Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިސްރާއީލުގެ އުދުވާން

އިސްރާއީލާ ދެކޮޅަށް އަމަލީ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި

އިސްރާއީލުން ރާއްޖެއަށް ފަތުރުވެރިން އައުން މި އުދުވާން ހުއްޓައިލަންދެން މަނާކުރުމަށް ވަނީ ގޮވާލާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 17 މެއި 2021 | ހޯމަ 06:58
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް

ފަލަސްތީނުގެ ރައްޔިތުންނާ މެދު އިސްރާއީލުން ހިންގަމުންދާ އުދުވާނު ކުށްވެރި ކުރުމުގެ ގޮތުން އަމަލީ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ކުއްލި މައްސަލަ ބަލައިގަތުމަށް ފާސްވެފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

މައްސަލަ ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކުގެ ތެރޭގައި އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ އިރުމަތީ ގުދުސްގެ ބިންތަކުގެ ތެރެއިން ޝެއިޚް ޖައްރާހުގައި ދިރިއުޅޭ ފަލަސްތީނު އާއިލާތައް އަމިއްލަ ބިންތަކުންނެރެފައިވާ ކަމަށެވެ. އަދި އެ ބިންތަކުގައި އިސްރާއީލުގެ ޣައިރު ގާނޫނީ އާބާދުވުންތައް ގާއިމުކުރަން ނިންމުމާ ގުޅިގެން ފަލަސްތީނު ރައްޔިތުން އިހުތިޖާޖުކޮށް މުޒާހަރާކުރުމުން، އިހުތިޖާޖުތަކާ ދެކޮޅަށް އިސްރާއީލުގެ ފުލުހުންނާއި ސިފައިން ނެރެ ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމަށެވެ.

މެންބަރު ވިދާޅުވީ މި ކަންކަމާ މެދު ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ނުރުހުން ފާޅު ކުރަންޖެހޭ ކަމަށް ދެކޭ ކަމަށެވެ. އަދި ނުރުހުން ފާޅުކުރުމަކީ ހަމައެކަނި ނެރެލާ ބަޔާނަކުން، އަދި ބުނެލާ ބަހަކުން ކުރެވޭ ކަމެއް ކަމުގައި ނުދެކޭ ކަމަށާއި އަމަލީ ގޮތުން އިސްރާއީލުގެ އަމަލުތައް ކުށްވެރި ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އިސްރާއީލުން ރާއްޖެއަށް ފަތުރުވެރިން އައުން މި އުދުވާން ހުއްޓައިލަންދެން މަނާކުރުމަށާއި، އިސްރާއީލުގެ އުދުވާނަށް ނިމުމެއް އަންނަންދެން އިސްރާއީލުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ގޮވާލާ ކަމަށެވެ. މީގެ އިތުރުން ވެސް ދިވެހިރާއްޖޭގެ ނިސްބަތުން އެޅެންހުރި ފިޔަވަޅުތައް އެޅުމަށްފަހު އެ ފިޔަވަޅެއް އެޅުމަށް ގޮވާލާ ކަމަށް މެންބަރު ވިދާޅުވިއެވެ.

ފަލަސްތީނުއިސްރާއީލް އަސްކަރިއްޔާރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު