Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ކާފިއު ހިންގުމާއިއެކު ފީއަލީގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް

23 މެއި 2021 | އާދީއްތަ 13:09

ޚާއްސަ ފިޔަވަޅުތައް އަޅާފައިވަނީ މި މަހުގެ 23ން 29ގެ ނިޔަލަށް

އަތޫފް އާތިފް
އަތޫފް އާތިފް | 23 މެއި 2021 | އާދީއްތަ 13:09
ފ.ފީއަލީ، ކޮވިޑްގެ ހާލަތު ގޯސްވުމުން އެޗްޕީއޭއިން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައި

ފ.ފީއަލީ، ކޮވިޑްގެ ހާލަތު ގޯސްވުމުން އެޗްޕީއޭއިން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައި

ފ. ފިއަލީގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ، އެރަށުގައި ކާފިއު ހިންގުމާއިއެކު ޚާއްސަ ފިޔަވަޅުތަކެއް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ނިންމައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާފައިވާ އިއުލާނުގައި ބުނީ ކޮވިޑްގެ ހާލަތު ގޯސްވެ ފީއަލީގައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އަދި މިފިޔަވަޅުތައް އަޅާނީ މި މަހުގެ 23 ން 29 ގެ ނިޔަލަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން ފީއަލީގައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 09:00ން ފެށިގެން ފަތިހު 04:00ށް ކާފިއު ހިންގުމާއި، ޕާޓީތަކާއި ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމާއި، އެއްގެއިން އަނެއްގެއަށް ޒިޔާރާތް ކުރުން ހުއްޓާލުމާއި، އެއްފަހަރާ ތިން މީހުނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވުން ހުއްޓާލުމާއި، ސެލޫންތަކާއި ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުމާއި، ހުރިހާ ކުޅިވަރު ހަރަކާތަކާއި، ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓާލުމާއި، ފިހާރަތަކުން ޚިދުމަތް ދޭއިރު، އެޗްޕީއޭއިން އާންމު ކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުމާއި، ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރު ކޮށްގެން ކިޔަވައިދިނުން ހުއްޓާލުމާއި، ހޮޓާތަކާއި ކެފޭތަކާއި، ރެސްޓޯރެންޓުތަކާއި، ކާބޯތަކެތި ޚިދުމަތްދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓާލުން (ޑެލިވަރީގެ ހިދުމަތް ފިޔަވައި)، ހިމެނެއެވެ.

އެޗްޕީއޭއިން ބުނީ ކާފިއުގެ ވަގުތުގައި ބައެއް ފަރާތްތައް އިސްތިސްނާ ވާނެ ކަމަށާއި، އެއީ ސިފައިނާއި ފުލުހުންނާއި، ސިއްހީ ޚިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، އެމްބިއުލަންސް، ފީއަލީ ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތައް އަދި އެމެޖެންސީކޮށް ސިއްހީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް ކަމަށެވެ.

އެޗްޕީއޭއިން ބުނީ ފީއަލީގައި އަޅާފައިވާ ޚާއްސަ ފިޔަވަޅުތައް ތަންފީޒު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި، ކަމާއި ބެހޭ އެހެން މުވައްސަސާތަކަށް އަންގާ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

25 ޖޫން 2017

ހެންވޭރުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން 10 މިނެޓް ތެރޭ އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

25 ޖޫން 2017
ހެންވޭރުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން 10 މިނެޓް ތެރޭ އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
02 ޖޫން 2017

ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލް ނުވެގެން ފުރޮޅާލާއިފި

02 ޖޫން 2017
ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލް ނުވެގެން ފުރޮޅާލާއިފި
17 މެއި 2017

ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި

17 މެއި 2017
ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި
27 އެޕްރީލު 2017

މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމުން މަސްވެރިން ރުޅިގަދަވެއްޖެ

27 އެޕްރީލު 2017
މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމުން މަސްވެރިން ރުޅިގަދަވެއްޖެ
26 މާރިޗު 2017

ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެމްޑީޕީން ގޮވާލައިފި

26 މާރިޗު 2017
ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެމްޑީޕީން ގޮވާލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް