Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

މުލާގެ ރިކޯޑު ލެވަންޑޯސްކީ މުގުރާލައިފި

22 މެއި 2021 | ހޮނިހިރު 17:18

ބަޔާނުން ވަނީ ޖެހިޖެހިގެން ނުވަވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 22 މެއި 2021 | ހޮނިހިރު 17:18
ބަޔާނާއި އޯގްސްބާގް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 5-2 ން

ބަޔާނާއި އޯގްސްބާގް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 5-2 ން

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ އޯގްސްބާގް އަތުން ބަޔާން މިއުނިކް މޮޅުވި މެޗުގައި ލަނޑު ޖަހައި، ކުރީގެ އެއްވަަނަ ފޯވާޑް ގާޑް މުލާ ހަދާފައިވާ ރިކޯޑު ބަޔާނަށް ކުޅެމުން އަންނަ ޕޮލެންޑުގެ ތަރި ރޮބަޓް ލެވަންޑޯސްކީ މުގުރާލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފަހު މިނެޓުގައި ލެވަންޑޯސްކީ ލަނޑު ޖެހިއިރު، މިއީ މި ސީޒަނުގެ ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 41 ވަނަ ލަނޑެވެ. މި ލަނޑާއެކު މުލާގެ ރިކޯޑު ލެވަންޑޯސްކީ މުގުރާލިއިރު، މުލާ މި ރިކޯޑު ހަދާފައިވަނީ މީގެ 49 އަހަރު ކުރިން 1972 ވަނަ އަހަރުއެވެ. އެ ފަހަރު މުލާ 40 ލަނޑު ހަމަކުރިއިރު، އޭނާގެ ރިކޯޑު ލެވަންޑޯސްކީ މުގުރާލީ 29 މެޗުންނެވެ.

ބަޔާނުގެ ދަނޑުގައި އޯގްސްބާގާ ދެކޮޅަށް ކުޅުނު މެޗުގައި ލެވަންޑޯސްކީ ފަހު ވަގުތު ލަނޑު ޖެހިއިރު، އޭގެ ކުރިން ބަޔާނުން ކާމިޔާބުކުރި ހަތަރު ލަނޑު ޖަހައިދިނީ ކިންގްސްލީ ކޯމަން އާއި، ޔޯސުއާ ކިމިޗް އާއި، ސާޖް ގްނަބްރީ އަދި ޖެފްރީ ފޯވިލިއުއެވެ. އަދި އޯގްސްބާގުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަންޑްރޭ ހާން އާއި ފްލޯރިއަން ނެއިޑާލާޝްނާއެވެ.

މި މޮޅާއެކު ބަޔާނުން ލީގު ނިންމާލީ އެއްވަނައިގައި 78 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އާރްބީ ލައިޕްޒީގަށް ލިބިފައިވަނީ 65 ޕޮއިންޓެވެ. ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ލައިޕްޒީގް ވަނީ ޔޫނިއަން ބާލިން އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗަށްފަހު ބަޔާނުން ލީގު އައްޑަނަ އުފުލާލިއިރު، މިއީ ބަޔާނުން ޖަރުމަން ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ނުވަވަނަ ފަހަރެވެ. އެއާއެކު އެ ޓީމުން ވަނީ އިޓަލީގެ ޔުވެންޓަސްއިން ގާއިމުކޮށްފައިވާ ޔޫރަޕުގެ ރިކޯޑަކާ ހަމަކޮށްފައެވެ. ޔޫރަޕުގެ ބޮޑު ފަސް ލީގުގެ ތެރެއިން ޖެހިޖެހިގެން ނުވަ ފަަހަރު ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރިކޯޑު މީގެ ކުރިން އޮތީ ޔުވެންޓަސް އަތުގައި އެކަންޏެވެ. ބަޔާނަކީ އެ ރިކޯޑު ގާއިމުކުރި ދެވަނަ ޓީމެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2017

ކާމިޔާބުކަމާއެކު ދިރާގު ރޯޑް ރޭސް ނިންމާލިއިރު، ޝިފާޒް ގައުމީ ރެކޯޑު މުގުރާލައިފި

24 ނޮވެމްބަރު 2017
ކާމިޔާބުކަމާއެކު ދިރާގު ރޯޑް ރޭސް ނިންމާލިއިރު، ޝިފާޒް ގައުމީ ރެކޯޑު މުގުރާލައިފި
15 ނޮވެމްބަރު 2017

ބަޔާންއަށް އިތުރު ފޯވާޑަކު ބޭނުން: ލެވަންޑޯސްކީ

15 ނޮވެމްބަރު 2017
ބަޔާންއަށް އިތުރު ފޯވާޑަކު ބޭނުން: ލެވަންޑޯސްކީ
22 ސެޕްޓެމްބަރު 2017

ޔުނައިޓެޑަށް ރިކޯޑު އާމްދަނީއެއް

22 ސެޕްޓެމްބަރު 2017
ޔުނައިޓެޑަށް ރިކޯޑު އާމްދަނީއެއް
19 ސެޕްޓެމްބަރު 2017

ގައުމީ މެރަތަން ރެކޯޑް ޝިފާޒް މުގުރާލައިފި

19 ސެޕްޓެމްބަރު 2017
ގައުމީ މެރަތަން ރެކޯޑް ޝިފާޒް މުގުރާލައިފި
19 ސެޕްޓެމްބަރު 2017

ދުނިޔެ ވަށާ ބައިސްކަލުގައި ބުރު ޖެހުމުގެ ރިކޯޑް މުގުރާލައިފި

19 ސެޕްޓެމްބަރު 2017
ދުނިޔެ ވަށާ ބައިސްކަލުގައި ބުރު ޖެހުމުގެ ރިކޯޑް މުގުރާލައިފި
02 ޖުލައި 2017

ހާފް މެރަތަން ރެކޯޑް 41 އަހަރުގައި މަރީ މުގުރާލައިފި

02 ޖުލައި 2017
ހާފް މެރަތަން ރެކޯޑް 41 އަހަރުގައި މަރީ މުގުރާލައިފި
23 މެއި 2017

އަނިޔާގައި ހުރެ ދުވެގެން 200 މީޓަރު ދުވުމުގެ ރެކޯޑު ނާއިލް މުގުރާލައިފި

23 މެއި 2017
އަނިޔާގައި ހުރެ ދުވެގެން 200 މީޓަރު ދުވުމުގެ ރެކޯޑު ނާއިލް މުގުރާލައިފި
12 މާރިޗު 2017

ޒައިދު ހަދާފައިވާ 10 ކިލޯ މީޓަރުގެ ގައުމީ ރެކޯޑް ފަޒީލް މުގުރާލައިފި

12 މާރިޗު 2017
ޒައިދު ހަދާފައިވާ 10 ކިލޯ މީޓަރުގެ ގައުމީ ރެކޯޑް ފަޒީލް މުގުރާލައިފި
06 މާރިޗު 2017

ފަސް އަހަރު ކުރިން ދުވަން ނުކުތް ޝަރަފް، ގައުމީ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލައިފި

06 މާރިޗު 2017
ފަސް އަހަރު ކުރިން ދުވަން ނުކުތް ޝަރަފް، ގައުމީ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލައިފި
25 ޖެނުއަރީ 2017

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް