Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބްލެކް ފަންގަސް

ބްލެކް ފަންގަސްއަށް ޝައްކު ކުރެވުނު މީހާ ނެގެޓިވް

މިޔުކޯމައިކޯސިސް އަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިގެން އެ މީހާގެ ޓެސްޓުތައް ހެދީ މިމަހުގެ 20 ވަނަ ދުވަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 މެއި 2021 | ހޯމަ 03:52
އައިޖީއެމްއެޗް ހޮސްޕިޓަލްގެ އެމަރޖެންސީ ފަޅި

އައިޖީއެމްއެޗް ހޮސްޕިޓަލްގެ އެމަރޖެންސީ ފަޅި

މިޔުކޯމައިކޯސިސް ނުވަތަ ބްލެކް ފަންގަސް އަށް ޝައްކު ކުރެވިގެން ރާއްޖެއިން ޓެސްޓް ހެދި މީހާގެ ނަތީޖާ ނެގެޓިވް ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޝަން ސެންޓަރުން ބުނެފިއެވެ.

މިޔުކޯމައިކޯސިސް އަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިގެން އެ މީހާގެ ޓެސްޓުތައް ހެދީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އަދި އޭނާ އަކީ ކޮވިޑް ޖެހުމަށްފަހު ބަލިން ރަނޅުވި މީހެއް ކަމަށް ވެސް އެޗްއީއޯސީން ބުނެއެވެ. އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމުގައި އެންމެ އިސްކޮށް އުޅުއްވާ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ބްލެކް ފަންގަސް އިންފެކްޝަނަށް ޝައްކު ކުރެވުނު ބަލިމީހަކަށް ފަރުވާ ދެވުނު ކަމަށެވެ. ނަމަވެސް އޭނާގެ ނަތީޖާ ނެގެޓިވް ކަމަށާއި، އެއީ ބްލެކް ފަންގަސް ނޫން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެޗްއީއޯސީން ބުނީ އެމީހާގެ ފަރާތުން ފެނުނީ އުމުރުން ދުވަސްވުމުގެ ސަބަބުންނާއި އެނދުމަތިވެފައިވާ ބަލި މީހުންގެ ފަރާތުން އާންމުކޮށް ފެންނަ ފަންގަލް އިންފެކްޝަނެއް ކަމަށެވެ. ރާއްޖޭގައި ބްލެކް ފަންގަސް އުޅޭކަމަށް ކޭހެއް ރިޕޯޓް ކުރެވުނު އިރު، އަވަށްޓެރި އިންޑިއާގައި ބްލެކް ފަންގަސްގެ އިތުރުން ވައިޓް ފަންގަސްގެ ކޭސްތަކެއް ވަނީ ރިޕޯޓްކޮށްފައެވެ.

ވެއްޔާއި ހަލާކުވާ މޭވާ އާއި ތަރުކާރީ ފަދަ ތަކެތީގައި ޖަހާ ފަންގަސް އެއްގެ ޒަރިއްޔާއިން ފެތުރޭ މިއުކޯމައިކޯސިސް ޖެހުމުން ނޭފަތް ކަޅުވެ، ލޮލުގެ ފެނުން ފުސްވެ، މެއަށް ތަދުވުމުގެ އިތުރުން ނޭވާލާން ދަތިވެ، ކެއްސާ އިރު އަނގައިން ލޭ އައުން ފަދަ ކަންކަން ދިމާވެއެވެ. މި ބަލިޖެހިގެން އިންޑިއާގައި މީހުން މަރުވަމުންދާކަމަށް ރިޕޯޓްކޮށްފައިވާ އިރު، 9،000 އާ ގާތްކުރާ އަދަދަކަށް ބްލެކް ފަންގަސްގެ ކޭސްތައް ވަނީ ރިޕޯޓްކޮށްފައެވެ.

މީގެ އިތުރުން ކެންޑިޑަޔަސިސް ނުވަތަ ވައިޓް ފަންގަސްގެ ހަތަރު ކޭސް އިންޑިއާގެ ބިހާރްގެ ޕަޓްނާއިން ފެނިފައި ވާކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

އިންތިޚާބުތައް ކާމިޔާބުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާ މީހާއަށް ވާނަން: ހަސަން ލަތީފް

11 ފެބުރުއަރީ 2017
އިންތިޚާބުތައް ކާމިޔާބުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާ މީހާއަށް ވާނަން: ހަސަން ލަތީފް
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު