ނައިޖީރިއާގައި ތެޔޮ ޓޭންކަރެއް ގޮވައި 150ށް ވުރެ ގިނަ މީހުން މަރުވުން

18 އޮކްޓޯބަރ 2024 | ހުކުރު 18:20
-
901
ނައިޖީރިއާގައި ނުރައްކާތެރި އެކްސިޑެންޓްތައް އާންމުވެފައިވާއިރު، އެންމެ ގިނައިން ދިމާވަނީ ފަރުވާ ކުޑަކޮށް ދުއްވުމާއި މަގުމަތީގެ ހާލަތު ދަށްވުމެވެ.
ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހެއްގެ ހަށިގަނޑު މާޒިޔާ ޓައުންގައި ޖަނާޒާއަކަށް ބަޔަކު ގެންދަނީ - ފޮޓޯ: އޭޕީ ފޮޓޯ
އެކްސިޑެންޓެއް ހިނގައި ތެޔޮ ޓޭންކަރެއް ގޮވުމުގެ ސަބަބުން ކުޑަކުދިން ހިމެނޭހެން 150 އަށް ވުރެ ގިނަ މީހުން މަރުވެފައިވޭ - ފޮޓޯ: އޭޕީ ފޮޓޯ
އޭގެ ތެރެއިން ގިނަ ހަށިގަނޑުތައް ދެނެގަނެވިފައި ނުވާ ކަމަށް އިމަޖެންސީ ސާވިސަސް އިން ބުނޭ - ފޮޓޯ: އޭޕީ ފޮޓޯ
މީހުން ވަޅުލުމަށް ހަށިގަނޑުތައް ތައްޔާރުކުރަނީ - ފޮޓޯ: އޭޕީ ފޮޓޯ
ޖިގާވާ ސްޓޭޓްގެ މާޒިޔާ އަވަށުގައި ހިނގި މި އެކްސިޑެންޓް ހިނގީ ހައިވޭއެއްގައި ދުއްވާފައި ދިޔަ ވެހިކަލެއް ކޮންޓްރޯލުން ނެއްޓުމުން - ފޮޓޯ: އޭޕީ ފޮޓޯ
ނުރައްކާތެރި ޓޭންކަރު އެކްސިޑެންޓްތައް ނައިޖީރިއާގައި އާންމުވެފައިވާއިރު، އެންމެ ގިނައިން ދިމާވަނީ ފަރުވާ ކުޑަކޮށް ދުއްވުމާއި، މަގުތަކުގެ ހާލަތު ދަށްވުމާއި، އުޅަނދުތައް ގޯސްކޮށް ބެލެހެއްޓުމާ ބެހޭ މައްސަލަތައް - ފޮޓޯ: އޭޕީ ފޮޓޯ