މާލޭގެ މޭޔަރާއި ކައުންސިލަރުން ހުވާ ކުރުން ސަލްޓަން ޕާކުގައި
16 މެއި 2021 | އާދީއްތަ 03:55ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވަނީ ހެނދުނު 09:00 ގައި


ސަލްޓަން ޕާކު،
މާލޭގެ އިންތިޚާބު ވެފައިވާ މޭޔަރާއި ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ސަލްޓަން ޕާކުގައި ބޭއްވުމަށް ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބު ވެފައިވާ މޭޔަރާއި ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތާއި މާލޭސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ 4 ވަނަ ދައުރަށް އިންތިޚާބު ވެފައިވާ މެމްބަރުން އިގުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މެއި މަހުގެ 17 ވާ ހޯމަ ދުވަހު ސަލްޓަން ޕާކުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވަނީ ހެނދުނު 09:00 ގައެވެ.
މި ދުވަސްވަރަކީ ވަރަށް ހަލުވިކަމާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އަދި ޚާއްސަކޮށް މާލޭ ސިޓީގައި ކޮވިޑް-19 ފެތުރަމުންދާ ދުވަސްވަރަކަށް ވާތީ، ރަސްމިއްޔާތު އާއްމުންނަށް ހުޅުވާލެވިފައެއް ނުވެއެވެ. ނަމަވެސް މި ރަސްމިއްޔާތު ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައިއެވެ.
އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރާއި އެކު އިންތިޚާބު ކޮށްފައިވަނީ 18 ކައުންސިލަރުންނެވެ.









