Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސިންޖިއާން މުސްލިމުން

ޕާކިސްތާނުގައި ވީގްރޫ މުސްލިމުންނަށް ހިމާޔަތެއް ނެތް!

ޕާކިސްތާނަށް ހިޖުރަކުރާ ވީގްރޫ މުސްލިމުން އަންނަނީ ގެއްލެމުން

އަތޫފް އާތިފް
އަތޫފް އާތިފް | 22 މެއި 2021 | ހޮނިހިރު 19:21
ޗައިނާގެ ސިންޖިއާން ސަރަހައްދުގައި އުޅޭ ވީގްރޫ މުސްލިމުން

ޗައިނާގެ ސިންޖިއާން ސަރަހައްދުގައި އުޅޭ ވީގްރޫ މުސްލިމުން

ޗައިނާގެ ސަރުކާރުން އެގައުމުގެ ސިންޖިއާންގައި ދިރިއުޅޭ ވީގްރޫ މުސްލިމުންނާއި، ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާއި ގުޅިގެން ޕާކިސްތާނަށް ދިރިއުޅުން ބަދަލުކުރި، ވީގްރޫ މުސްލިމުންނަށް އެގައުމުގައި ހިމާޔަތެއް ނެތް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޗައިނާގެ ސަރުކާރުން ވީގްރޫ މުސްލިމުންނާއި ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގަމުންދާތީ ވީގްރޫ މުސްލިމުން އަންނަނީ ޗައިނާގެ ސަރުކާރަށް ފިލައިގެން އެގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަ ކުރަމުންނެވެ. އެގޮތުން މުސްލިމު ގައުމެއްގެ ގޮތުގައި އޮންނަ ޕާކިސްތާނަށް ވީގްރޫގެ ގިނަ ރައްޔިތުން ހިޖުރަ ކޮށްފައިވީ ނަމަވެސް އެގައުމުގައި ވީގްރޫ މުސްލިމުންނަށް ހިމާޔަތް ނެތް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޗައިނާ ސަރުކާރުގެ އެންގުންތަކާ އެއްގޮތަށް ޕާކިސްތާނުގެ ފުލުހުން ދަނީ ވީގްރޫ މުސްލިމުން ހޯދާ، އެމީހުން ގަދަކަމުން ޕާކިސްތާނުން ބޭރުކުރުމުގެ މަސައްކަތް ފަށާފައިކަމަށް ހަބަރުތަށް ވަނީ ފެތުރިފައެވެ.

ޕާކިސްތާނުގެ މީޑިއާއަކަށް ދިން އިންޓަރވިއުއެއްގައި ވީގްރޫ މުސްލިމަކު ބުނީ ޕާކިސްތާނަށް ހިޖުރަ ކުރި ފަހުން އޭނާގެ އާއިލާގެ އިތުރުން އޭނާގެ އަންހެނުންގެ އާއިލާ ބައެއް މެމްބަރުން ގެއްލިފައިވާ ކަމަށާއި، އެހެންވެ ހަނދާނެ ގޮތް ހުސްވެފައިވާ ކަމަށެވެ. އަދި މިއީ ހަމައެކަނި އޭނާގެ އާއިލާގެ ހާލަތު ނޫން ކަމަށާއި، އޭނާއާ އެކު ޕާކިސްތާނަށް ހިޖުރަކުރި އެހެން އާއިލާތަކުގެ މެމްބަރުންވެސް ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ. އަދި މިއީ ޕާކިސްތާނު ސަރުކާރު އަޑީގައި އޮވެގެން ކުރަމުން އަންނަ ކަމެއް ކަމަށް އޭނާ ވަނީ ތުހުމަތު ކޮށްފައެވެ.

މި ހަފްތާ ވެގެންދާނީ ޕާކިސްތާނާއި ޗައިނާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރެވުނުތާ 70 އަހަރު އެދެގައުމުން ފާހަގަކުރާ ހަފްތާއަށެވެ. އިސްލާމަބާދުގައި ހުންނަ ޗައިނާ މިޝަންގެ ޑެޕިޔުޓީ ޗީފް ލީޖިއަން ޒާއޯ ސިފަކުރާގޮތުގައި ޕާކިސްތާނުގައި ދިރިއުޅޭ ހާލުގައިޖެހިފައިވާ ވީގްރޫ މުސްލިމުންނަކީ "އީސްޓް ތުރުކިސްތާން އިސްލާމިކް މޫވްމަންޓް" ނަމަކަށް ކިޔޭ، ޗައިނާގެ އެތެރޭގެ ސުލްހަ މަސަލަސްކަން ނިގުޅައިގަންނަން އުޅޭ ހަތިޔާރު އެޅި ޖަމާއަތެއްގެ ބައިވެރިންނެވެ. އެހެންކަމުން ޗައިނާއާއި އެގައުމުގެ ބައިނަލްއަގުވާމީ ބައިވެރިން ވީގްރޫ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަށް އެއީ ހައްގު އަދަބެއްކަމަށް ޗައިނާއިން ދިފާއުކުރަނީ، އެ ގައުމުން ބޭރުކުރި ވީގްރޫ ރެފިޔުޖީންނަކީ ހަނގުރާމަވެރިންގެ ގޮތުގައި ސިފަކޮށްގެނެވެ.

އިތުރަށް ކިޔާލަން

26 މެއި 2017

ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި

26 މެއި 2017
ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި
13 މެއި 2017

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

13 މެއި 2017
މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ
30 އެޕްރީލު 2017

ފާޑުކިޔަނީ ތެދުވެރިކަމެއް ނެތް މީޑިއާތަކުން: ޓްރަމްޕް

30 އެޕްރީލު 2017
ފާޑުކިޔަނީ ތެދުވެރިކަމެއް ނެތް މީޑިއާތަކުން: ޓްރަމްޕް
21 މާރިޗު 2017

ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި

21 މާރިޗު 2017
ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި
14 މާރިޗު 2017

ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ

14 މާރިޗު 2017
ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު