ރައީސް ސާލިޙު އާއި އަނބިކަނބަލުންގެ މި ފޮޓޯތައް ހިތްގައިމެއް ނޫންތަ؟

28 އޮކްޓޯބަރ 2021 | ބުރާސްފަތި 17:17
-
52456
މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ބޮޑުވަޒީރު، މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްއާ އެކު ދުބާއީ އެކްސްޕޯ 2020ގައި ބަހައްޓާފައި ހުރި ރާއްޖޭގެ ޕެވިލިއަންއަށް އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހު ކުރެއްވި ޒިޔާރަތުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެކެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ދުބާއީ އެކްސްޕޯ 2020ގެ ރާއްޖޭގެ ޕެވިލިއަންގައި އޮށްވަޅުގޮނޑި ކުޅުއްވަނީ - ރާއްޖޭގެ ޕެވިލިއަން ހަދާފައި ވަނީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ތާރީޚާއި، ޘަޤާފަތާއި، ގުދުރަތީ ދިރުންތަކާއި، ކެއުންތަކާއި އަދި އާރޓްސް، ވިޝުއަލް އާރޓްސްގެ ޒަރީއާއިން ތަޖުރިބާކޮށްލެވޭ ގޮތަށް - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ދުބާއީ އެކްސްޕޯ 2020ގެ ރާއްޖޭގެ ޕެވިލިއަންގައި އޮށްވަޅުގޮނޑި ކުޅުއްވަނީ - މިއީ ރާއްޖޭގައި އާންމުގޮތެއްގައި ރޯދަ މަހު ރޯދަ ކުރުކުރުމަށް ކުޅޭ ކުޅިވަރެއް. އޮށް ވަޅު ކުޅެން ހަދައިފައި ހުންނަގޮނޑި ހުންނަނީ ހަތަރުފަސް އިންޗީގެ ފުޅައުމިނުގައި ގާތްގަނޑަކަށް ދެތިންފޫޓެއްގެ ދިގުމިނުގައި. ގޮނޑީގެ މަތީގެ ދެފަރާތުގެ ތެރެއިން ކޮންމެ ފަރާތެއްގައި އަށްވަޅާއި އެކު ސޯޅަވަޅު، އަދި ގޮނޑީގެ ދެކޮޅުގައި ފިހާރައޭ ކިޔާ ބޮޑުދެވަޅު ހަދައިފައި ހުރޭ - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ދުބާއީ އެކްސްޕޯ 2020ގެ ރާއްޖޭގެ ޕެވިލިއަން ބައްލަވާލެއްވުން - އެކްސްޕޯގައި ރާއްޖޭގެ ޕެވިލިއަން ޤާއިމުކޮށްފައި ހުރީ އެކްސްޕޯގެ ސަސްޓެއިނަބިލިޓީ ޑިސްޓްރިކްޓްގައި - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ދުބާއީ އެކްސްޕޯ 2020ގެ ރާއްޖޭގެ ޕެވިލިއަން ބައްލަވާލެއްވުން - އާންމު ގޮތެއްގައި ރައީސްގެ ދެ ކަނބަލުން މި ގޮތަށް ކުރައްވާ އެކި އެކި ދަތުރުފުޅުތަކުގައި އެކުގައި ނަންގަވާފައިވާ ވަރަށް ލޯބި ފޮޓޯތަކެއް ފެނިގެންދޭ - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ދުބާއީ އެކްސްޕޯ 2020ގެ ރާއްޖޭގެ ޕެވިލިއަން ބައްލަވާލެއްވުން - ފޮޓޯ: ރައީސް އޮފީސް