Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޗެމްޕިއަންސް ލީގުގެ ޖާގަތައް ލިވަޕޫލާއި ޗެލްސީއަށް

23 މެއި 2021 | އާދީއްތަ 18:43

ވިލާ އަތުން 2-1 ގެ ނަތީޖާއަކުން ޗެލްސީ ވަނީ ބަލިވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 މެއި 2021 | އާދީއްތަ 18:43
ލިވަޕޫލާއި ޕެލަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 2-0 ން

ލިވަޕޫލާއި ޕެލަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 2-0 ން

އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި މިދިޔަ ސީޒަނުގެ ޗެމްޕިއަން ލިވަޕޫލާއި ޗެލްސީ ހިމެނިއްޖެއެވެ.

ލީގުގެ ފަހު މެޗުތައް އާދީއްތަ ދުވަހުގެރޭ ކުޅުނުއިރު، މި މެޗުތަކުގެ ކުރިން އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީ އާއި ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑެވެ. އެހެންކަމުން ތާވަލުގެ ތިންވަނަ މަގާމާއި ހަތަރުވަނަ މަގާމަށް ތިން ޓީމެއް ވާދަކުރިއިރު، އާދީއްތަ ދުވަހުގެރޭ ކްރިސްޓަލް ޕެލަސް 2-0 ގެ ނަތީޖާއަކުން ބަލިކޮށް ލިވަޕޫލުން ވަނީ ތާވަލުގެ ތިންވަނަ ހޯދާފައެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ގލިވަޕޫލުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި ކޯނަރަކުން މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭއެވެ. އަދި ދެވަނަ ހާފުގައި މުހައްމަދު ސަލާހު ދިން ޕާހަކުން މާނޭ ވަނީ އިތުރު ލަނޑެއް ޖަހައި، ލިވަޕޫލުގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުން ޕެލަސް ބަލިވިއިރު، މި މެޗަކީ އެ ޓީމުގެ ދުވަސްވީ ކޯޗު ރޯއީ ހޮޖްސަންގެ ކޯޗިން ކެރިއަރުގެ ފަހު މެޗެވެ. 

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން މޮޅުވެ ލިވަޕޫލް ތާވަލުގެ ތިންވަނައަށް ޖެހިލިއިރު، އެ ޓީމަށް ވަނީ 69 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ޔުނައިޓެޑަށް 74 ޕޮއިންޓް ލިބިފައިވާއިރު، ލީގުގެ ފަހު މެޗުން އެ ޓީމު ވަނީ ވުލްވްސް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ އެސްޓަން ވިލާ އަތުން 2-1 ގެ ނަތީޖާއަކުން ޗެލްސީ ބަލިވި ނަމަވެސް، ޗެލްސީއަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބުނީ ޓޮޓެންހަމް ހޮޓްސްޕާ އަތުން 4-2 ގެ ނަތީޖާއަކުން ގަދަ ހަތަރަކަށް ވާދަކުރަމުން އައި ލެސްޓާ ސިޓީ ބަލިވުމާ ގުޅިގެންނެވެ.

ވިލާގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ޗެލްސީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި ވިލާއިން ވަނީ ލީޑު ނަގާފައެވެ. މި ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބާޓްރަންޑް ޓްރައޯރޭއެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން އަންވަރު އެލް-ގާޒީ ވިލާއަށް ލީޑު ފުޅާކޮށްދިން ނަމަވެސް، މެޗުގެ 70 ވަނަ މިނެޓުގައި ބެން ޗިލްވެލް ވަނީ ލަނޑެއް ޖަހައި، ޗެލްސީއަށް ފަރަގު ކުޑަކޮށްދީފައެވެ.

މި ނަތީޖާއާއެކު ތާވަލުގެ ހަތަރުވަނައިގައި ޗެލްސީ އޮތީ 67 ޕޮއިންޓް ހޯދައިގެންނެވެ. އަދި ތާވަލުގެ ފަސްވަނައަށް ލެސްޓާ ވެއްޓުނުއިރު، އެ ޓީމަށް ލިބިފައިވަނީ 66 ޕޮއިންޓެވެ.

އެންމެ ހިނގާ

1

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

4

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

5

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް