް ހޯދަނީ ކައުންސިލްގެ އެހީގައި ނުވަތަ ކުއްޔަށް ތަނެއް ހޯދައިގެން ކަމަށް އިމްރާން ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްމިނިސްޓަރ އިމްރާން

ކޮމެންޓް

އިތުރަށް ކިޔާލަން

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

21 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު