ހުރުމަތްތެރި ވެގެންވާ މިސްކިތްތައް ހުޅުވުމުގެ އުފާ

31 މެއި 2020 | އާދީއްތަ 22:49
-
37410
ކޮވިޑް19 އާއި އެކު ސައުދީ އަރަބިއްޔާގެ މިސްކިތްތައް ބަންދު ކުރުމަށްފަހު، ރައްކައުތެރި ކަމުގެ ފިޔަވަޅު ތަކާއެކު 31 މެއި 2020 ގައި ވަނީ އާއްމުންނަށް ހުޅުވާލާފައެވެ.
މަސްޖިދުއް ނަބަވީގައި ޖަމާއަތުގައި ނަމާދުކުރުމަށް ހުޅުވާލުން - ގިނަ ދުވަސްތަކަކަށްފަހު މިސްކިތްތަޢް ހުޅުވާލުމުން މުސްލިމުންގެ ހިތްތަކަށް ވަނީ އުފާވެރިކަން އައިސްފައި - ފޮޓޯ: އަލްހަރަމައިން
މަސްޖިދުއް ނަބަވީގައި ޖަމާއަތުގައި ނަމާދުކުރުމަށް ހުޅުވާލުން - މިސްކިތަށް ދާއިރު މާސްކު އެޅުމަށާއި، ޖަމާއަތުގައި ނަމާދުކުރުމުގައި ގައިދުރުކަން ބެހެއްޓުމަށް ވަނީ އަންގާފައި - ފޮޓޯ: އަލްހަރަމައިން
މަސްޖިދުއް ނަބަވީގައި ޖަމާއަތުގައި ނަމާދުކުރަނީ - ނަބަވީ މިސްކުތް ހުޅުވާލާފައިވަނީ ފަތިސް ނަމާދުން، އިމާމަކަށް ހުންނެވީ ޝެއިޚް އަލީ އަލް ހުދައިފީ - ފޮޓޯ: އަލްހަރަމައިން
ޖިއްދާގައި ހުންނަ އަލް މިރާބީ މިސްކިތުގައި ބަންގި ގޮވަނީ - މި މިސްކިތް އާއްމުކޮށް ހުޅުވާލީ ފަތިސް ނަމާދުގެ ބަންގިއާއި އެކު - ފޮޓޯ: އޭޕީ
މަސްޖިދުއް ނަބަވީގައި އާޢްމުންނަށް ވަދެވޭގޮތަށް ގޭޓް ހުޅުވާލަނީ - ކޮވިޑް19 ކޮންޓްރޯލް ކުރެވޭ މިންވަރު ބެލުމަށްފަހު ސައުދި އަރަބިއްޔާއިން ވަނީ ލުއިތަކެއް ދީފައި، މިސްކިތްތަށް ހުޅުވާލާފައި ވަނީ ދެ ވަނަ ފިޔަވަހީގެ ދަށުން. މަސްޖިދުއް ނަބަވީއަށް މީހުން ވައްދަން ހަމަޖެހިފައި ވަނީ ވެސް ވަކި އިންސައްތައެއް ހަމަވާ ވަރަށް - ފޮޓޯ: އަލްހަރަމައިން
މަސްޖިދުލް އަގްސާ އާއްމުންނަށް ހުޅުވާލުމާއި އެކު ޖަމާއަތުގައި ގިނަ ބަޔަކު ނަމާދު ކުރަނީ - ގުދުސްގައި މިސްކިތް ހުޅުވާލައިފައި ވަނީ ވެސް ފިޔަވަޅުތަކާއި އެކު، އެގޮތުން މިސްކިތަށް ދާއިރު މާސްކު އެޅުމަށާއި، ޖަމާއަތުގައި ނަމާދުކުރުމުގައި ގައިދުރުކަން ބެހެއްޓުމަށް ވަނީ އަންގާފައި - ފޮޓޯ: އޭޕީ
މަސްޖިދުލް އަގްސާގެ ބޭރުގައި މީހަކު ސަޖިދައިގައި - ކޮވިޑް19 ގެ ބިރުވެރި ރޯގާއާއި އެކު އަގްސާ މިސްކިތް ބަންދުކުރި ނަމަވެސް މިއަދުގެ ފަތިސް ނަމާދުން ފެށިގެން މިސްކިތް ވަނީ ހުޅުވާލާފައި - ފޮޓޯ: އޭޕީ
މަސްޖިދުއް ނަބަވީގައި ޖަމާއަތުގައި ނަމާދު ކުރުމަށް ހުޅުވާލުން - މިސްކިތަށް ދާއިރު މާސްކު އެޅުމަށާއި، ޖަމާއަތުގައި ނަމާދުކުރުމުގައި ގައިދުރުކަން ބެހެއްޓުމަށް ވަނީ އަންގާފައި - ފޮޓޯ: އަލްހަރަމައިން
މަސްޖިދުއް ނަބަވީގައި ޖަމާއަތުގައި ނަމާދުކުރުމަށް ހުޅުވާލުން - ސައުދީ އަރަބިއްޔާގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށްފަހު، 31 މެއި ގައި ވަނީ މިސްކިތްތައް ހުޅުވާލާފައި، މަސްޖިދުއް ނަބަވީ ބަންދުކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހު - ފޮޓޯ: އަލްހަރަމައިން
މަސްޖިދުއް ނަބަވީ އާއްމުންނަށް ހުޅުވާލުން - މަސްޖިދުއް ނަބަވީ ހުޅުވާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު - ފޮޓޯ: އަލްހަރަމައިން