Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދަށް ދިން ހަމަލާ

ގައުމުގެ އަމާންކަން ގުޅިފައިވަނީ ރައީސް ނަޝީދަށް އިންސާފު ލިބުމާ- މަޖިލީސް

ހުނަރުވެރިކަމާއެކު ފަރުވާދެއްވި ފަޚުރުވެރި ޑޮކްޓަރުންގެ ޓީމަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށް އީވާ ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 17 މެއި 2021 | ހޯމަ 10:29
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ

ދިވެހި ގައުމުގެ އަމާންކަން ގުޅިފައިވަނީ ރައީސް ނަޝީދަށް އިންސާފު ލިބުމާ ކަމާމެދު އެއްވެސް މީހަކު ޝައްކެއް ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ރިޔާސަތުން ހުށަހަޅާ މައްސަލަ އިއްވަމުން އީވާ ވިދާޅުވީ އެމަނިކުފާނަށް އާދަޔާޚިލާފު ހުށިޔާރުކަމާއެކު އަމިއްލަ ހަށްޓަށް ބެލުމެއްނެތި ހަށިފާރަވެރިންނާ އަދި ހޮސްޕިޓަަލަށް ގެންދެވުމާއެކު އޯގާތެރިކަމާއި ހުނަރުވެރިކަމާއެކު ފަރުވާދެއްވި ފަޚުރުވެރި ޑޮކްޓަރުންގެ ޓީމަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެމަނިކުފާނަށް އަވަސް ޝިފާއެއް ދެއްވުން އެދި އެންމެހާ މެންބަރުންނާއި ރާއްޖޭގެ ރައްޔިތުން ކޮށްދެއްވި ހެޔޮ ދުޢާތަކާއި ފޮނުއްވި އޯގާތެރި މެސެޖުތަކާއި ހެޔޮއެދުމުގެ ބަސްތަކަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ.

އީވާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަކީ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ ވަރަށް ގާތް، ރަހުމަތްތެރި ގުޅުމެއް ބާއްވަވާ، އަބަދުވެސް ހިތްހެޔޮ، އަނެކުންނަށް ދިމާވާ ބޮޑެތި ކަންކަމުގައި އަޅާލައި، އެހީވުމުގެ ސަފުގެ އެންމެ ކުރީގައި އަބަދުވެސް ހުންނަވާ ބޭފުޅެއްކަމަށެވެ. އެއީ މަގުމަތީގައި ކަމުގައި ވިޔަސް، ވެރިކަމުގައި ހުންނެވިއިރު ކަމުގައި ވިޔަސް، އަދި މަޖިލީހުގައި ކަމަށް ވިޔަސް އެމަނިކުފާނަކީ ރައްޔިތުންނަށް ބޮޑެތި ކަންކަމުގައި އަޅާލައި އެހީވުމުގެ ސަފުގައި އެންމެ ކުރީގައި ހުންނަވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ރައްޔިތުންނަށް ދިމާވާ ދައްޗެއް ވިޔަސް، ހިތްޗެއް ވިޔަސް އުފަލެއް ވިޔަސް، ފޮންޏެއް ވިޔަސް ދިވެހި ލޮބުވެތި ރައްޔިތުންނާއެކު އެ ރައްޔިތުން ވީހާލެއްގައި އެމަނިކުފާނު ވާކަމަށް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ދިން ނުރައްކާތެރި ހަމަލާއިން އެމަނިކުފާނު ސަލާމަތްވީ ނަމަވެސް އެމަނިކުފާނުގެ ފުރާނަފުޅަށް އޮތް ނުރައްކާ އަދިވެސް ފިލައިގެން ނުދާކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. މިއީ ކުޑަކަމެއް ނޫން ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

ރާއްޖޭގައި ހަރުކަށިކަމާ ހައްދުފަހަނައަޅާފައިވާ ބިރުވެރި ފިކުރު ގެންގުޅޭ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުން، ނުރައްކާ ބޮޑުވަމުން އަދި ފުޅާވަމުންދާ ދިއުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އޮތް ބޮޑު ނާމާން ކަމެއް ކަމަށް އީވާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށް މުޅި ގައުމު އެކީގައި މަސައްކަތް ކުރުން ނޫން ގޮތެއް ނެތް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ދައުރާއި ޒިންމާ ހުރިހާ މެންބަރުން ވެސް ގަބޫލުކޮށް، އެކުގައި، ސިޔާސީ ފިކުރަށް ނުވިސްނާ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ކައިރީގައި އައިއީޑީއެއް ގޮއްވާލުމުން އެމަނިކުފާނުގެ ހަށިކޮޅަށް ރޭޒާ ފުއްތަކެއް ވަދެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައިވާތީ، އެ ރޭޒާފުއްތައް ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރިއެވެ. ރައީސް ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން މީޑިއާތަކަށް އާއްމުކުރެއްވި މައުލޫމާތުތަކަށް ބަލާއިރު، ރައީސް ނަޝީދުގެ ފުރާނަފުޅު ސަލާމަތްކުރެވުނީ ހަމަ ކިރިޔާއެވެ.

މާލޭގައި ދިން ޓެރަރިސްޓް ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވުމަށް ފަހު ބޭރަށް ފުރާ ވަޑައިގެންނެވީ 13 މެއި ވީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ރައްޔިތުންގެ މަޖިލިސްރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު