Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކައުންސިލަރުން ހުވާކުރުން

ހުވާކުރުމުގައި ބަދަލުތަކެއް- މާލޭގައި މިހާރު ހުވާކުރާނީ ވަރޗުއަލްކޮށް

ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްވަގުތަކު މިކަން ނުގެންދެވޭނެ ކަމަށް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 16 މެއި 2021 | އާދީއްތަ 18:39
ހުވާކުރުމުގެ ރަސްމިޔާތު މިފަހަރު އެއް ގަޑިއެއްގައި ނުބޭއްވޭނެ

ހުވާކުރުމުގެ ރަސްމިޔާތު މިފަހަރު އެއް ގަޑިއެއްގައި ނުބޭއްވޭނެ

ކައުންސިލަރުން ހުވާކުރުމާއި އަންހެންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިގުރާރުގައި ސޮއިކުރުން ކުރިއަށްގެންދާނީ އެ ރަށެއްގެ ކޮވިޑްގެ ހާލަތާއި ފަނޑިޔާރުން ލިބޭ ގޮތަކަށް ބަލައިގެން ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެލްޖީއޭ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްފަހަރާ ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަކީ ކުރެވޭނެކަމެއް ނޫންކަމަށެވެ. އެގޮތުން އެކި ރަށްރަށުގައި ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާނަމަ އެރަށްރަށުގައި ހުވާކުރުން ކުރިއަށްދާނީ ވަރޗުއަލްކޮށްކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އާދަމް ޝަރީފް ވިދާޅުވީ ހުވާ ލައިދިނުމަށް ފަނޑިޔާރުން ލިބޭ މިންވަރަކުންވެސް ގަޑިތަކަށް ބަދަލު އަންނާނެކަމަށެވެ. ބައެއް ސަރަހައްދުތަކުގައި ފަނޑިޔާރުން މަދުވުމާއި ކަރަންޓީނުގައި ހުރުމުން 4 ދަންފަޅިއަށް ހުވާރުކުރުން ދަންމާލަން ޖެހިފައިވާކަމަށް ވެސް ވިދާޅުވިއެވެ. އެނޫން ހާލަތްތަކުގައި މާލަމަށް ހާޒިރުވެގެން ހުވާކުރުން ކުރިއަށްދާނެކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ކަރަންޓީނުގައި ނުވަތަ އައިސޮލޭޝަނުގައި މެމްބަރުންތިބި ނަމަ އެ މެމްބަރުންވެސް ބައިވެރިކޮށްގެން ކޮންމެ ރަށަކުންވެސް ސޯޝަލް މީޑިއާގެ ކޮންމެވެސް އެއް ވަސީލަތަކުން މި ރަސްމިއްޔާތު ލައިވްކޮށް އާންމުންނަށް ބެލޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށެވެ.

މާލޭގެ މޭޔަރާއި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ސަލްޓަން ޕާކުގައި ކުރިއަށްދާނެގޮތާއި ގުޅޭގޮތުން ސުވާލުކުރުމުން އާދަމް ޝަރީފްވަނީ މާލޭގައިވެސް ހުވާކުރުން ހާލަތަށް ބަލައިގެން ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. މާލޭގައިވެސް ހުވާކުރުން ވަރޗުއަލްކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. މާލޭގައި ވަރޗުއަލްކޮށް ހުވާކުރުން ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، މާލޭގެ އިންތިޚާބު ވެފައިވާ މޭޔަރާއި ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާނީ ސަލްޓަން ޕާކުގައި ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ކުރިން ހާމަކޮށްފައެވެ.

ސިޓީ ކައުންސިލުން ބުނީ ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބު ވެފައިވާ މޭޔަރާއި ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތާއި މާލޭސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ 4 ވަނަ ދައުރަށް އިންތިޚާބު ވެފައިވާ މެމްބަރުން އިގުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މެއި މަހުގެ 17 ވާ ހޯމަ ދުވަހު ސަލްޓަން ޕާކުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ރަސްމިއްޔާތު ބޭއްވުމަށް އޭރު ނިންމާފައިވަނީ ހެނދުނު 09:00 ގައެވެ.

އާދަމް ޝަރީފް ވަނީ އެކި މައްސަލަތަކުގެ ސަބަބުން 3 ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން ހުވާކުރުން ފަސްކުރުމަށް ކޯޓުން އަމަރު ނެރެފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން ގއ. ކޮނޑޭ، ލ. މާބައިދޫ އަދި ހއ. ފިއްލަދޫގެ ރަށު ކައުންސިލްގެ ރައީސުން ހުވާކުރުން ސުޕްރީމް ކޯޓުން ވަކިގޮތެއް އަންގަންދެން ފަސްކުރަން ވަނީ އަންގާފައެވެ. ކައުންސިލްގެ ރައީސްގެ މަގާމު ހުސްކޮށް އޮތުމުން ކައުންސިލްގެ މަސައްކަތްތަކަށް ބުރޫއަރާނެތޯ ސުވާލުކުރުމުން އާދަމް ޝަރީފް ވިދާޅުވީ އައު ކައުންސިލް ހުވާކުރުމަށްފަހު ކައުންސިލްގެ މަސައްކަތުގެ އޮނިގަނޑު އެކުލަވާލައި މަސައްކަތް ފެށެންވާއިރަށް ކޯޓުން މި މެމްބަރުންނާއި ގުޅޭގޮތުން ވަކިގޮތެއް އަންގަވާނެ ކަމަށެވެ. މި މަގާނުތަކަށް އަލުން އިންތިޚާބު ބާއްވަންޖެހިއްޖެނަމަ އެކަންވެސް ކުރާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މިހާރުގެ ކައުންސިލްތަކުގައި އިދާރީ މުއައްޒަފުންގެ ގޮތުގައި ވަކި މުއައްޒަފުން ތިބެފައި އިދާރީ މަސައްކަތުގެ ޒިންމާދާރު ވެރިޔެއް ހުންނައިރު، ކައުންސިލްގެ ރައީސްގެ މަގާމު ހުސްކޮށް އޮތަސް އިދާރީ އެއްވެސް ތާއްޓެއް ނާރާނެކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ދެ ފަހަރެއްގެ މަތީން ފަސްކުރަންޖެހުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ އޭޕްރީލް 10 ވަނަ ދުވަހުއެވެ. ކައުންސިލް އިންތިޚާބު ނުބޭއްވި ލަސްކުރަން ޖެހުމުން މިހާރު ކައުންސިލްތަކުގެ ދައުރު ދިގުކޮށް، ލާމަރުކަޒީ ގާނޫނަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އަދި ގާނޫނުގައި ބުނާގޮތުން މިހާރު ތިއްބެވި ކައުންސިލަރުންނާއި ކައުންސިލަރުން ހުވާކުރުމާ ހަމައަށް ކައުންސިލްގައި ދެމިތިބޭނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3،814 ކެންޑިޑޭޓުން ވާދަކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2234 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1580 ކެންޑިޑޭޓުންނެވެ. ދެ އިންތިޚާބުގައި 1912 މަގާމަށް ބޭފުޅުން ވަނީ އިންތިޚާބުކޮށްފައެވެ. މިއީ ލާމަރުކާޒީ ގާނޫނަށް ގެނައި އައު ބަދަލުތަކާއެކު ކައުންސިލްތަކަށް ލިބުނު އައު ބާރުތަކާއެކު ހުވާކުރާ ފުރަތަމަ ކައުންސިލް ކަމުން އައު މެމްބަރުން ހުވާކުރެއްވުމަށްފަހު ލާމަރުކަޒީ ނިޒާމު އޭގެ އަސްލު ދުވެލީގައި ފެންނާނެ ކަމަށް އިސްލާހުތައް އެކުލަވާލި ރައްޔިތުންގެ މަޖިލީހުންވެސް އެކި ފަހަރުމަތިން ވަނީ ބުނެފައެވެ.

މާލޭ ސިޓީ ކައުންސިލްލޯކަލް ގަވަމަންޓް އޮތޯރިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު