ރައީސް ސާލިޙް އއ އަތޮޅަށް ކުރައްވާ ދަތުރުފުޅު
20 އޮކްޓޯބަރ 2021 | ބުދަ 18:02
-
36008
އއ އަތޮޅުގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ދަތުރުފުޅެއް ފައްޓަވާފައިވަނީ 20 އޮކްޓޯބަރ 2021 ގައެވެ. މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ އއ. ތޮއްޑޫއަށެވެ. އެއަށްފަހު އއ ރަސްދޫ އަދި އުކުޅަސް ހިމެނެއެވެ. ރައީސްގެ މި ދަތުރުފުޅުގައި، އއ. މަތިވެރި، އއ. ބޮޑުފޮޅުދޫ އަދި އއ. ހިމަންދޫ ހިމެނެއެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ 21 އޮކްޓޯބަރ 2021 ގައެވެ.
ރައީސް ސާލިޙް، އއ. ރަސްދޫ ގިރާ ސަރަހައްދު ބައްލަވާލެއްވުން - ރައީސްގެ މި ދަތުރުފުޅުގައި، ރަސްދޫގެ ރައްޔިތުންނާއި، އަތޮޅު ކައުންސިލާ ރަށު ކައުންސިލްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، ބައްދަލުކުރެއްވުން ވެސް ކުރިއަށް ގެންގޮސްފައިވޭ، އަދި އއ އަތޮޅު ހޮސްޕިޓަލަށާ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކޮށްފައިވޭ - ފޮޓޯ: ރައްޖެއެމްވީ

ރައީސް ސާލިޙް، އއ. ތޮއްޑޫ ހެލްތު ސެންޓަރަށް ޒިޔާރަތް ކުރައްވާ، ހެލްތު ސެންޓަރުގެ ހާލަތު ބައްލަވާލެއްވުން - ފޮޓޯ: ރައްޖެއެމްވީ
ރައީސުލްޖުމްހޫރިއްޔާ އއ ތޮއްޑޫ އެގްރިސެންޓަރަށް ޒިޔާރަތް ކުރެއްވުން - ދަނޑުވެރިންނަށް ބޭނުންވާ ސާމާނު އެގްރޯނެޓް ނުވަތަ އެސްޓީއޯއިން ޑިއުޓީއަކާނުލާ އެތެރެކޮށްގެން ހެޔޮއަގުގައި ސީދާ ދަނޑުވެރިންނަށް ލިބޭނެގޮތް ފަހިކުރުމުގެ ވިސްނުން ގެންގުޅުއްވާކަމުގައި ރައީސް ވަނީ ވިދާޅުވެފައި - ފޮޓޯ: ރައްޖެއެމްވީ
ރައީސުލްޖުމްހޫރިއްޔާ އއ ތޮއްޑޫއަށް ވަޑައިގަތުން - މި ދަތުރުފުޅުގައި ރައީސް ވަނީ، ތޮއްޑޫ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައި - ފޮޓޯ: ރައްޖެއެމްވީ
ރައީސުލްޖުމްހޫރިއްޔާ އއ ރަސްދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ - ރައީސްގެ މި ދަތުރުފުޅުގައި، ރަސްދޫގެ ރައްޔިތުންނާއި، އަތޮޅު ކައުންސިލާ ރަށު ކައުންސިލްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، ބައްދަލުކުރެއްވުން ވެސް ކުރިއަށް ގެންގޮސްފައިވޭ، އަދި އއ އަތޮޅު ހޮސްޕިޓަލަށާ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކޮށްފައިވޭ - ފޮޓޯ: ރައްޖެއެމްވީ