Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ރާއްޖޭގެ 105 ރަށަކުން 2969 އެކްޓިވް ކޭސް އެބައުޅޭ- އެޗްއީއޯސީ

20 މެއި 2021 | ބުރާސްފަތި 04:23

ގިނަ ރަށްރަށުގައި ބަލި ފެނިފައި ވަނީ އަލާމާތްތައް ފެނިގެން ނަގާ ސާމްޕަލްތައް ޕޮޒިޓިވްވުމާ ގުޅިގެން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 20 މެއި 2021 | ބުރާސްފަތި 04:23
މިވަގުތު 63 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތުގައި

މިވަގުތު 63 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތުގައި

ރާއްޖޭގެ 105 ރަށަކުން މިވަގުތު ކޮވިޑް-19ގެ 2969 އެކްޓިވް ކޭސް އެބައުޅޭ ކަމަށް ހެލްތު އެމަޖެންސެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފިއެވެ.

ބުދަ ދުވަހު އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ އެޓޯލް ކްލަސްޓަރގެ ފަރާތުން ވާހަކަ ދައްކަވަމުން އަހުމަދު ނާޒިމް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑްގެ ކޭސްތައް ހަލުވިކަމާއެކު ފެތުރެމުން އަންނަ ކަމަށެވެ. އަދި މިވަގުތު 63 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށާއި މި ހާލަތަށް ގެނެވެފައިވާ ގިނަ ރަށްރަށުގައި ބަލި ފެނިފައި ވަނީ އަލާމާތްތައް ފެނިގެން ނަގާ ސާމްޕަލްތައް ޕޮޒިޓިވްވުމާ ގުޅިގެން ނޫނީ ހޯމް ކަރަންޓީނުގައި ހުންނަ މީހަކު ހޯމް ކަރަންޓީނުގެ އުސޫލާ ޚިލާފުވެގެން މުޖްތަމައު ތެރޭގައި ކޮންޓެކްޓްސްތަކެއް އުޅޭތީ ކަމަށެވެ.

Advertisement - newsAdvertisement

ނާޒިމް ވިދާޅުވީ މޮނިޓަރިންގެ ހާލަތަށް ގެންދެވޭ ރަށްރަށުގައި، އެޗްޕީއޭއިން ހަދާފައިވާ އުސޫލުތަކާއި ގަވައިދުތަކަށް ހުރިހާ ރައްޔިތުން ވެސް އަމަލުކުރަމުން ގެންދިއުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި ޕޮޒިޓިވް ކޭހަކާ ކޮންޓެކްޓް ވެގެން ކަރަންޓީން ކުރާ މީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރި މީހުން ނުވަތަ އުމުރުން ދުވަސްވީ މީހުންނާއި އަދި ދާއިމީ ބައްޔަކަށް ބޭސް ބޭނުންކުރާ މީހުންގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް އެރަށެއްގެ ހެލްތް ސެންޓަރަށް ގުޅުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މީގެ އިތުރުން މުޖްތަމައުގެ ތެރޭގައި އުޅޭއިރު ބަލީގެ އަލާމާތްތައް ހުރި މީހުން ސާމްޕަލް ނަގައިފިނަމަ ރިޒަލްޓް ލިބެންދެން ގޭގައި މަޑުކޮށް، އެކަހެރިވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، ސަބަބަކީ ނަތީޖާއަށް ވާނެ ގޮތެއް ނޭނގޭއިރު އެމީހެއްގެ ފަރާތުން މުޖްތަމައުގައި ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑުވުން ކަމަށް ވެސް ވިދާޅުވިއެވެ. ވުމާއެކު މުޅި ރަށް ނުރައްކަލަށް ދިއުމުން ސަލާމަތް ކުރަން މިއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ނާޒިމް ވިދާޅުވީ މިހާރު ކޮންޓެކްޓުންގެ ގޮތުގައި ކަރަންޓީން ކުރާ މީހުންގެ އިނީޝަލް ސާމްޕަލްއެއް ނުނަގާނެ ކަމަށެވެ. އެއީ އެ މީހަކީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރާ މީހަކަށް ވުމާއެކު ދެފަހަރަށް ސާމްޕަލް ނަގަންޖެހޭތީ ކަމަށާ ކަރަންޓީނުގައި ހުންނައިރު އެ މީހެއްގެ ފަރާތުން ރަށަށް ބަލި ފެތުރުމުގެ ފުރުސަތު ނެތުމުން ކަމަށް ވިދާވިއެވެ. އަދި އެގޮތަށް ކަރަންޓިނުގައި ތިބޭ މީހުންގެ ސާމްޕަލް ނަގަނީ 14 ދުވަސް ހަމަވުމުން ކަން ފާހަގަކުރެއްވިއެވެ. ނަމަވެސް ކަރަންޓީނުގައި ހުންނަ މުއްދަތުގައި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ސާމްޕަލް ނަގައި ޓެސްޓު ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ހިސާބުތަކަށް ބަލާލާއިރު، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 3،771 މީހުން ކޮވިޑަށް ޓެސްޓު ކޮށްފައިވާއިރު، އޭގެ ތެރެއިިން ޕޮޒިޓިވްވެފައި ވަނީ 1،187 މީހުންނެވެ. އޭގެ ތެރެއިން 965 މީހުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާއިރު، އަތޮޅު ތެރެއިން 214 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓުތަކުން 6 މީހުން ޕޮޒިޓިވްވެފައިވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް