Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން އާއި ސައުދީއާ ދެމެދުވާ މައްސަލަތައް

ސައުދީއާއެކު މަޝްވަރާކުރުމުގެ ކަންކަން އަދި އޮތީ އެހާ ސާފުކޮށެއް ނޫން: އީރާން

ދެބަސްވުންތައް ޙައްލުކުރުމަށް ސަޢުދީ ޢަރަބިއްޔާއާއެކު މަޝްވަރާކުރާނެކަން އެންމެ ފުރަތަމަ ހާމަކުރީ ސައުދީން

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 16 މެއި 2021 | އާދީއްތަ 07:08
އިރާނުގައި ބޭއްވި ވަރޗުއަލް ނޫސްވެރިންގެ ބައްދަލުވުން

އިރާނުގައި ބޭއްވި ވަރޗުއަލް ނޫސްވެރިންގެ ބައްދަލުވުން

ދެބަސްވުންތައް ޙައްލުކުރުމަށް ސަޢުދީ ޢަރަބިއްޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރުވެފައިވީނަމަވެސް، މަޝްވަރާކުރުމުގެ ކަންކަން އަދި އޮތީ އެހާ ސާފުކޮށެއް ނޫންކަމަށް އީރާނުން ބުނެފިއެވެ.

އީރާނުން ފުރަތަމަ ފަހަރަށް ސައުދީއާއެކު މަޝްވަރާކުރުމަށް އެއްބަސްވެ، ދެ ޤައުމެގެ ދެމެދު މަޝްވަރާކުރުމަށް ތައްޔާރުވަމުންދާކަމަށް ސަޢުދީ ޢަރަބިއްޔާއިން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ބުނެފައެވެ. އެގޮތުން ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ބުނީ އީރާނާއެކު ކުރާ މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ސަރަޙައްދީ ހަމަޖެހުން ގެނައުން ކަމަށެވެ. އެ މަޝްވަރާތަކުގެ ނަތީޖާ ނުކުންނާނެ ގޮތެއް ބުނެދޭން ނޭނގޭކަމަށް އެ ވުޒާރާއިން ބުނެއެވެ.

މަޝްވަރާކުރާކަން ކަށަވަރުކޮށްދެމުން އީރާނުގެ ޚާރިޖީ ވުޒާރާއިން ބޭއްވި ވަރޗުއަލް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޚާރިޖީ ވުޒާރާގެ ސްޕޯކްސްޕާރސަން ސައިދް ކަތީބްޒާދްވަނީ މި މަޝްވަރާގެ ބޭނުމަކީ ޕަރޝިޔަން ގަލްފު ސަރަޙައްދުގައި އޮތް ނުތަނަސްކަން ނައްތައިލުންކަމަށެވެ. އީރާނަކީ އަބަދުވެސް ސަރަހައްދީ ޤައުމުތަކާ މަޝްވަރާކުރުމަށް ތައްޔާރަށް އޮންނަ ޤައުމެއްކަން ފާހަގަކުރައްވައި ޚާރިޖީ ވުޒާރާގެ ސްޕޯކްސްޕާރސަން ވަނީ ޕަރޝިޔަން ގަލްފު ސަރަޙައްދުގައި އޮތް ނުތަނަސްކަން ނައްތާލުމަކީ ދެ ޤައުމާއި ސަރަޙައްދީ މަސްލަޙަތަށް އެންމެ ފައިދާ ހުރި ގޮތްކަމަށެވެ. އެ މަޝްވަރާތަކުގެ ނަތީޖާއާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ބުނީ މި މަޝްވަރާތަކުން އެކަނި ނަތީޖާއެއް ނިކުންނާނެކަމަށް ދެންނެވެން ނެތްކަމަށެވެ. މި ސަބަބައްޓަކައި މަޝްވަރާގެ ނަތީޖާގެ ވާހަކަދައްކަން އަދި ގާތްވެސް ނުވާކަމުގައި ވިދާޅުވިއެވެ. ސައުދީއާއެކު މަޝްވަރާކުރުމުގެ ކަންކަން އަދި އޮތީ އެހާ ސާފުކޮށެއް ނޫންކަމަށް އީރާނުން ބުނެފައިވާއިރު، ސައުދީއިން ވަނީ މަޝްވަރާކުރުމުގެ ކަންކަން ވަރަށް ބާރަށް ކުރިއަށްދާނެކަމަށް ބެލެވޭކަމަށް ބުނެފައެވެ.

ސަޢުދީ ޢަރަބިއްޔާއާއި އީރާނުގެ ކޯޅުންގަނޑުގެ ސަބަބުން މެދުއިރުމަތީގެ ޤައުމުތަށްކަމަށްވާ ޔަމަނާއި ސޫރިޔާއާއި ޢިރާޤު ފަދަ ޤައުމުތަކުގެ މައްސަލަތަކަށް ހައްލު ނުލިބި ދިގުލައިގެން ގޮސްފައިވާކަމަށް ބައިނަލްއަޤްވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން އެ ޤައުމުތަކުގައި ކުރަމުންދާ ހަނގުރާމަތަކަށް ހައްލު ނުލިބި އަރައިގަންނަން އުނދަގޫ ބޮޑެތި އިޤްތިޞާދީ އަނދަވަޅަކާ ދިމާލަށް މެދުއިރުމަތި ވެއްޓުމުގެ ބިރު އެބައޮތްކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

އީރާނާއި ސައުދީއާ ދެމެދު ދެބަސްވުންތައް ޙައްލުނުކުރެވި ކޯޅުންގަނޑު ބޮޑުވުމުގެ ސަބަބުން ދެ ޤައުމުން ވަނީ 2016 ވަނަ އަހަރުގެ ތެރޭގައި ޚާރިޖީ ގުޅުން ވެސް ކަނޑާލާފައެވެ. މިދިޔަ މަހުގެ ތެރޭގައި އީރާނާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު ދެ ފަހަރެއްގެ މަތިން ސިއްރު މަޝްވަރާތަކެއް ބާއްވާފައިވާކަމަށް ބައެއް މަސްދަރުތަކުން ބުނެފައިވާއިރު، ދެ ޤައުމު މަޝްވަރާކުރުމަށް ތައްޔާރުވެފައިވަނީ އެމެރިކާގެ ރައީސްގެ މަޤާމާ ޖޯ ބައިޑަން ޙަވާލުވެވަޑައިގަންނަވައި މެދުއިރުމަތީގެ ޚާރިޖީ މަސްލަހަތަށް ބަދަލުތަކެއް ގެންނަވަމުންދާތީ ކަމަށް ޚަބަރުތައް ވަނީ ފެތުރިފައެވެ.

ބައިޑެން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، 2015 ވަނަ އަހަރު ދުނިޔޭގެ ބާރުތަކާއެކު އީރާނުން ސޮއިކޮށްފައިވާ ނިޔުކްލިޔަރ އެއްބަސްވުމާ އެއްގޮތަށް އެ ޤައުމުން ޢަމަލުކުރާކަން ޔަޤީންކުރުމަށް އެމެރިކާއިން ދަނީ މަސައްކަތްކުރަމުންނެވެ. އަދި ޔަމަނުގައި ޙަރަކާތްތެރިވާ އަދި އީރާނުން ވާގިވެރިވާ ހޫޘީންނާ ދެކޮޅަށް ސަޢުދީ ޢަރަބިއްޔާއިން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިންވަނީ ގޮވައިލައިފައެވެ.

އީރާންއެމެރިކާ

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

ވެނެޒުއޭލާގެ ރައީސް މަދޫރޯގެ ސަރުކާރަކީ ޣައިރު ގާނޫނީި ސަރުކާރެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

19 ޑިސެމްބަރު 2025
ވެނެޒުއޭލާގެ ރައީސް މަދޫރޯގެ ސަރުކާރަކީ ޣައިރު ގާނޫނީި ސަރުކާރެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
19 ޑިސެމްބަރު 2025

އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް

19 ޑިސެމްބަރު 2025
އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް
13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު