Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތުޅާދޫއިން ކޮވިޑް-19ގެ ކޭސްތައް ފެނުން

ތުޅާދޫއިން މިހާތަނަށް 49 މީހަކު ޕޮޒިޓިވް

މިހާތަނަށް 49 މީހަކު ޕޮޒިޓިވްވެފައިވާއިރު، 466 ސާމްޕަލެއް ނަގާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 22 މެއި 2021 | ހޮނިހިރު 08:25
ބ.ތުޅާދޫ، މިހާރު އެރަށް ވަނީ މޮނިޓަރިންގެ ހާތަނަށް ގެނެސްފައި

ބ.ތުޅާދޫ، މިހާރު އެރަށް ވަނީ މޮނިޓަރިންގެ ހާތަނަށް ގެނެސްފައި

ބ.ތުޅާދޫއިން 49 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ތުޅާދޫ ހެލްތް ސެންޓަރުން ނެރިފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ހުކުރު ދުވަހު އެކަނި ވެސް 4 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ހެލްތް ސެންޓަރުން ބުނީ މިހާތަނަށް 49 މީހަކު ޕޮޒިޓިވްވެފައިވާއިރު، 466 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. އަދި ނަތީޖާ ނުލިބި 43 ސާމްޕަލެއް އެބައޮތް ކަމަށެވެ.

Advertisement - newsAdvertisement

ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މިމަސައްކަތްތަކަށް އާއްމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް އެސެންޓަރުން މައުލޫމާތުދެއެވެ.

ކޮވިޑް-19ގެ ކޭސްއެއް ފެނުމާއި ގުޅިގެން ތުޅާދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ޕޮޒިޓިވް ކޭސްތައް ފެންނަމުންދާތީ ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެގޮތުން ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. ބޭރުގެ މަސައްކަތްތެރިންނަށް ސައިޓްތަކުގައި މަސައްކަތް ކުރުން މަނާކޮށްފައިވާއިރު، ފިހާރަތަކާއި ރެސްޓައުރެންޓް/ކެފޭތަކުން ޑެލިވަރީގެ ޚިދުމަތް ހޯދުމަށް އިލްތިމާސްކޮށްފައިވެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާގޮތުގައި މެއި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ މާލޭގައި ތިބި ތުޅާދޫގެ 15 ވަރަކަށް ރައްޔިތުން ވަނީ ރަށަށް ގޮސްފައެވެ. އަދި މިމީހުން ރަށަށް ގޮސްފައި ވަނީ ހަތް ވަނަ ދުވަހު އޮތް ކައިވެނި ޕާޓީއަކަށެވެ. މާލެއިން ތުޅާދޫއަށް ދިޔަ މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މެއި ހަތަރު ވަނަ ދުވަހު ތުޅާދޫއަށް ފުރި މީހުން ރަށަށް އެރުވުމަށް ރަށުގެ ކައުންސިލުން ފަސް ޖެހުނު ނަމަވެސް، ކައުންސިލުން ވަނީ އެމީހުން ރަށަށް އެރުމުގެ ފުރުސަތު ދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތުޅާދޫ އިން މީހަކު ޕޮޒިޓިވްވެފައި ވަނީ ސިމްޓޮމެޓިކް ވެގެން ނެގި ސާމްޕަލްތަކެކެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު