25 އޮކްޓޯބަރ 2021 | ހޯމަ 16:00
-
45541
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯ 2020 އަށް ޒިޔާރަތް ކުރައްވާފައިވަނީ 25 އޮކްޓޯބަރ 2021 ގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ދުބާއީ އެކްސްޕޯ 2020 އަށް ޒިޔާރަތްކުރެއްވުން - ދުބާއީ އެކްސްޕޯ 2020ގައި ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަރަކާތުގައި ރައީސް ސާލިޙް ވަނީ ވާހަކަފުޅު ދައްކަވާފައި - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ދުބާއީ އެކްސްޕޯ 2020 އަށް ޒިޔާރަތްކުރެއްވުން - ދުބާއީ އެކްސްޕޯ 2020ގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށާ އަދި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތައް ކަމުގައިވާ ކާނާގެ ދަތިކަމާއި މާލީ ދަތިތައްފަދަ މައްސަލަތައް ހައްލުކުރުމުގައި ދައްކާ ވާހަކަތަކަށްވުރެ ޢަމަލު ގިނަކުރުމަށް ރައީސް ޞާލިޙް ވަނީ އެދިވަޑައިގެންފައި - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ދުބާއީ އެކްސްޕޯ 2020 އަށް ޒިޔާރަތްކުރެއްވުން - އެކްސްޕޯތަކުގެ މައިގަނޑު ބޭނުމަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކަށް އައު ޙައްލުތަކެއް ހޯދުންކަން ފާހަގަކުރައްވައި އެކަމަށްޓަކައި މި އެކްސްޕޯއިން އެއްބަޔަކު އަނެއްބަޔަކު ބައްދަލުވެ ތަޢާރަފުވެ އެކުވެރިކަން ބަދަހިކުރުމަށް ލިބިފައިވާ މުހިންމު ފުރުޞަތެއް - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ދުބާއީ އެކްސްޕޯ 2020 އަށް ޒިޔާރަތްކުރެއްވުން - ހޯމަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ޔޫ.އޭ.އީގެ ކެބިނެޓް މެންބަރ، މިނިސްޓަރ އޮފް ޓޮލަރެންސް އެންޑް ކޯއެކްސިސްޓެންސް އަދި އެކްސްޕޯ 2020 ދުބާއީގެ ކޮމިޝަނަރ ޖެނެރަލް، ހިޒް އެކްސެލެންސީ ޝެއިޚް ނަޙްޔާން މުބާރަކް އަލް ނަޙްޔާން ބައިވެރިވެވަޑައިގެންނެވި - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ދުބާއީ އެކްސްޕޯ 2020 އަށް ޒިޔާރަތްކުރެއްވުން - މި އެކްސްޕޯއަކީ އެއްޤައުމު އަނެއް ޤައުމުގެ މީހުންގެ ކިބައިން ކަންކަން އުނގެނި ދަސްކުރުމަށް ފުރުޞަތު ފަހިވެފައިވާ އަދި ގުޅިގެން އުންމީދީ މުސްތަޤްބަލަކާ ދިމާއަށް ދަތުރުކުރުމަށް ފުރުޞަތު ތަނަވަސްވެފައިވާ ޕްލެޓްފޯމެއް ކަމަށް ރައީސް ސާލިޙް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ދުބާއީ އެކްސްޕޯ 2020 އަށް ޒިޔާރަތްކުރެއްވުން - ދިވެހިންތަކެއް ރާއްޖޭގެ ޤައުމީ ދިދަ ހިފައިގެން - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ދުބާއީ އެކްސްޕޯ 2020 އަށް ޒިޔާރަތްކުރެއްވުން - އެކްސްޕޯގައި ރާއްޖެއަށް ޚާއްޞަކުރި ދުވަހު ބޭނުންކުރި 'ދޯނި" ކޮންސެޕްޓަކީ ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުގެ ސަރަޙައްދަށްވާއިރު ދޯންޏަކީ ދިވެހިންގެ ދިރިއުޅުމާ ލާމެހިފައިވާ އަދި ދިވެހިންގެ ދިރިއުޅުމާ ދިވެހިވަންތަކަމާއި ގުޅިފައިވާ އެއްޗެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައި - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ދުބާއީ އެކްސްޕޯ 2020 އަށް ޒިޔާރަތްކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ދުބާއީ އެކްސްޕޯ 2020 އަށް ޒިޔާރަތްކުރެއްވުން - ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުބާއީ އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމުން މަރުޙަބާ ވިދާޅުވީ ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ޓޮލަރެންސް އެންޑް ކޯއެކްސިސްޓެންސް، އަދި އެކްސްޕޯ 2020 ދުބާއީގެ ކޮމިޝަނަރ ޖެނެރަލް، ހިޒް އެކްސެލެންސީ ޝެއިޚް ނަޙްޔާން މުބާރަކް އަލް ނަޙްޔާން - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ދުބާއީ އެކްސްޕޯ 2020 އަށް ޒިޔާރަތްކުރެއްވުން - ކިތަންމެ ގިނަ ގޮންޖެހުންތަކެއް ހުރިނަމަވެސް ދުބާއީ އެކްސްޕޯއަށް 192 ޤައުމެއް އެއްތަންކުރުމަކީ ޔޫ.އޭ.އީގެ ސަރުކާރުގެ ލީޑަޝިޕާއި ދުރުވިސްނުން ދައްކުވައިދޭ ހެއްކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައި - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ދުބާއީ އެކްސްޕޯ 2020 އަށް ޒިޔާރަތްކުރެއްވުން - ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުބާއީ އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމުން މަރުޙަބާ ވިދާޅުވީ ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ޓޮލަރެންސް އެންޑް ކޯއެކްސިސްޓެންސް، އަދި އެކްސްޕޯ 2020 ދުބާއީގެ ކޮމިޝަނަރ ޖެނެރަލް، ހިޒް އެކްސެލެންސީ ޝެއިޚް ނަޙްޔާން މުބާރަކް އަލް ނަޙްޔާން - ފޮޓޯ: ރައީސް އޮފީސް