Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދަގަނޑޭއަށް ފުރުސަތު ގެއްލުމުގެ ބިރު

ދަގަނޑޭއަށް ގައުމީ ޓީމުން ފުރުސަތު ގެއްލުމުގެ ބިރު

މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވެ އީސައަށް ވަނީ ފުރުސަތު ގެއްލިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 17 މެއި 2021 | ހޯމަ 12:53
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)

ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނަށް އެކުލަވާލާ ގައުމީ ފުޓްބޯޅަ ޓީމުގެ ފައިނަލް ސްކޮޑުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަށް ފުރުސަތު ގެއްލިދާނެ ކަމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެއެވެ.

ކޮލިފައިން މެޗުތަކަށް މީގެ ކުރިން އެކުލަވާލި 33 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި ދަގަނޑޭ ހިމެނުނުއިރު، އޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ގައުމީ ޓީމާއެކު ހޮޓެލް ޖެންގައި ކޭމްޕްކޮށްފައެވެ. އެކަމަކު ދާދި ފަހުން ދަގަނޑޭގެ އަންހެނުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު، ޚާއްސަ ހުއްދައެއްގެ ދަށުން އޭނާ ވަނީ ކޭމްޕް ދޫކޮށްލާފައެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އަންހެނުން ކޮވިޑަށް ޕޮޒިޓިވްވުމާއެކު ދަގަނޑޭއަށް ކޭމްޕް ދޫކޮށް ދިޔުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި ހޯމަ ދުވަހުގެ ވަގުތެއްގައި ދަގަނޑޭ ކޮވިޑަށް އަލުން ޓެސްޓުކުރިއިރު، އޭނާއަށް ދެން ކޭމްޕްގައި ބައިވެރިވެވޭނީ ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމުން ކަމަށް ވިދާޅުވިއެވެ. އެކަމަކު ދަގަނޑޭ ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ، އޭނާވެސް ޖެހޭނީ 14 ދުވަހަށް ކަރަންޓީނުވާން ކަމަށާއި، އެހެންކަމުން އެ ހާލަތުގައި ކޮލިފައިން މެޗުތަކަށް އެކުލަވާލާ ގައުމީ ޓީމުގެ ފައިނަލް ސްކޮޑުން ދަގަނޑޭއަށްވެސް ފުރުސަތު ގެއްލިގެންދާނެ ކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ.

އެފްއޭއެމުން މައުލޫމާތުދޭ ގޮތުގައި އަންހެނުން ކޮވިޑަށް ޕޮޒިޓިވްވުމާއެކު، ދަގަނޑޭ މި ވަގުތު ހުރީ މަންމަ ގޭގައި އާއިލީ ކަންކަން ބެލެހެއްޓުމަށެވެ. އަދި އަންހެނުންނާ ދަގަނޑޭ ކޮންޓެކްޓް ނުވާ ކަމަށާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކަށް ވަރަށް ރަނގަޅަށް ދަގަނޑޭ އަމަލުކޮށްފައިވާ ކަމަށް އެފްއޭއެމުން ބުނެއެވެ.

ދަގަނޑޭއަށް ގައުމީ ޓީމުން ފުރުސަތު ގެއްލުމުގެ ބިރު ކުރިމަތިވިއިރު، ކޮވިޑަށް ޕޮޒިޓިވްވުމުންނާއި އަމިއްލަ ސަބަބުތަކާ ހުރެ ގައުމީ ޓީމުގެ ސްކޮޑުން މީގެ ކުރިން ބައެއް ކުޅުންތެރިން ވަނީ ވަކިވެފައެވެ. އަމިއްލަ ސަބަަބަކާ ހުރެ ސްކޮޑުން ވަކިވީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ފޯވާޑް ނާއިޒު ހަސަން (ދާދު) އާއި، އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވުމުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ މިޑްފީލްޑަރު އިސްމާޢީލް އީސަ (މެސީ) އަށްވެސް ވަނީ ފުރުސަތު ގެއްލިފައެވެ.

ބައްސާމް ވިދާޅުވީ މި ދަނޑިވަޅުގައި އާއިލީ ސަބަބުތަކާ ހުރެ ސްކޮޑުން ބައެއް ކުޅުންތެރިން ވަކިވަމުން އަންނަ ކަމަށާއި، އެ ކުޅުންތެރިންގެ ސަބަބުތައް އެފްއޭއެމުން ބަލައިގަންނަ ކަމަށެވެ. އެކަމަކު ގައުމީ ޓީމަށް ކުޅެން ލިބޭ ހުރިހާ ފުރުސަތެއްގެ ބޭނުން ކޮންމެ ކުޅުންތެރިއަކުވެސް ހިފަންވާނެ ކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅެން ތާވަލުކޮށްފައިވާއިރު، މައުލޫމާތު ލިބޭ ގޮތުން ގައުމީ ޓީމުން އަންނަނީ އަންނަ ބުދަ ދުވަހު ޗައިނާއަށް ފުރަން މަސައްކަތް ކުރަމުންނެވެ.

ކޮވިޑާ ގުޅިގެން ކޮލިފައިން މެޗުތައް ޗައިނާގައި ކުޅޭއިރު، ރާއްޖެއަށް ބާކީ ތިން މެޗު އެބައޮތެވެ. އެއީ ޗައިނާ އާއި، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. މީގެ ތެރެއިން ސީރިއާ މެޗަކީ ރާއްޖޭގެ ހޯމް މެޗެކެވެ.

އޭޝިއާ ސަރަހައްދުން ހަތަރު ގައުމެއް 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެގެން އަދި ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

އަލީ އަޝްފާގު (ދަގަނޑޭ)ގައުމީ ފުޓްބޯޅަ ޓީމުވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު ރޭޑިއަންޓުގެ ފަރިތަކުރުން ތަކަށް ދަގަނޑޭ ނިކުމެއްޖެ، މުބީން ވިދާޅުވީ އެއީ ޓީމަށް ލިބުނު ހިތްވަރެއް ކަމަށް

ނިއު ރޭޑިއަންޓުގެ ފަރިތަކުރުން ތަކަށް ދަގަނޑޭ ނިކުމެއްޖެ، މުބީން ވިދާޅުވީ އެއީ ޓީމަށް ލިބުނު ހިތްވަރެއް ކަމަށް

16 ޑިސެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަޝްފާޤުގެ ކަކުލު އޮޕަރޭޝަނެއް ކޮށްފި

އަޝްފާޤުގެ ކަކުލު އޮޕަރޭޝަނެއް ކޮށްފި

21 ސެޕްޓެމްބަރު 2024
ދަގަނޑޭގެ މައިލޯ ސިޓީއަށް ފަސް ލަނޑުގެ މޮޅެއް

ދަގަނޑޭގެ މައިލޯ ސިޓީއަށް ފަސް ލަނޑުގެ މޮޅެއް

03 މެއި 2024
މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި

މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި

13 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު