Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައު ކައުންސިލަރުން ހުވާކުރުން

އެންމެ ބޮޑު އަމާޒަކަށް ވާންޖެހޭނީ ތަރައްގީގެ ޕްލޭނާ އެއްގޮތަށް ރަށްރަށާއި ސިޓީތައް ތަރައްގީ ކުރުން: ރައީސް

17 މެއި 2021 | ހޯމަ 14:39

މިއަދު ވެގެންދާނީ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާ ދުވަހަކަށް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 17 މެއި 2021 | ހޯމަ 14:39
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

އަލަށް ހުވާކުރި ކައުންސިލަރުންގެ އެންމެ ބޮޑު އަމާޒަކަށް ވާންޖެހޭނީ ތަރައްގީގެ ޕްލޭނާ އެއްގޮތަށް ސިޓީތަކާއި ރަށްރަށް ތަރައްގީކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އައު ކައުންސިލަރުން ހުވާކުރުމުގެ މުނާސަބަތުގައި ރައީސް ސާލިހު ދެއްވި ޚިތާބުގައި ވިދާޅުވީ މިއަދަކީ ހަގީގީ ލާމަރުކަޒީ ނިޒާމުން، އަތޮޅުތަކާއި ސިޓީތަކާއި ރަށްރަށް ހިންގަން ފެށުނު ދުވަސް ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ރައްޔިތުންގެ އާންމު ވޯޓަކުން އިންތިޚާބުކުރި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް، ގާނޫނީ ހައިސިއްޔަތާއެކު މަސައްކަތް ކުރަން ފެށި ދުވަސްކަމަށް ވާތީ މިއަދު ވެގެންދާނީ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނެ ދުވަހަކަށް ކަމަށެވެ. ކުރިޔާ ޚިލާފަށް މިފަހަރު ރަށު ކައުންސިލާއި އަތޮޅު ކައުންސިލް އަދި ސިޓީތަކުގެ މޭޔަރުން ވެސް އިންތިޚާބުކުރީ ރައްޔިތުންގެ އާންމު ވޯޓަކުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ދުވަސް ޚާއްސަވާ އެންމެ މައިގަނޑު އެއް ސަބަބަކީ އެއީ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ސާލިހު ވިދާޅުވީ މި ހުރިހާ ކަމަކުން ދޭހަވަނީ ލާމަރުކަޒީ ނިޒާމު ހިންގާނެ މީހުން ކަނޑައެޅުމުގައި، ރައްޔިތުންގެ ބައިވެރިވުން ހިމެނިފައި އޮތް ވަރު ކަމަށެވެ. އެހެންވީމާ ހިނގަން ފަށާ ކައުންސިލްތަކުން، އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ، ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް، ސިޓީތަކާއި ރަށްރަށް ތަރައްގީ ކޮށްދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލަރުންގެ ގޮތުގައި އިންތިޚާބުކުރި މީހުންގެ ތިން ބައިކުޅަ އެއް ބަޔަކީ، އަންހެނުން ކަމަށް ވުމުން ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުން އަންހެނުން ބާރުވެރިކުރުމާއި، ގައުމީ ތަރައްގީގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމާއި، ރަށު ތަރައްގީގައި އަންހެނުން ބައިވެރި ކުރުމުގައިވެސް، އައު ކައުންސިލަރުން ވަރަށް މުހިންމު ދައުރެއް އަދާކުރަން ޖެހޭކަމުގައެވެ. ރަށްރަށާއި ސިޓީތައް ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުވުމުން، ގައުމީ ތަރައްގީގެ ދުވެލި ހަލުވި ވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކައުންސިލްތަކުގެ އާ ދައުރާއެކު، ފިރިހެނުންނާ އެއް ހަމައެއްގައި، އަދި މަގާމުގެ ގޮތުންވެސް އެއް ފެންވަރެއްގައި، އަންހެނުން ތަމްސީލުކުރާވަރު އިތުރުވާނެ ކަމަށާއި، އޭގެ ސަބަބުން އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމާއި އަންހެނުންނަށް ލިބެންޖެހޭ ރައްކާތެރިކަން އިތުރުކުރުމަށް، ގައުމީ ފެންވަރުގައި ދެވޭ ސަމާލުކަން މިއަށް ވުރެ ބޮޑުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޝްވަރާ އާއި ޚިޔާލު ހޯދައިގެން ލާމަރުކަޒީ ގާނޫނު އިސްލާހުކުރީ ރައްޔިތުންގެ ވިންދު ހުރީ، އެ ބަދަލުތަކާއިގެން ކުރިއަށްދާން ކަމަށް ވާތީ ކަމަށެވެ. އެހެންވީމާ ރައްޔިތުންގެ ލާބަޔާއި މަސްލަހަތަށް އިސްކަން ދީގެން، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެއްގޮތަށް، ތަރައްގީގެ ޕްލޭންތައް ތައްޔާރުކޮށް އެ ޕްލޭނާ އެއްގޮތަށް ރަށްރަށާއި ސިޓީތައް ތަރައްގީ ކުރުމަށް އައު ކައުންސިލަރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް އުންމުދކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ހަވާލުވެފައިވާ ކައުންސިލަރުންނަކީ ހަމައެކަނި ވަޒީފާއެއް އަދާކުރުމުގެ ހައިސިއްޔަތުން މަގާމާ ހަވާލުވާ ކައުންސިލަރުންނަށް ވެގެންނުވާނެ ކަމަށެވެ. އައު ކައުންސިލަރުންގެ ކޮނޑުގައި ގައުމީ ވާޖިބާއި ޒިންމާ ވަރަށް ބޮޑު ކަމަށެވެ. އެހެންވެ ރައްޔިތުން ހަވާލުކުރާ އަމާނާތަށް ފުރިހަމައަށް ރައްކާތެރިވެ ރަށާއި އަތޮޅު އަދި ސިޓީއަށް ފުރިހަމަ ތަރައްގީއެއް ގެނެސްދެއްވުމަށް ރައީސް ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު
10 އޯގަސްޓު 2023

ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް

10 އޯގަސްޓު 2023
ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް
10 އޯގަސްޓު 2023

އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް

10 އޯގަސްޓު 2023
އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް
10 އޯގަސްޓު 2023

ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ

10 އޯގަސްޓު 2023
ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ
16 ޖުލައި 2023

ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް

16 ޖުލައި 2023
ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް