Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ ސްކޫލް ހުޅުވުން

ފުޓްބޯޅަ ސްކޫލުގެ ތަފުސީލުތައް އަންނަ މަހު އިއުލާން ކުރަނީ

23 މެއި 2021 | އާދީއްތަ 12:25

ފުޓްބޯޅަ ސްކޫލުގެ ކަރިކިއުލަމް ތައްޔާރުކުރުމުގެ މަސައްކަތް މިދިޔަ އަހަރު ފެށި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 މެއި 2021 | އާދީއްތަ 12:25
2019 އަހަރު އެފްއޭއެމުން ފާހަގަކުރި ގްރާސް ރޫޓް ދުވަހުގެ ތެރެއިން

2019 އަހަރު އެފްއޭއެމުން ފާހަގަކުރި ގްރާސް ރޫޓް ދުވަހުގެ ތެރެއިން

ގައުމީ ފުޓްބޯޅަ ސްކޫލުގެ ތަފުސީލުތައް އަންނަ ޖޫން މަހު އިއުލާން ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ޚަރަދުކޮށްގެން ހެދުމަށް ހަމަޖެހިފައިވާ ގައުމީ ފުޓްބޯޅަ ސްކޫލް ހަދަމުން އަންނަނީ ހުޅުމާލޭގައެވެ. މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރާއިރު، ސްކޫލުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅުގައެވެ. ފުޓްބޯޅަ ސްކޫލުގެ އިމާރާތުގެ މަސައްކަތް ނިމިފައިވާއިރު، ޓާފް ދަނޑާއި އެހެނިހެން ބައެއް މަސައްކަތްތައް ކުރަމުންދާ ކަމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފައެވެ.

ގައުމީ ފުޓްބޯޅަ ސްކޫލް (ބައިނަލްއަގުވާމީ ފެންވަރުގެ ހައި ޕާފޯމަންސް ސެންޓަރު) ގައި އެންމެ އިސްކޮށް ހުންނާނީ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ލެޖެންޑެއް ކަމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި މި އަހަރުގެ މާޗު މަހުގެ ތެރޭގައި ބައްސާމާއި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމާ ގުޅޭގޮތުން ސްޕެއިން އަދި ރެއާލް މެޑްރިޑުގެ ލެޖެންޑް އިކާ ކަސިއަސް އާއި އެ ޓީމަށް މީގެ ކުރިން ކުޅެފައިވާ ޑިފެންޑަރު މިޝޭލް ސަލްގާޑޯއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ އެކި ސަބަބުތަކާ ހުރެ ފުޓްބޯޅަ ސްކޫލް ހުޅުވުން ވަރަށް ބޮޑަށް ލަސްވެގެންދިޔަ ނަމަވެސް، ދެން އޮތީ ފުޓްބޯޅަ ސްކޫލުގެ ތަފުސީލުތައް އިއުލާން ކުރުން ކަމަށެވެ. އެގޮތުން ފުޓްބޯޅަ ސްކޫލުގައި ބައިވެރިވާ ބޭރުގެ ފުޓްބޯޅަ ތަރީގެ ތަފުސީލާއި، އަތޮޅުތަކުގައި ހެދިގެންދާ އެކެޑަމީގެ އިތުރުން ފުޓްބޯޅަ ސްކޫލް ކުރިއަށްދާނެ ގޮތުގެ ތަފުސީލުވެސް އިއުލާން ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ އެ ހުރިހާ ކަމެއް އިއުލާން ކުރަން މީގެ ކުރިން ތާވަލުކޮށްފައި އޮތީ މި މަހުގެ 20 ވަނަ ދުވަހަށް ކަމަށާއި، އެހެންނަމަވެސް ރާއްޖޭގެ ހާލަތު އޮތްގޮތުން މި ވަގުތު އެކަން ކުރެވެން ނެތް ކަމަށެވެ. އެހެންކަމުން އުއްމީދަކީ އަންނަ މަހުގެ ތެރޭގައި ފުޓްބޯޅަ ސްކޫލުގެ ތަފުސީލުތައް އިއުލާން ކުރެވިގެން ދިއުން ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ގައުމީ ފުޓްބޯޅަ ސްކޫލް ހުޅުވުމަށް މަސައްކަތްކުރަމުން އަންނައިރު، އެ ސްކޫލުގައި ކުޅުންތެރިންނަށް ކިޔަވައިދޭ ކަރިކިއުލަމް ތައްޔާރުކުރުމުގެ މަސައްކަތް ތަޢުލީމާ ބެހޭ ވުޒާރާއާ ގުޅިގެން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ފަށާފައެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި މި އަހަރު ސްކޫލް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނައިރު، އެ ސްކޫލުގައި ހިމެނޭނީ އެކޮމެޑޭޝަން ބްލޮކަކާއި ޓާފް ދަނޑެއްގެ އިތުރުން އޮފީހެއް ކަމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފައެވެ.

މި އެކެޑަމީއަށް ކުދިން ނެގުމަށް ހަމަޖެހިފައިވަނީ އެފްއޭއެމުގެ ޓެކްނިކަލް ސްޓާފުން އަތޮޅު ތެރެއަށް ގޮސްގެން ކަމަށާއި، އެކެޑަމީއަށް ފުރަތަމަ ނަގާނީ 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ކުދިން ނަގާއިރު ބޮޑަށް ބަލާނީ ފުޓްބޯޅައަށް މަޝްހޫރު ރަށްތަކަށް ކަމަށާއި، އެކެޑަމީއަށް ހޮވޭ ކުދިން އެކެޑަމީގައި ދިރިއުޅޭ ގޮތަށް ބަދަލުކޮށް، އެ ކުދިންގެ ކިޔެވުން ހަމަޖައްސައިދޭނެ ކަމަށްވެސް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް