Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަލަސްތީނާއެކު- ރާއްޖެ

''ކުޑައީ ރާއްޖެ، އަޑު ވަރަށް ބާރު''

18 މެއި 2021 | އަންގާރަ 14:33

އެހީތެރިކަން ފޯރުކޮށްދިނުމަށް ތަފާތު ހަރަކާތްތަކެއް އެބަ ހިންގާ

އަމްނާ އިމާދު
އަމްނާ އިމާދު | 18 މެއި 2021 | އަންގާރަ 14:33
ރާއްޖޭގެ ކުޑަކުދިންތަކެއް ފަލަސްތީނުގެ ދިދަ ހިފައިގެން

ރާއްޖޭގެ ކުޑަކުދިންތަކެއް ފަލަސްތީނުގެ ދިދަ ހިފައިގެން

ރަހުމެއް ކުލުނެއް ނެތެވެ. ގެދޮރު ސުންނާފަތިކޮށް ބިމާ ހަމަކުރަނީއެވެ. ޅަ ދަރިންގެ ކުރިމަތީގައި މައިންނާއި ބަފައިން ޝަހީދު ކުރަނީއެވެ. ތުއްތު ކުދިންގެ ރުއިމުން މުޅި ފަޒާ ވަނީ ގުގުމާފައެވެ. ސަލާމަތަށް އެދި އުއްމަތަށް ގޮވަނީއެވެ. ނުބައި ނުލަފާ ޔަހޫދީންގެ އަނިޔާވެރި އަމަލުތަކުން ފަލަސްތީނު ބިމުގައި ލޭގެ ކޯރުތައް ދެމެނީއެވެ. އެތައް އާއިލާއެއް ނިކަމެތިވެ އެހީތެރިކަމަށް އެދި އާދޭސްކުރަނީއެވެ. މިއަޑުތަކާއި މަންޒަރުތައް ބަލަން ތިބުމަކީ ދިވެހިން ބޭނުންވާ ކަމެއް ނޫނެވެ.

ގާޒައާއި އެތައް މޭލެއްގެ ދުރުގައި ދިވެހިރާއްޖެ އޮތްކަމުގައި ވިޔަސް މިއަދު ދިވެހިންގެ ލޭ ހޫނުވެ ކެކެމުންދެއެވެ. ދިވެހިން ތިބީ ފަލަސްތީނާއެކުކަން ހާމަކޮށްދިނުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ. ފަލަސްތީނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ތަފާތު ހަރަކާތްތައް އެބަ ހިންގައެވެ. ސޯޝަލް މީޑިއާ ވަނީ ފަލަސްތީނުގެ ދިދައިން ފުރާލާފައެވެ.

ކޮވިޑް-19ގެ ހަތަރު ވަނަ ރާޅާއެކު ބަލީގެ ހާލަތު ގޯސްވެ ސިއްހީ ޚިދުމަތްތެރިން ހޭބޯނާރާ މަސައްކަތް ކުރަމުންދާއިރު، އެޓީމުގެ ފަރާތުން ވެސް ފަލަސްތީނަށް އޮތް ލޯބި ފެނިގެން ދިޔައެވެ. ޕަރސަނަލް ޕްރޮޓެކްޓްޓިވް އެކިއުޕްމެންޓް (ޕީޕީއީ) ގައި ވެސް ފަލަސްތީނުގެ ދިދައެވެ. ފަލަސްތީނުގެ ގައުމީ ކުލަތަކުން މުޅި މާލެ ވަނީ ޒީނަތްތެރި ކޮށްފައެވެ.

މާލޭގެ މަގުތަކާއި ދުއްވާ ވެހިކަލްތަކުގެ އިތުރުން ގެގޭގެ ބެލްކަނި ވެސް ފަލަސްތީނުގެ ދިދަތަކުން ވަނީ ފުރާލާފައެވެ. ކޮވިޑް-19ގެ މި ޕެންޑަމިކްގައި މަގުމައްޗަށް އެއްވެ ނޫޅެވުނު ކަމުގައި ވިޔަސް ދިވެހިންގެ ހިތްތަކުގައި ފަލަސްތީނަށް ދެވިފައިވާ ލޯތްބާއި ގަދަރު މިވަރުން ފުރިހަމައަށް ވަޒަންކޮށްލެވެއެވެ. މިވަރުން ފުއްދާލައިގެން ތިބީކީނޫނެވެ. އޮޑި ދޯނިފަހަރުން ފެށިގެންގޮސް ރަށްރަށުގެ މަލަމަތި ވެސް މިއަދު ޒީނަތްތެރި ކުރެވިފައިވަނީ ފަލަސްތީނުގެ ދިދަތަކުންނެވެ.

އަންގާރަ ދުވަހު ހަވީރު ޒުވާނުންތަކެއް އިސްނަގައިގެން ''މޯލްޑިވްސް ވިތް ފަލަސްތީން'' ނަމުގެ ވަނީ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. ވީހާވެސް ގިނަ ރައްޔިތުން ބެލްކަނިތަކަށް ނުކުމެ ފަލަސްތީނާ އެއްކޮޅަށް އަޑު އުފުލުމަށް ގޮވާލި ގޮވާލުމަށް ދިވެހި ރައްޔިތުން އިޖާބަ ދިނީ ވަރަށް ފުރިހަމައަށެވެ. މިހަރަކާތް އިންތިޒާމް ކުރުމަށް އިސްކޮށް އުޅުނު މާޝާ މުހައްމަދު ތަސްނީމް ބުނީ ކުރިއަށް އޮތްތަނުގައި ވެސް ފަލަސްތީނާއެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މިއަދު މާލޭގެ އިތުރުން މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުން ވެސް އެއް ވާނެއްގައި ގޮވަމުން ދިޔައީ ''އަހަރުމެން މިތިބީ ފަލަސްތީނާއެކު'' މިހެންނެވެ. މާޒީއަށް ނަޒަރު ހިންގާލާއިރު ވެސް ދިވެހިންނަކީ އަބަދުވެސް އަނިޔާއާ ދެކޮޅަށް އެންމެ ފުރަތަމަ ނުކުންނަ މީހުންކަން ހާމަވެއެވެ. އިސްރާއީލުން މެދުކެނޑުމެއްނެތި ގާޒާއަށް ދެމުންދާ އުދުވާނީ ހަމަލާތައް ދިވެހިން ދަނީ އަބަދުވެސް ކުށްވެރި ކުރަމުންނެވެ. ދިވެހިން އަބަދުވެސް ވާނީ މުސްލިމުންނާއި އެއްކޮޅަށް، އަނިޔާއާ ދެކޮޅަށް އަޑުއުފުލާ ބަޔަކަށްކަން މިވަނީ މުޅި ދުނިޔެއަށް ދައްކާދީފައެވެ.

އިސްރާއިލް ކުށްވެރިކޮށް ބޮޑެތި ގައުމުތަކާއި ބާރުގަދަ ގައުމުތައް ނުކުޅެދި ދުނިޔޭގެ އަމަނާއި ސުލްހައަށް މަސައްކަތްކުރާ އދ ވެސް ކުޑަކަކޫ ޖަހަންޖެހިފައިވާ މިދަނޑިވަޅުގައި، އަޅުގަނޑުމެންގެ މިކުޑަކުޑަ ގައުުމު ވަނީ ނަމޫނާ ދައްކާދީފައެވެ. ގައުމުގެ ދުލުން މިއަދު އަނެއްކާވެސް މިވަނީ ދިވެހިން އަބަދުވެސް ވާނީ މުސްލިމުންނާއި އެއްކޮޅަށް އަދި އަނިޔާއާ ދެކޮޅަށްކަން ހަރުއަޑުން ގޮވައި ހާމަކޮށްދީފައެވެ.

ފަލަސްތީން

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2024

ފަލަސްތީނު ރައްޔިތުން ޒައިތޫނި ބިނުމަށް ވެސް ހުރަސް އަޅާ ޔަހޫދީން ހަމަލާދެނީ

02 ނޮވެމްބަރު 2024
ފަލަސްތީނު ރައްޔިތުން ޒައިތޫނި ބިނުމަށް ވެސް ހުރަސް އަޅާ ޔަހޫދީން ހަމަލާދެނީ
01 ސެޕްޓެމްބަރު 2024

ޔަހޫދީ ސިފައިން ޖެނިން ހިސޯރުކުރުމާއެކު ފަލަސްތީނުގެ މީހުންނަށް ފެނާ، ކާނާ، ކަރަންޓް ލިބުން ހުއްޓިއްޖެ

01 ސެޕްޓެމްބަރު 2024
ޔަހޫދީ ސިފައިން ޖެނިން ހިސޯރުކުރުމާއެކު ފަލަސްތީނުގެ މީހުންނަށް ފެނާ، ކާނާ، ކަރަންޓް ލިބުން ހުއްޓިއްޖެ
31 އޯގަސްޓު 2024

އިޒްރޭލު ސިފައިންނާ ކުރިމަތި ލުމަށް ހަމާސްގެ ހަރަކާތްތައް ހުޅަނގު އައްސޭރީގައި ފުޅާ ކުރަނީ

31 އޯގަސްޓު 2024
އިޒްރޭލު ސިފައިންނާ ކުރިމަތި ލުމަށް ހަމާސްގެ ހަރަކާތްތައް ހުޅަނގު އައްސޭރީގައި ފުޅާ ކުރަނީ
31 އޯގަސްޓު 2024

ޔަހޫދީ ސިފައިން ޣައްޒާ އަށް ބޮން އަޅައިފި، ހުޅަނގު އައްސޭރީގެ ޖެނިން ހިސޯރުކޮށްފި

31 އޯގަސްޓު 2024
ޔަހޫދީ ސިފައިން ޣައްޒާ އަށް ބޮން އަޅައިފި، ހުޅަނގު އައްސޭރީގެ ޖެނިން ހިސޯރުކޮށްފި
28 އޯގަސްޓު 2024

އިޒްރޭލާ ދެކޮޅަށް ރާއްޖޭގައި އަޑު އުފުލަމުންދިޔަ ދެ އަންހެނުން ހައްޔަރުކޮށްފި

28 އޯގަސްޓު 2024
އިޒްރޭލާ ދެކޮޅަށް ރާއްޖޭގައި އަޑު އުފުލަމުންދިޔަ ދެ އަންހެނުން ހައްޔަރުކޮށްފި
17 މެއި 2024

ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި

17 މެއި 2024
ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި
10 މެއި 2024

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި

10 މެއި 2024
ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި
10 މެއި 2024

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޒަކާތު ހައުސްއިން އެއްލައްކަ ޑޮލަރު ދެނީ

10 މެއި 2024
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޒަކާތު ހައުސްއިން އެއްލައްކަ ޑޮލަރު ދެނީ
01 މެއި 2024

ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ

01 މެއި 2024
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
11 އެޕްރީލު 2024

ހަމާސްގެ ލީޑަރުގެ އާއިލާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 7ށް އަރައިފި

11 އެޕްރީލު 2024
ހަމާސްގެ ލީޑަރުގެ އާއިލާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 7ށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް