ރައީސް ޞާލިޙްގެ މ. އަތޮޅުގެ ދަތުރުފުޅު - އެއްވެސް ރަށެއް، އަދި ވަކި ވިސްނުމެއް ބާކީ ނުކުރާނެ

28 އޯގަސްޓް 2022 | އާދީއްތަ 13:30
-
3465
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މ. އަތޮޅުގެ 5 ރަށަކަށް ދަތުރުފުޅެއް ފެއްޓެވީ އޯގަސްޓް މަހުގެ 27 ގައެވެ. މި ދަތުރުފުޅުގައި ރައީސް ޞާލިޙް ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ރަތްމަންދޫ، މަޑުއްވަރި، ދިއްގަރު، ވޭވަށް އަދި މުއްޔެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 29 އޯގަސްޓް 2022 ގައެވެ.
ރައީސް ޞާލިޙް މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މ. ވޭވަށަށް ވަޑައިގަތުން - މ. ވޭވަށަށް ވަޑައިގެންނެވުމުން އެ ރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާ އެއް ދަންނަވާފައި - ފޮޓޯ: ރައީސް އޮފީސް
ރައީސް ޞާލިޙް މ. އަތޮޅަށް ކުރައްވާ ދަތުރުފުޅު - މި ދަތުރުފުޅުގައި ރައީސް ވަނީ މ. ވޭވަށުގެ ބަނދަރު ހުޅުއްވާދެއްވާފައި - ފޮޓޯ: ރައީސް އޮފީސް
ރައީސް ޞާލިޙް މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މ. ވޭވަށަށް ވަޑައިގަތުން - ރައީސް ވިދާޅުވީ މި ދައުރު ނިމޭއިރު، ލަފާފުރުމުގެ ދަތިކަން ހައްލުނުވާ އެއްވެސް ރަށެއް ނޯންނާނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް
ރައީސް ޞާލިޙް މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މ. ވޭވަށަށް ވަޑައިގަތުން - ރައީސް ޞާލިޙް ވިދާޅުވީ، ކުރީ ސަރުކާރުތަކުން ގިނަ މަޝްރޫޢުތައް ހިންގަނީ އުތުރާއި ދެކުނުގެ ރަށްތަކުން ފެށިގެން ކަމަށާއި، އަދި އެ މަޝްރޫޢުތައް ވަކި ހިސާބަކުން ހުއްޓޭ އިރު އެންމެ ބޮޑަށް އަޅާ ނުލެވި އޮންނަނީ މެދު ރާއްޖެ ތެރެއަށް ކަމަށް، އެހެންނަމަވެސް މި ސަރުކާރުން ވަކި އަތޮޅެއް ވަކި ރަށެއް ބާކީ ނުކުރައްވާނެ ކަމަށް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް
ރައީސް ޞާލިޙް މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މ. ވޭވަށަށް ވަޑައިގަތުން - ލަފާފުރުމުގެ ދަތިކަމަކީ ވޭވަށުގެ އިތުރުން ރާއްޖޭގެ އެހެން ހިސާބުތަކަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށް ފާހަގަކުރެއްވި - ފޮޓޯ: ރައީސް އޮފީސް
ރައީސް ޞާލިޙް މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މ. ރަތްމަންދޫ އަށް ވަޑައިގަތުން - ރައީސް ޞާލިޙް ވިދާޅުވީ މިސަރުކާރު އައިއިރު، ކުދި ރަށްރަށަށްވުރެ އާބާދީ ބޮޑު ރަށްރަށަށް ދެވޭ ސަމާލުކަން ބޮޑުވެފައި އޮތް ނަމަވެސް، މިސަރުކާރު އައުމަށްފަހު އެއްވެސް ރަށެއް ތަފާތުނުކޮށް ދިވެހި ކޮންމެ ރައްޔިތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް - ފޮޓޯ: ރައީސް އޮފީސް
ރައީސް ޞާލިޙް މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މ. ރަތްމަންދޫ އަށް ވަޑައިގަތުން - ރަތްމަންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެއްމަޝްރޫއެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި - ފޮޓޯ: ރައީސް އޮފީސް
ރައީސް ޞާލިޙް މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މ. ރަތްމަންދޫ އަށް ވަޑައިގަތުން - ރަތްމަންދޫއަކީ މ އަތޮޅުގައި ބަނދަރެއް ނެތް ހަމައެކަނި ރަށަށްވާއިރު، އެރަށުގައި ލަފާފުރުމަށް ހަދާފައިވާ ޖެޓީ ބޭނުންކުރުމުގައި ގިނަ ދަތިތަކެއް ދިމާވާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައި - ފޮޓޯ: ރައީސް އޮފީސް
ރައީސް ޞާލިޙް މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މ. ރަތްމަންދޫ އަށް ވަޑައިގަތުން - ރަތްމަންދޫ އަށް ރައީސް ޞާލިޙް ވަޑައިގެންނެވުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައި - ފޮޓޯ: ރައީސް އޮފީސް
ރައީސް ޞާލިޙް މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މ. ރަތްމަންދޫ އަށް ވަޑައިގަތުން - މިހާރު ރަތްމަންދޫގައި ހިނގަމުންދާ މަޝްރޫއުތަކުގެ ތެރެއިން ފެނުގެ މަޝްރޫއު ޑިސެމްބަރު މަހު ނިމޭއިރު، ނަރުދަމާގެ މަސައްކަތް އަންނަ އަހަރުގެ މާރޗު މަހު ނިމޭނެކަން އެމަޝްރޫއު ހިންގަމުންދާ ފެނަކަ ކޯޕަރޭޝަނުން ވަނީ މައުލޫމާތުދީފައި - ފޮޓޯ: ރައީސް އޮފީސް