Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚިޔާލު ތަފާތުވާ މީހުންނާއެކު މަސައްކަތް ކުރުން

ރައީސް ސާލިހަކީ ޚިޔާލު ތަފާތުވާ މީހުންނާއެކު މަސައްކަތް ކުރެއްވޭނެ ބޭފުޅެއް: މެމްބަރު ރޮޒައިނާ

19 މެއި 2021 | ބުދަ 18:28

ރައީސް ސާލިހާއެކު މަސައްކަތް ނުކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 19 މެއި 2021 | ބުދަ 18:28
ފަލަސުރުހީ ޕްރޮގްރާމްގައި މެމްބަރު ރޮޒެއިނާ ވާހަކަދައްކަވަނީ،

ފަލަސުރުހީ ޕްރޮގްރާމްގައި މެމްބަރު ރޮޒެއިނާ ވާހަކަދައްކަވަނީ،

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ ޚިޔާލު ތަފާތުވާ މީހުންނާއެކު ވެސް މަސައްކަތް ކުރެއްވުމުގެ ލާމަސީލު ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި މެމްބަރު ރޮޒައިނާ ވިދާޅުވީ މިހާރު ހުންނެވި ރައީސަކީ ޚިޔާލު ތަފާތުވާ މީހުންނާއެކުވެސް މަސައްކަތް ކުރެއްވުމުގެ ލާމަސީލު މިސާލެއް ކަމަށާއި، ރައީސް ސާލިހާއި އެކުގައި މަސައްކަތް ނުކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ.

Advertisement - newsAdvertisement

މިސާލު ޖައްސަވަމުން މެމްބަރު ރޮޒައިނާ ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއެކު ވެސް ރައީސް ސާލިހަށް މަސައްކަތް ކުރެއްވޭނެ ކަމަށެވެ. މުއިއްޒު ނިސްބަތްވާ ޕީޕީއެމް/ޕީއެންސީ އިދިކޮޅު ސިޔާސީ ޕާޓީއެއް ކަމުގައި ވިޔަސް މަސައްކަތް ކުރަން ވާނީ ސަރުކާރާ އެކުކަން މެމްބަރު ރޮޒައިނާ ފާހަގަކުރެއްވިއެވެ.

މެމްބަރު ރޮޒައިނާ ވިދާޅުވީ ސަރުކާރަށް ޖެއްސުން ކުރުމުގެ ނިޔަތުގައި މަސައްކަތް ކުރާނަމަ އެކަމުގެ ދެރައާއި ގެއްލުން ލިބޭނީ ރައްޔިތުންނަށް ކަމަށެވެ. ސަރުކާރެއް އިންތިޚާބު ކޮށްފައި އޮތީ ވެސް ވައުދުތަކަކާއެކު ކަމަށާއި، ދެފަރާތުން އެއްބަސްވެގެން މަސައްކަތް ކޮށްފިނަމަ ރައްޔިތުން ބޭނުންވާ ތަރައްގީއާއި ޚިދުމަތްތައް ދެވިގެންދާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ރޮޒައިނާ ވިދާޅުވީ ކައުސިލްތަކަކީ ވަކި ސަރުކާރު ތަކެއް ނޫން ކަމަށާއި، ކައުންސިލްތަކުން ވެސް މަސައްކަތް ކުރަންވާނީ ސަރުކާރުގެ މައި ޕޮލިސީތަކާއި އެ ޕްލޭންތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ކައުންސިލްތަކުން މުނިސިޕަލް ޚިދުމަތްތައް ދިނުމަށް ލާމަރުކަޒީ ނިޒާމުން ބާރުތައް ކައުންސިލްތަކަށް ދީފައިވަނީ މިނިވަން ކަމާއެކު މަސައްކަތް ކުރުމަށް ކަމަށް މެމްބަރު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުގެ މައިގަނޑު ޕޮލިސީތަކާއި ދެކޮޅަށް ކައުންސިލްތަކަށް މަސައްކަތް ކުރެވޭ ގޮތަކަށް ލާމަރުކަޒީ ގާނޫނުން ޖާގަ ދީފައިނުވާނެ ކަމަށެވެ.

މެމްބަރު މިމޭރުމުން ވާހަކަދައްކަވާފައިވާއިރު، އަންގާރަ ދުވަހުގެ މާލެސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ގުޅިފަޅަކީ ގެދޮރުވެރިކަމުގެ މަންޒިލަކަށް ހަދަން ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ، އެކަމާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ފަރާތުން އެކަން ހުށަހަޅުއްވާނެކަންވެސް މުއިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ.

މުއިއްޒު އެހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުގެ ވިސްނުމަކީ ބައިނަލްއަގުވާމީ ފެންވަރުގެ ޒަމާނީ ބަނދަރެއް ގުޅިފަޅުގައި ތަރައްގީ ކުރުން ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުން ވަނީ ބުނެފައެވެ. އެގޮތުން މާލޭގެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކެއް ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކުން އަދި ވިޔަފާރިވެރިން ތަޖުރިބާ ކުރަމުންދާ ކަމަށާއި، ސަރުކާރުގެ ވިސްނުމަކީ މި ދަތިތަކަށް ލުޔެއް ހޯދައިދީ ރާއްޖެއަށް ބޭނުންވާ ފެންވަރުގެ ޒަމާނީ ބަނދަރެއް ގުޅިފަޅުގައި ތަރައްޤީގީ ކުރުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި އެކަމާ ގުޅޭ މަސައްކަތްތައްވެސް ސަރުކާރުން ވަނީ ފަށާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް