Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ވެކްސިންގެ ހާލަތު

އިންޑިޔާގެ ވެކްސިން އެހެން ގައުމުތަކަށް ފޯރުކޮށްދެވޭ ވަރުވާނީ އޮކްޓޯބަރުގެ ފަހުން

އެކްސްޕޯޓް މެދުކަނޑާލުމާ ހަމައަށް 66 މިިލިއަން ޑޯޒަށްވުރެ ގިނަ ޑޯޒް ފޯރުކޮށްދީފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 މެއި 2021 | ބުދަ 17:42
އިންޑިޔާއިން ވަނީ އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުން މެދުކަނޑާލާފައި

އިންޑިޔާއިން ވަނީ އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުން މެދުކަނޑާލާފައި

އިންޑިޔާގެ ކޮވިޑް ވެކްސިން އެހެން ގައުމުތަކަށް އޮކްޓޯބަރު މަހުގެ ކުރިން ފޯރުކޮށްދެވުމަކީ ވަރަށް ނާދިރުކަމެއްކަމަށް އިންޑިޔާ ސަރުކާރުގެ ތިން ފަރާތަކާ ހަވާލާދީ ރޮއިޓަރސްއިން ބުނެފިއެވެ.

އިންޑިޔާއަކީ މުޅި ދުނިޔެއަށް ކޮވިޑް ވެކްސިން ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ކޮވެކްސް ފެސިލިޓީއަށް ގިނަ އަދަދަކަށް ވެކްސިން ފޯރުކޮށްދެމުން އައި ގައުމެކެވެ. ނަމަވެސް އިންޑިޔާގައި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވަމުންދިޔުމާއެކު އެގައުމުން ވަނީ އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުން މެދުކަނޑާލާފައެވެ.

އިންޑިޔާއިން މީގެ މަހެއްހާ ދުވަސް ކުރިން އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުން މެދުކަނޑާލުމާ ހަމައަށް 66 މިިއަން ޑޯޒަށްވުރެ ގިނަ ޑޯޒް ފޯރުކޮށްދީފައިވެއެވެ. އިންޑިޔާއިން ވެކްސިން ފޯރުކޮށްދިނުން މެދުކަނޑާލުމާއެކު ބަންގްލަދޭޝް، ނޭޕާލް ، ސްރީލަންކާ އަދި އެފްރިކާ ސަރަހައްދުގެ ގިނަ ގައުމުތަކަށް ވަނީ އެހެން ވެކްސިން ހޯދުމަށް މަޖުބޫރުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަނީ އިންޑިޔާ ނޫން އެހެން ގައުމުތަކުން ކޮވެކްސް ފެސިލިޓީއަށް މިހާރު ދެމުންދާ ވެކްސިނަށްވުރެ ގިނައިން ފޯރުކޮށްދިނުމަށް އެދިފައެވެ.

ނަން ހާމަނުކުރުމަށް އެދި އިންޑިޔާގެ އޮފިޝަލަކު ރޮއިޓަރސް އާ ވާހަކަދައްކަމުން ބުނެފައިވަނީ އިންޑިޔާއިން މިހާރު އެންމެ ބޮޑަށް އިސްކަމެއްދެނީ އެގައުމުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފުޅާކޮށް ހަލުވި ކުރުމަށް ކަމުގައެވެ.

އެހެން ގައުމުތަކަށް އިންޑިޔާއިން މިދަނޑިވަޅުގައި ވެކްސިން ފޯރުކޮށްދޭނެތޯ އިންޑިޔާގެ ތެރޭގައި މިހާރު އަންނަނީ މަޝްވަރާކުރެވެމުން ކަމަށް ރޮއިޓަރސް އިން ބުނެއެވެ. އަދި ބައެއް ގައުމުތަކަށް ކުރިން އިންޑިޔާއިން ވެކްސިން ފޯރުކޮށްދޭނެކަމަށް ބުނެފައިވާ ބުނުމާ އެއްގޮތަށް ދެން ވެކްސިން ފޯރުކޮށްދިނުން ފުރިހަމަވާނެ ކަމަށް ނުނިންމުމަށް އެދިފައިވާކަމަށްވެސް ވަނީ ބުނެފައެވެ. ވެކްސިން ފޯރުކޮށްދިނުން ލަސްވާނެ ގައުމުތައް އޮފިޝަލް ހާމަކޮށްފައެއްނުވެއެވެ.

އެހެން ދެ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވަނީ އިންޑިޔާއަށް އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދެވޭނެ ތާރީޚެއް ބިނާވާނީ އެގައުމުގައި ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އަންނަ އަވަސް ލަސްމިނަށެވެ.

އިންޑިޔާއިން އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމާމެދު މިހާރު ގެންގުޅޭ ސިޔާސަތުތަކާއި ގުޅޭގޮތުން އެގައުމުގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީގެ ބަހެއް ލިބިފައިނުވާކަމަށް ރޮއިޓަރސް އިން ބުނެއެވެ.

އިންޑިޔާގައި އެންމެފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދަމުން އަންނަ ސެރަމް އިންސްޓިޓިއުޓްގެ ސްޕޯކްސްމަން ބުނެފައިވަނީ މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އިންޑިޔާއަށް ވެކްސިން ފޯރުކޮށްދިނުމަށް ކަމަށެވެ. އެހެން ގައުމުތަކަށް ވެކްސިން އެންމެ އަވަހަށްވެސް ފޯރުކޮށްދޭން ފެށޭވަރުވާނީ ޖޫން މަހުގައި ކަމަށް ވަނީ ބުނެފައެވެ.

އޮކްޓޯބަރު ގެ ފަހުން އިންޑިޔާއަށް ކޮވެކްސް ފެސިލިޓީގެ ދަށުން ވެކްސިން ފޯރުކޮށްދިނުމާއި ގުޅޭގޮތުން އެފެސިލިޓީ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ގަވީން ބުނެފައިވަނީ މެއި މަސް ނިމޭއިރު ސެރަމް އިންސްޓިޓިއުޓުން 140 މިލިއަން ޑޯޒް އެފެސިލިޓީއަށް ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ.

ކޮވެކްސް އިން ސެރަމް އާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން 1.1 ބިލިއަން ޑޯޒް ސެރަމް އިން އެފެސިލިޓީއަށް ފޯރުކޮށްދޭންޖެހެއެވެ.

ޖޫން މަސް ނިމޭއިރު ކޮވެކްސް ފެސިލިޓީގެ ދަށުން ފޯރުކޮށްދޭންޖެހޭ ވެކްސިންގެ 190 މިލިއަން ޑޯޒްގެ މަދުވުމެއް އުޅޭކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2017

ތޫފާން އިރްމާ: ކެރީބިއަންގެ ބައެއް ގައުމުތަކަށް ޔޫރަޕުން އެހީތެރި ވަނީ

13 ސެޕްޓެމްބަރު 2017
ތޫފާން އިރްމާ: ކެރީބިއަންގެ ބައެއް ގައުމުތަކަށް ޔޫރަޕުން އެހީތެރި ވަނީ
05 ސެޕްޓެމްބަރު 2017

އިންޑިޔާގެ ނޫސްވެރިޔަކު ބަޑިޖަހާ މަރާލައިފި

05 ސެޕްޓެމްބަރު 2017
އިންޑިޔާގެ ނޫސްވެރިޔަކު ބަޑިޖަހާ މަރާލައިފި
28 އޯގަސްޓު 2017

ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް ކުރަމުންދާ ބޯ ވިއްސާރާގައި މިހާތަނަށް 1200 މަރު

28 އޯގަސްޓު 2017
ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް ކުރަމުންދާ ބޯ ވިއްސާރާގައި މިހާތަނަށް 1200 މަރު
24 މެއި 2017

މެންޗަސްޓާ ސިޓީއަށް ހަމަލާ ދިނުމުގައި އެހެން ބަޔަކު ބައިވެރިވި ކަމަށް ބެލެވޭ: ހޯމް ސެކްރެޓަރީ

24 މެއި 2017
މެންޗަސްޓާ ސިޓީއަށް ހަމަލާ ދިނުމުގައި އެހެން ބަޔަކު ބައިވެރިވި ކަމަށް ބެލެވޭ: ހޯމް ސެކްރެޓަރީ
17 މެއި 2017

އުތުރު ކޮރެއާގެ އަމަލުތަކަށް ތާއިދުކުރާ ގައުމުތަކަށް އެމެރިކާ އިން އިންޒާރު ދީފި

17 މެއި 2017
އުތުރު ކޮރެއާގެ އަމަލުތަކަށް ތާއިދުކުރާ ގައުމުތަކަށް އެމެރިކާ އިން އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު