އަލްއަޤްޞާ ޝަހީދުންގެ ހޮސްޕިޓަލު ހުރި ސަރަހައްދުގައި ހުރި ޓެންޓުތަކަކަށް އަނެއްކާވެސް އިޒްރޭލުގެ ވަރ

14 އޮކްޓޯބަރ 2024 | ހޯމަ 19:00
-
832
އިޒްރޭލުގެ ޖެޓްތަކުން ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ދިރިއުޅޭ ކޭމްޕަކަށް ބޮން އެޅީ ދީރް އަލް ބަލާހްގެ އަލް އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލަށެވެ.
ދާރުލް ބަލާހްގެ އަލް އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލުގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދޭ ޓެންޓުތަކަށް އިޒްރޭލުން ދިން ޙަމަލާއެއް ހިނގި ސަރަހައްދުގައި ހަލާކުވެފައިވާ ވެހިކަލެއްގެ ކައިރީގައި ފަލަސްތީނުގެ މީހަކު މަޑުކޮށްލައިގެން - ފޮޓޯ: ރޮއިޓަރސް
ދާރުލް ބަލާހްގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދޭ ޓެންޓުތަކަށް އިޒްރޭލުން ހަމަލާ ދިން ސަރަހައްދުގައި ލިބުނު ގެއްލުންތައް ފަލަސްތީނުގެ ރައްޔިތުން ސާވޭ ކުރަނީ - ފޮޓޯ: ރޮއިޓަރސް
އެ ވާހަކަތަކަށް ހެއްކެއް ނުދީ، އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އެ ހަމަލާ އަމާޒުކުރީ ކޭމްޕްގައި އާންމުންގެ މެދުގައި ފޮރުވިފައި ތިބި ހަނގުރާމަވެރިންނަށް ކަމަށް - ފޮޓޯ: ރޮއިޓަރސް
ފާއިތުވި މަސްތަކުގައި އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގެ އެކި ކަންކޮޅުތަކުގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ދިރިއުޅޭ ހިޔާތަކާއި ޓެންޓް ކޭމްޕްތަކަށް ތަކުރާރުކޮށް ހަމަލާދީފައި - ފޮޓޯ: ރޮއިޓަރސް
އަލްއަޤްޞާ ޝަހީދުންގެ ހޮސްޕިޓަލަށް މީގެ ކުރިން ވެސް ދިން ޙަމަލާއެއްގައި 20 މީހުން މަރުވެ، ޒަޚަމްވި ގިނަ ޢަދަދެއްގެ މީހުންނަށް ފަރުވާ ދިނުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައި - ފޮޓޯ: ރޮއިޓަރސް
އަލްއަޤްޞާ ޝަހީދުންގެ ހޮސްޕިޓަލު ހުރި ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ މީހުން ހިމާޔަތްކުރާ ޓެންޓުތަކަށް އިޒްރޭލުން ދިން ޙަމަލާގެ ސަބަބުން ލިބުނު ގެއްލުންތައް މީހުން ބަލަނީ - ފޮޓޯ: ރޮއިޓަރސް