Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާނޫނީ ވަކީލު އަހުމަދު ޒަނީން އާދަމް ނިޔާވުން

ގާނޫނީ ވަކީލު އަހުމަދު ޒަނީން އާދަމް ނިޔާވެއްޖެ

22 މެއި 2021 | ހޮނިހިރު 16:40

ވަކީލު ޒަނީން ނިޔާވިއިރު އުމުރަކީ 59 އަހަރު

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 22 މެއި 2021 | ހޮނިހިރު 16:40
އަހުމަދު ޒަނީން - އޭނާ ނިޔާވެފައިވަނީ ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް

އަހުމަދު ޒަނީން - އޭނާ ނިޔާވެފައިވަނީ ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް

ގާނޫނީ ވަކީލު އަހުމަދު ޒަނީން އާދަމް ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަނީން ނިޔާވެފައިވަނީ ކޮވިޑް-19 އަށް ހުޅުމާލޭ ކޮވިޑް ފެސިލީޓިގައި ފަރުވާދެމުން ދަނިކޮށް ހޮނިހިރު ދުވަހު މެންދުރުގެ ވަގުތެއްގައެވެ. ވަކީލު ޒަނީން ނިޔާވިއިރު އުމުރަކީ 59 އަހަރެވެ. ޒަނީންގެ މަރާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 122 އަށް އަރާފައެވެ. އަދި މިއީ މިއަދު މި ބަލީގައި ނިޔާވި ދެވަނަ ފަރާތެވެ.

Advertisement - newsAdvertisement

ޒަނީން އަކީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ލީގަލް ޓީމުގެ މެންބަރެކެވެ. ޒަނީން އާދަމް ނިޔާވުމާއި ގުޅިގެން ޕީޕީއެމް ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަޙްމަދު ޒަނީން އާދަމް އަކީ މި ކޯލިޝަން އަށް ޤާނޫނީ ގޮތުން ގިނަ ގުނަ، އަގުނުކުރެވޭހާ މުޙިންމު މަސައްކަތްޕުޅު ތަކެއް ކޮށްދެއްވާފައިވާ އަދި ޕީޕީއެމް ގެ ފިކުރުގެ ފެށުން ކަމުގައިވާ ޑީއާރްޕީ ގެ ދުވަސް ވަރުން ފެށިގެން ދެގޮތެއް ނުވެ ސާބިތުކަންމަތީ ޚިދުމަތުގައި ދެމި ހުންނެވި ބޭފުޅެއްކަމަށެވެ. މި ހިތާމަވެރި ދަނޑިވަޅުގައި އަލްމަރްހޫމް ޒަނީން ގެ ޢާއިލާއަށް ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، މިކޯލިޝަންގެ ލީޑަރޝިޕާއި، ކައުންސިލާއި، ޕާލަމަންޓްރީ ގްރޫޕާއި، ސްޓިއަރިންގ ކޮމިޓިތަކާއި އަދި ކޯލިޝަންގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވަމެވެ. އަދި ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ދުޢާ ކުރާ ކަމަށް ބުނެފައިވެއެވެ.

ހޮނިހިރު ދުވަހު ކޮވިޑްގައި އެންމެ ފުރަތަމަ ނިޔާވެފައިވަނީ މެންދުރު 12:02 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިއަ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިއީ ރާއްޖޭން މި ބަލީގައި ނިޔާވި 121 ވަނަ މީހާއެވެ. މީގެ އިތުރުން ހަވީރު 4:15 ގައި ވެސް ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާއިރު ކޮވިޑްގެ ސަބަބުން ނިޔާވަމުންދާ މީހުންގެ އަދަދުވެސް ދަނީ އިތުރު ވަމުންނެވެ. ހުކުރު ދުވަހު އެކަނި ވެސް ރާއްޖޭން މި ބަލީގައި ހަތަރު މީހަކު ނިޔާވެގެން ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން ކޮވިޑް ޖެހިގެން ރާއްޖޭގައި މިފަހުން އެންމެ ގިނަ މީހުން އެއްދުވަހާ ނިޔާވެގެން ރިޕޯޓްކޮށްފައިވަނީ ބުދަ ދުވަހުއެވެ. އެދުވަހު އެކަނި 7 މީހުން ވަނީ ނިޔާވެފައެވެ. ކޮވިޑްގެ ހާލަތު ގޯސްވަމުން ދިއުމާއެކު މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާފައިވާ ފިޔަވަޅުތައް އެޗްޕީއޭއިން ވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން މިހާރު ވެސް މާލެ ސަރަހައްދުގެ އިތުރުން ބައެއް ރަށްރަށުގައި ކަރފިއު ވެސް ދަނީ ހިންގަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

10 މާރިޗު 2017

ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

10 މާރިޗު 2017
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް