އިޒްރޭލުގެ ހަމަލާތަކުން ލުބުނާނުގައި ހުރި އުސްމާނީ ޚިލާފަތުގެ މާރުކޭޓެއް ހަލާކުވެއްޖެ

13 އޮކްޓޯބަރ 2024 | އާދީއްތަ 19:02
-
460
ލުބުނާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނަބަތީހުގައި އިޒްރޭލުން ދިން ހަމަލާތަކުގައި 1910 ވަނަ އަހަރުން ފެށިގެން އޮތް މާރުކޭޓެއް ވަނީ ހަލާކުވެފަ އެވެ.
ސަލާމަތްވި މީހުންނާއި ހާލުގައި ޖެހުނު މީހުން ހޯދުމުގެ މަސައްކަތުގައި ކުނިތައް ނައްތާލުމަށް ރެސްކިއު ވޯކަރުން އެކްސްކަވޭޓަރެއް ބޭނުންކުރަނީ - ފޮޓޯ: އޭޕީ ފޮޓޯ
އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ހަލާކުވި އުސްމާނީ ޚިލާފަތުގެ ބާޒާރުގައި ހަލާކުވެފައިވާ ކޮފީޝޮޕް އަހްމަދު ފަކީހް ޗެކް ކުރަނީ - ފޮޓޯ: އޭޕީ ފޮޓޯ
ނަބަތީހަކީ ލުބުނާނުގެ ދެކުނުގެ އެކި ކަންކޮޅުތަކުގައި އިޒްރޭލުން މީހުން ހުސްކުރުމަށް އިންޒާރުދީފައިވާ އެތައް މުޖުތަމައުއެއްގެ ތެރޭގައި ހިމެނޭ ބައެއް - ފޮޓޯ: އޭޕީ ފޮޓޯ
ލުބުނާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނަބަތީހުގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ކުނިތަކުގެ މަތީގައި މަޑުކޮށްލައިގެން ތިބި ރެސްކިއު ވޯކަރުން - ފޮޓޯ: އޭޕީ ފޮޓޯ
ލުބުނާނުގެ ސިވިލް ޑިފެންސް އިން ބުނީ މީހުން ދިރިއުޅޭ 12 އިމާރާތަކާއި މާރުކޭޓުގެ 40 ފިހާރައެއްގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވާ ކަމަށް - ފޮޓޯ: އޭއެފްޕީ
ސަލާމަތްކުރާ ފަރާތްތަކުން ދަނީ ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން - ފޮޓޯ: އޭއެފްޕީ