ހީޓްވޭވްއާއި ގުޅިގެން ޗައިނާ ރެޑް އެލާޓްގައި

22 އޯގަސްޓް 2022 | ހޯމަ 17:36
-
4607
ހީޓްވޭވްއާއި ގުޅިގެން ޗައިނާ ރެޑް އެލާޓްގައި
ޗައިނާގެ ޒެޖިއާންގް ޕްރޮވިންސްގެ ހަންގްޒޫގައި ހޫނުގަދަވުމުގެ ސަބަބުން ހީޓްވޭވުން ސަލާމަތްވުމަށް ބޮލުގެ ވަށައިގެން ތުވާލި އޮޅައިގެން އިން މީހެއް - ފޮޓޯ: ރޮއިޓަރސް
ހޫނު ގަދަވުމުގެ ސަބަބުން ހިކިފައިވާ ފެން ރައްކާކުރާ އަޑި ބިމެއްގައި މީހުން ހިނގާފައި ދަނީ. ޔަންގްޒީ ކޯރުގެ ހުޅަނގު ދެކުނުން ފެށިގެން އިރުމަތީ އައްސޭރިފަށުގެ ގިނަ ސަރަހައްދުތަކެއްގައި ރެކޯޑް އަދަދަކަށް ހީޓްވޭވްގެ އަސަރު ކުރަމުންދާތާ ހަފުތާތަކެއް ވެއްޖެ - ފޮޓޯ: ރޮއިޓަރސް
ޗައިނާގެ ޗޮންގްކިންގްގައި ރެކޯޑް މިންވަރަކަށް ފެނުގެ މިންވަރު ދަށްވަމުން އަންނަ ޔަންގްޒީ ކޯރު - ފޮޓޯ: ރޮއިޓަރސް
ޗޮންގްކިންގްގައި ސަރަހައްދީ ހޫނުގަނޑުތެރޭގައި ރެކޯޑް މިންވަރަކަށް ފެންހިނދެމުން އަންނައިރު، ޔަންގްޒީގެ ކޯރުގެ ޓްރިބިއުޓްއެއް ކަމަށްވާ ޖިއަލިން ކޯރުގައި މީހުން ފަތާ މަންޒަރު - ފޮޓޯ: ރޮއިޓަރސް
ޗޮންގްކިންގްގައި ހޫނުގަދަ ވުމުގެ ސަބަބުން ރެކޯޑް މިންވަރަކަށް ފެން ގަނޑު ހިނދެމުންދާ ޔަންގްޒީ ކޯރު ހިނދެމުންގޮސް ފެންނަން އޮތް ފަސްގަނޑުގައި ހުރެ، އެ ކޯރުގެ ތެރޭގައި އޭނާގެ ފިރިމީހާ ފަތާ މަންޒަރު އެ އަވަށުގެ ރައްޔިތެއް ކަމަށްވާ ޒޮންގް ބަލަނީ - ފޮޓޯ: ރޮއިޓަރސް
ޗައިނާގެ ޗޮންކިންގެ ފުޔުއާން ވިލެޖުގައި މި ސަރަހައްދަށް ކުރަމުންދާ ހޫނުގަދަކަމުގެ ސަބަބުން މަރުވި ކަރާ ޕްލާންޓްތަކުގެ ކެނޮޕީއެއްގެ ދަށުގައި އުމުރުން 68 އަހަރުގެ ދަނޑުވެރިޔާ ޗެން ޒިއާއޮހުއާ ހުއްޓިލައިގެން - ފޮޓޯ: ރޮއިޓަރސް
ޗައިނާގެ ޗޮންގްކިންގް ގައި ރެކޯޑް މިންވަރަކަށް ފެނުގެ މިންވަރު ދަށްވަމުން އަންނަ ޔަންގްޒީގައި ޑްރެޖަރެއް އެންކަރ ކޮށްފައި - ފޮޓޯ: ރޮއިޓަރސް