ޤާނޫނު އަސާސީ އިސްލާހްކުރުމަށް ބޭއްވި މަޖިލީހުގެ ޖަލްސާ

2 ޖޫން 2020 | އަންގާރަ 09:24
-
53033
ހޯމަ ދުވަހުގެ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ދެ ވަނަ ޖަލްސާގައި ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 74 މެންބަރުންގެ އިއްތިފާޤުން ނެވެ. ކޮވިޑް-19 އާ ގުޅިގެން އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްތަކުގެ އިންތިޚާބު ވަނީ ފަސް ކުރެވިފަ އެވެ. އެއާއެކު މިހާރު އިންތިޚާބު ކުރެވިފައިވާ ކައުންސިލްތަކުގެ މުއްދަތު ޖޫން މަހުގެ 3 ވަނަ ދުވަހު ހަމަވާތީ އެކަމަށް ޙައްލެއް ގެނައުމަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ 5 ވަނަ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހެޅުއްވީ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމެވެ.
ޤާނޫނު އަސާސީ އިސްލާހްކުރުމަށް ފާސްވުމުން އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން އުފާފާޅުކުރައްވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ
ޤާނޫނު އަސާސީ އިސްލާހްކުރުމަށް ނެގުނު ވޯޓުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ
ޤާނޫނު އަސާސީ އިސްލާހްކުރުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގައި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް -- ފޮޓޯ: މަޖިލިސް
ޤާނޫނު އަސާސީ އިސްލާހްކުރުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ނަން އިއްވެވުމުން، މަޖިލީހުގެ ތަޅުން ދޫކުރެއްވުމަށް ދެކޮޅު ހެއްދެވުމުން ބައެއް މެމްބަރު ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމުގެ މަސައްކަތް ކުރައްވަނީ - ތިން ފަހަރަށް ނަން އިއްވުމަށްފަހު ޝިޔާމް ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވި. ނަމަވެސް ތަޅުން ދޫކޮށް ވަޑައިގަތުމަށް ޝިޔާމް ދެކޮޅު ހެއްދެވި. އެއާއެކު ތަޅުމުގެ ތެރޭގައި މެމްބަރުން ބޮނޑިވެވަޑައިގެން އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ގައިކޮޅަށް އަތް ލައްވާ ކޮށްޕާ ހައްދަވާފައިވާ މަންޒަރު ވަނީ ފެނިގެންގޮސްފަ -- ފޮޓޯ: ރާއްޖެ.އެމްވީ
ޤާނޫނު އަސާސީ އިސްލާހްކުރުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ނަން އިއްވެވުމުން، މަޖިލީހުގެ ތަޅުން ދޫކުރެއްވުމަށް ދެކޮޅު ހެއްދެވުމުން ބައެއް މެމްބަރު ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމުގެ މަސައްކަތް ކުރައްވަނީ - ޖަލްސާ ހޫނުވީ މިހާރު ތިބި ކައުންސިލަރުން ދެން އިންތިހާބެއް ބޭއްވެންދެން އެ މަގާމުގައި ތިބެވޭނެ ގޮތް ހެދުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ދަންވަރު ޖަލްސާ ބާއްވަން ޖެހިވަޑައިގަތީ އިދިކޮޅު މެމްބަރުން މިޖަލްސާ އެހެން ގަޑިއެއްގައި ބޭއްވުމުގެ ފުރުސަތު ނުދެއްވުމުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަ ފުޅުދައްކަވަން ފެއްޓެވުމުން -- ފޮޓޯ: ރާއްޖެ.އެމްވީ
ޤާނޫނު އަސާސީ އިސްލާހްކުރުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް -- ފޮޓޯ: މަޖިލިސް
ޤާނޫނު އަސާސީ އިސްލާހްކުރުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން - އައު ކައުންސިލް އިންތިޚާބެއް ބޭއްވެންދެން ކައުންސިލަރުންގެ ދައުރު އިތުރުކޮށް ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙުތަކާއިއެކު އިންތިޚާބެއް ބޭއްވެންދެން ކައުންސިލް މެންބަރުން ޢަމަލު ކުރާނެ ޚާއްޞަ ޤާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ -- ފޮޓޯ: މަޖިލިސް
ޤާނޫނު އަސާސީ އިސްލާހްކުރުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ރައީސް މުހައްމަދު ނަޝީދު ވަނީ މެމްބަރުންގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ -- ފޮޓޯ: މަޖިލިސް
ޤާނޫނު އަސާސީ އިސްލާހްކުރުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގެ ތެރެއިން - މި ބިލުގެ ބަހުޘް މަރުޙަލާގައި މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރެވޭނެތޯ މެންބަރުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުން ތަކާއެކު އެންމެފަހުން މަޖިލީހުން ވަނީ މިކަމުގައި އިސްތިޝާރީ ލަފަކަށް ސުޕްރީމް ކޯޓުގައި އެދިފަ -- ފޮޓޯ: މަޖިލިސް
ޤާނޫނު އަސާސީ އިސްލާހްކުރުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގެ ތެރެއިން - މިހާރު އިންތިޚާބު ކުރެވިފައިވާ ކައުންސިލްތަކުގެ މުއްދަތު ޖޫން މަހުގެ 3 ވަނަ ދުވަހު ހަމަވާތީ އެކަމަށް ޙައްލެއް ގެނައުމަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ 5 ވަނަ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހެޅުއްވީ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް
ޤާނޫނު އަސާސީ އިސްލާހްކުރުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގެ ތެރެއިން - ކޮވިޑް-19 އާ ގުޅިގެން އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްތަކުގެ އިންތިޚާބު ވަނީ ފަސް ކުރެވިފަ