Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އިނގިރޭސި ރަސްކަން

ޗާލްސްއަށް ރަސްކަން ލިބިވަޑައިގަތީމާ ގަނޑުވަރުތައް އާއްމުންނަށް ހުޅުވައިލާނެ

އެންމެ ބޮޑު ބަދަލަކީ ހުރިހާ ގަނޑުވަރުތައް އާއްމުންނަށް ހުޅުވައިލުން

ރާއްޖެ އެމްވީ | 16 މެއި 2021 | އާދީއްތަ 11:29
އިނގިރޭސި ރާނީގެ ގަނޑުވަރުތަކުގެ ތެރެއިން ސެންޑްރިންހަމް ގަނޑުވަރު

އިނގިރޭސި ރާނީގެ ގަނޑުވަރުތަކުގެ ތެރެއިން ސެންޑްރިންހަމް ގަނޑުވަރު

އިނގިރޭސި ރާނީ އެލިޒަބަތު އަވަހާރަވުމުން ޕްރިންސް ޗާލްސްއަށް ތަޚުތު ލިބިވަޑައިގަތީމާ ރަސްކަމުގެ ވައްޓަފާޅިޔާއި ބައެއް އާދަތަކަށް ވަރަށް ބޮޑު ބަދަލެއް ގެންނަވަން ނިންމަވާފައިވާ ކަމަށް އިނގިރޭސި ނޫސްތަކުން ބުނެފިއެވެ.

އިނގިރޭސި ރަސްކަމާއި އާއްމުން މިހާރަށްވުރެ ބޮޑަށް ގުޅުވައި ޒަމާނީ ސިފަ ގެނައުމަށްޓަކައި ޗާލްސް ޚިޔާލުކުރައްވާ އެންމެ ބޮޑު ބަދަލަކީ ރަސްކަމުގެ އެންމެ ބޮޑެތި އަދި މަޝްހޫރު ގަނޑުވަރުތައް އާއްމުންނަށް ހުޅުވައިލުމެވެ. ސަންޑޭ ޓައިމްސް ނޫސް ބުނާގޮތުން މިގޮތަށް ހުޅުވައިލުމަށް ޗާލްސް ބޭނުންފުޅުވާ ފަސް ގަނޑުވަރެއްވެއެވެ. އެއީ ބަކިންހަމް ޕެލަސް، ވިންޒާރ ކާސަލް، ކްލަރެންސް ހައުސް، ސެންޑްރިންހަމް އަދި ބެލްމޮރަލް އެވެ.

މިހާރުވެސް މީގެ ތެރެއިން ބައެއް ތަންތަނަކީ އަހަރުގެ ވަކި ދުވަސްތަކެއްގައި ކޮންމެވެސް މިންވަރަކަށް އާއްމުންނަށް ހުޅުވައިލެވޭ ތަންތަނެވެ. ޗާލްސް ބޭނުންފުޅުވަނީ ހުޅުވައިލެވޭ މުއްދަތާއި ހުޅުވައިލެވޭ މިންވަރު މިހާރަށްވުރެ ފުޅާކުރުމަށެވެ. މީގެ ތެރޭގައި ބަކިންހަމް ޕެލަސްގެ ބަގީޗާތައް މުޅި އަހަރު އާއްމުންނަށް ހުޅުވާލާފައި ބޭއްވުން ހިމެނެއެވެ. އެ ގަނޑުވަރުގައި ޗާލްސް ހުންނެވިކަމަށް ވިޔަސް އަދި ނެތަސް ބޭނުންފުޅުވަނީ އާއްމުންނަށް ވަދެވޭ ގޮތަށް ބޭއްވުމަށެވެ.

މިހާރުވެސް ހޫނު މޫސުމުގެ ވަކި ދުވަސްވަރެއްގައި ބަކިންހަމް ޕެލަސްގެ ބަގީޗާތަކާއި ގަނޑުވަރުގެ ތެރެއިން ބައެއް ތަންތަނަށް އާއްމުން ވައްދައެވެ. މިއީ ދުރާލާ ބުކިންގ ހައްދައިގެން އަގުދީގެން ކުރެވޭ ކަމެކެވެ. ޕްރިންސް ޗާލްސްއަށް ތަޚުތު ލިބިވަޑައިގަތީމާ މިތަންތަނުން މިގޮތަށް ޓިކެޓް ވިއްކައިގެން އަހަރަކު އެތައް މިލިޔަން ޕައުންޑުގެ އާމްދަނީ ގަނޑުވަރަށް ވައްދަން ޗާލްސް ބޭނުންފުޅުވެއެވެ.

ބަކިންހަމް ޕެލަސްގެ ބަގީޗާއަކީ ވަރަށްވެސް ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ބަގީޗާއެކެވެ. އެބަގީޗާގައި އެއްހާހަށްވުރެ ގިނަ ވައްތަރުގެ ބޮޑެތި ގަސްގަހާއި ތިންސަތޭކައަށްވުރެ ގިނަ ވައްތަރުގެ މައު ގަސް ހިމެނެއެވެ. މިތަނުގެ ރީތިކަމާއި ފުރިހަމަކަމުގެ އުފާ ލިބިގަތުމުގެ ފުރުސަތު އާއްމުންނަށް މިހާރަށް ވުރެ ބޮޑަށް ހުޅުވައިލުމަށް ޗާލްސް ބޭނުންފުޅުވާއިރު އަދި ކިހާ ދުވަހެއްގެ އިންތިޒާރުގައި ހުންނަވަން ޖެހިވަޑައިގަންނަވާކަން އޮތީ ނޭގުމެއްގެ ތެރޭގައެވެ. ރާނީ އެލިޒަބަތުގެ އުމުރުފުޅަކީ 95 އަހަރު ކަމަށްވިޔަސް އެކަމަނާ ހުންނެވީ ބަރާބަރު ސިއްހަތެއްގައެވެ. ޗާލްސްގެ އުމުރުފުޅަކީ 72 އަހަރެވެ.

ދި ރޯޔަލް ފެމިލީއިނގިރޭސިވިލާތް

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

05 ޖުލައި 2024
އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް

އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް

05 ޖުލައި 2024
އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި

އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި

05 ޖުލައި 2024

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު