Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއޯއައިސީ އާއި އަރަބިލީގު

އޯއައިސީ އާއި އަރަބިލީގުގެ ބޭނުމަކީ ކޮބާ؟

21 މެއި 2021 | ހުކުރު 11:19

އަރަބި ލީގު އުފެދުނީ 1945 ވަނަ އަހަރު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 21 މެއި 2021 | ހުކުރު 11:19
އޯއައިސީ އަދި އަރަބި ލީގު

އޯއައިސީ އަދި އަރަބި ލީގު

އަރަބި ގައުމުތަކާއި މުސްލިމު ގައުމުތަކުގެ ހައްގުގައި މަސައްކަތްކުރާ ބައިނަލްއގުވާމީ ދެ ޖަމިއްޔާއެއް އެބައޮތެވެ. މުސްލިމުންނަށް ދިމާވާ ގޮންޖެހުންތަކުގެ އަޑު އުފުލައި ދުނިޔެއަށް މުސްލިމުންގެ އަޑު އިއްވައިދިނުމުގެ މަގުސަދުގައެވެ. އިސްލާމްދީނާއި މުސްލިމުންގެ ހިމާޔަތުގައެވެ.

އަރަބި ގައުމުތަކުން އެކުވެ އެންމެ ފުރަތަމަ އުފެއްދި ޖަމާއަތަކީ އަރަބި ލީގެވެ. އެއީ 1945 ވަނަ އަހަރުގެ މާޗު މަހުއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. އަރަބި ގައުމުތަކާއި އަރަބި ބަހުން ވާހަކަދައްކާ ގައުމުތަކުން ޖަމިއްޔާގެ މެމްބަރުންނަށް ވިއެވެ. އަރަބި ލީގުގައި 22 މެމްބަރު ގައުމު ހިމެނެއެވެ. އެއީ އަލްޖީރިއާ، ބަހްރެއިން، ކޮމޮރޮސް، ޖިބޫޓީ، މިސްރު، އިރާގު، އުރުދުން، ކުވައިތު، ލެބަނަން، ލީބިޔާ، މޮރިޓޭނިއާ، މޮރޮކޯ، އޮމާން، ފަލަސްތީން، ގަތަރު، ސައުދީ އަރަބިއާ، ސޯމާލިއާ، ސޫދާން، ސީރިއާ، ޓިއުނީސިއާ، ޔަމަން އަދި ޔޫއޭއީ އެވެ.

އަރަބި ލީގުގެ މަގުސަދަކަށްވީ މެމްބަރު ގައުމުތަކުގެ މެދުގައި އޮތް ގުޅުން ވަރުގަދަކޮށް، އަރަބިންގެ ކުރިއެރުމަށް އެކުގައި މަސައްކަތްކުރުމެވެ. ލީގު ފެށިގެން އައި އިރު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ އެހެން ގައުމުތަކުގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް އަރަބި ގައުމުތައް މިނިވަން ކުރުމާއި ފަލަސްތީނުގައި ވަޒަންވެރިވަމުން ދިޔަ ޔަހޫދީންގެ އަތްދަށުވިޔަ ނުދީ އެގައުމު ސަލާމަތްކުރުމެވެ.

ޖަމިއްޔާގެ އެންމެ މަތީ ބޮޑީ އަކީ ކައުންސިލެވެ. ކައުންސިލްގައި ހިމެނެނީ މެމްބަރު ގައުމުތަކުގެ މަންދޫބުންނެވެ. އާންމު ގޮތެއްގައި މި މަންދޫބުންނަކީ ގައުމުތަކުގެ ފޮރިން މިނިސްޓަރުންނެވެ. ނުވަތަ އެމިނިސްޓަރުން ތަމްސީލުކުރާ ފަރާތްތަކެވެ. ނުވަތަ ދާއިމީ މަންދޫބުންނެވެ. މައްސަލަތަކަށް ގޮތް ނިންމުމުގައި ގައުމުތަކުގެ ކުޑަ ބޮޑު މިނަކަށް ނުބަލައެވެ. ކޮންމެ މެމްބަރު ގައުމަކަށްވެސް ލެވޭނީ އެއް ވޯޓެވެ. ކޮންމެ އަހަރެއްގެ މާޗު އަދި ސެޕްޓެމްބަރު މަހު ކައުންސިލްގެ ބައްދަލުވުންތައް ބާއްވާއިރު، މެމްބަރު ދެ ގައުމަކުން އެދިއްޖެ ނަމަ ހާއްސަ ބައްދަލުވުންތައް ބާއްވައެވެ.

އަރަބި ލީގުގެ އާންމު މަސައްކަތްތައް ޖެނެރަލް ސެކެޓްރިއޭޓެއް މެދުވެރިކޮށް ކުރާއިރު، އެންމެ އިސްކޮށް ހުންނަނީ ސެކެޓްރީ ޖެނެރަލްއެވެ. މިއީ ލީގުގެ އެޑްމިނިސްޓްރޭޓިވް ބޮޑީއެވެ. މިއީ ލީގުގެ ކައުންސިލާއި ސްޕެޝަލައިޒްޑް މިނިސްޓީރިއަލް ކައުންސިލްގެ އެކްސެކިއުޓިވް ބޮޑީއެވެ.

ދެން އޮތީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީޒް (އޯއައިސީ) އެވެ. އޯއައިސީ އުފެދިފައި ވަނީ 1969 ވަނަ އަހަރުއެވެ. އޯއައިސީގެ މެމްބަރުންގެ ގޮތުގައި ހިމެނެނީ މުސްލިމު މެޖޯރިޓީ ގައުމުތަކާއި މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކެވެ. އޭގެ ތެރޭގައި އެފްރިކާ އާއި އޭޝިއާގެ ގައުމުތައްވެސް ހިމެނެއެވެ. އަރަބި ލީގުގެ 22 މެމްބަރުންގެ އިތުރުން އަޒަރުބައިޖާން، އަފްޣާނިސްތާން، އަލްބޭނިއާ، އިންޑޮނޭޝިއާ، އުޒްބެކިސްތާން، އުގަންޑާ، ޕާކިސްތާން، ބަހަރެއިން، ބުރުނޭއީ-ދަރުއްސަލާމް، ބަންގްލަދޭޝް، ބެނިން، ބުރުކީނަ-ފާސޯ، ތަޖިކިސްތާން، ތުރުކީ، ތުރުކުމަނިސްތާން، ޗާޑް، ޓޯގޯ، ޓިއުނީޝިއާ، އަލްޖީރިއާ، ސެނެގޯލް، ސޫދާން، ސުރިނަމް، ސިއެއްރާ ލިއޯން، ގެބޯން، ގެމްބިއާ، ގަޔާނާ، ގިނީ، ގިނީ-ބިއްސާ، ކިރްގިޒް ރިޕަބްލިކް، ކަޒަކަސްތާން، ކެމަރޫން، އައިވަރީކޯސްޓް، ކުވެއިތް، ދިވެހިރާއްޖެ، މާލީ، މެލޭޝިއާ، މޮޒަމްބީގް، ނީޖަރ އަދި  ނައިޖީރިއާ ވެސް ހިމެނެއެވެ. މީގެ އިތުރުން ފަސް އޮބްޒާވަރ މެމްބަރުންވެސް އޯއައިސީގައި ހިމެނެއެވެ.

އޯއައިސީ އަކީ އދ އަށް ފަހު ދުނިޔޭގެ އެންމެ ބޮޑު އިންޓަރގަވަމެންޓަލް އޯގަނައިޒޭޝަނެވެ. އދ އަދި ޔޫރަޕިއަން ޔޫނިއަން ގައި އޯއައިސީގެ ދާއިމީ މަންދޫބުން ތިބެއެވެ. އޯއައިސީގެ އަމާޒަކީ އިސްލާމްދީނުގެ އުސޫލުތައް ދަމަހައްޓައި މެމްބަރު ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް ދުނިޔޭގެ ސުލްހަޔަށް މަސައްކަތްކުރުމެވެ.

މެމެބަރު ގައުމުތަކުގެ ފޮރިން މިނިސްޓަރުން ކޮންމެ އަހަރަކު އެއްފަހަރު ބައްދަލުވުން ބާއްވާއެވެ. އަދި މެމްބަރު ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމެއް ކޮންމެ ތިން އަހަރުން އެއް އަހަރު ބާއްވައެވެ. މިބައްދަލުވުންތަކުގައި ނިންމާ ކަންތައްތައް ތަންފީޒު ކުރަނީ އޯއައިސީގެ ޖެނެރަލް ސެކެޓްރިއޭޓެވެ. އެއީ އޯއައިސީގެ އެކްސެކިއުޓިވް ބޮޑީއެވެ.

މިދެޖަމާއަތް އުފެދިގެން އައިސް ހައްލުކުރަން އަމާޒުކުރި އެއް މައްސަލައެއް އެބައޮތެވެ. އެއީ ފަލަސްތީނާ އިސްރާއިލުގެ މައްސަލައެވެ. އަރަބި ލީގު އުފެދުނު އިރު، ފަލަސްތީން ޔަހޫދީންގެ އަތްދަށުވިޔަ ނުދިނުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި އޯއައިސީ އުފެދި އެންމެ ފުރަތަމަ ހައްލަކުރަން މަސައްކަތް ފެށުނު މައްސަލައަކީ ފަލަސްތީނާ އިސްރާއިލުގެ މައްސަލައެވެ. އިސްރާއިލުން އަލްއަގްސާ މިސްކިތަށް ހަމަލާދިން މައްސަލައާ މެދު މަޝްވަރާކޮށް ހައްލެއް ހޯދުމަކީ އޯއައިސީން ކުރަން ފެށި އެންމެ ފުރަތަމަ މަސައްކަތެވެ.

ފަލަސްތީނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން އުފެދިގެން އައި ދެ ޖަމިއްޔާއަށް މިއަދާ ހަމައަށް ކުރެވިފައި ވަނީ ކޮންކަމެއްތޯއެވެ. އަރަބި ގައުމުތަކުގެ މެދުގައި އޮތް ދެބަސްވުންތަކާއި ހިޔާލު ތަފާތުވުން ތަކުގެ ސަބަބުން މި ދެޖަމިއްޔާ އަށް ހާސިލުކުރެވޭނެ ގިނަ ކަންތައްތައް ވަނީ ހާސިލުނުކުރެވި އަތުން ދޫވެފައެވެ. ޖަމިއްޔާއިން އަމާޒުހިފާފައިވާ ކަންތައް ހާސިލުނުކުރެވި ނިންމާ ނިންމުންތައް ދިފާއު ނުކުރެވޭއިރު، މި ޖަމިއްޔާތަކުގެ މެމްބަރު ގައުމުތަކަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

02 މެއި 2017

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟
26 އެޕްރީލު 2017

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
ފުރާނައާއި ފުރާނަފުޅު!
25 އެޕްރީލު 2017

ދިރާގު ޓީވީއަކީ ކޮބާ؟

25 އެޕްރީލު 2017
ދިރާގު ޓީވީއަކީ ކޮބާ؟
24 އެޕްރީލު 2017

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟
13 އެޕްރީލު 2017

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟
18 މާރިޗު 2017

ޑަންޑަނާ ބޭންޑް ކޮބާ؟

18 މާރިޗު 2017
ޑަންޑަނާ ބޭންޑް ކޮބާ؟
07 މާރިޗު 2017

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

07 މާރިޗު 2017
އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!
04 މާރިޗު 2017

އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ

04 މާރިޗު 2017
އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ
24 ފެބުރުއަރީ 2017

އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!

24 ފެބުރުއަރީ 2017
އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!
12 ފެބުރުއަރީ 2017

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް