އަލްބޭނީއާގެ ސަރުކާރު ވައްޓާލުމަށް ޑިމޮކްރަޓިކް ޕާޓީން ކުރި މުޒާހަރާ

9 އޮކްޓޯބަރ 2024 | ބުދަ 17:44
-
943
ޓިރާނާގައި ހުންނަ ސަރުކާރުގެ މައި އިމާރާތް ކުރިމަތީގައި އެތައް ހާސް ބަޔަކު ވަނީ އިހުތިޖާޖު ކޮށްފައެވެ.
މޮލޮޓޮވް ކޮކްޓެއިލްތަކާއި ސްމޯކްބޮން އުކި މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވޭ - ފޮޓޯ: އަނަޑޯލޫ
މައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން އިންތިޒާމްކޮށްގެން ބޭއްވި މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވި - ފޮޓޯ: އަނަޑޯލޫ
އަލްބޭނިއާގެ ބޮޑުވަޒީރު ދައްކުވައިދޭ ބިލްބޯޑެއް، ސަރުކާރާ ދެކޮޅު އެއްވުމުގެ ތެރެއިން ރަޔަޓް ފުލުހުންގެ ކޯޑޮނެއްގެ ފަހަތުގައި އަންދާލާފައިވޭ - ފޮޓޯ: އޭޕީ ފޮޓޯ
އިދިކޮޅު ސަޕޯޓަރަކު ރަޔަޓް ފުލުހުންނާ ދިމާލަށް ލަކުނޑިބުރިއެއް ދިއްކުރަނީ - ފޮޓޯ: އޭޕީ ފޮޓޯ
ސަރުކާރާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި އިދިކޮޅު ފަރާތްތަކުން ފްލެއާއެއް ހިފައިގެން - ފޮޓޯ: އޭޕީ ފޮޓޯ
ޓިރާނާގައި ހުންނަ އަލްބޭނިއާގެ ބޮޑުވަޒީރުގެ އޮފީސް ކުރިމަތީގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި ހަރަކާތްތެރިވި ފުލުހުންގެ ފަހަތުގައި ރޯވި އަލިފާންގަނޑެއް ފެންނަ މަންޒަރު - ފޮޓޯ: ރޮއިޓަރސް
އަލްބޭނިއާގެ ޓިރާނާގައި އިދިކޮޅު ފަރާތްތަކުގެ ސަޕޯޓަރުން ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރަނީ - ފޮޓޯ: ރޮއިޓަރސް