ކ. މާލެ
|
13 މެއި 2021 | ބުރާސްފަތި 10:45
ފަލަސްތީނުގެ ރައްޔިތުން އަޤްޞާ މިސްކިތަށް ޖަމާވެފައި
ފަލަސްތީނުގެ ރައްޔިތުން އަޤްޞާ މިސްކިތަށް ޖަމާވެފައި
އަލްޖަޒީރާ
އިޒްރޭލް - ފަލަސްތީން ހަނގުރާމަ
އީދު ފާހަގަ ކުރުމަށް އެތައް ހާސް ބަޔަކު އަޤްޞާ މިސްކިތަށް ޖަމާވެއްޖެ
މަރުވި މީހުންގެ އަދަދު 69ށް
ހަމަލާދިނުން ހުއްޓާނުލާނެ ކަމަށް ހަމާސްއިން ވަނީ ބުނެފައި

ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން، އަޤްޞާ މިސްކިތަށް ޖަމާވެ އީދު ފާހަގަކޮށްފިއެވެ.

އިޒްރޭލުން މެދުކެނޑުމެއްނެތި ދެމުން އަންނަ ހަމަލާ ތަކާއެކުވެސް އެތައް ހާސް ރައްޔިތުން ވަނީ އަޤްޞާ މިސްކިތަށް ޖަމާވެފައެވެ. މިހާތަނަށް 69 މީހަކު މަރުވެފައިވާއިރު މީގެތެރޭގައި 17 ކުޑަކުދިން ވެސް ހިމެނެއެވެ. އިޒްރޭލުން ދެމުން އަންނަ ވައިގެ ހަމަލާތަކުގެ ސަބަބުން 369 މީހަކަށް އެކިވަރުގެ އަނިޔާލިބި، ހޮސްޕިޓަލުގައި ދަނީ ފަރުވާ ހޯދަމުންނެވެ.

މިހަމަލާ ބަދަލުކުރުންތަކުގައި އިޒްރޭލްގެ 6 މީހަކާއި، ސިފައިންގެ އެކަކުވަނީ މަރުވެފައެވެ.

ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުން އަންނަ އިމާރާތްތަކަށް އަމާޒުކޮށް އިޒްރޭލުން އަންނަނީ ހަމަލާ ދެމުންނެވެ. އިޒްރޭލުން ބުނީ، ހަމާސް ޖަމާއަތުން އާންމުން ދިރިއުޅެމުން އަންނަ ތަންތަނުގައި ފިލާތިބެ ހަމަލާ ދެމުން އަންނަ ކަމަށެވެ.

ރޯދަ މަސް ފެށުނު ފަހުން ދެމުން އަންނަ ހަމަލާތައް އިޒްރޭލުން ރޭ ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ބޮން އަޅައި ގާޒާގެ އުސް 3 ޓަވަރެއް ބިމާ ހަމަކޮށްލިއެވެ.

ރައްދުގައި ހަމާސްއިން ދިޔައީ ދެކުނު އިޒްރޭލުގެ އަޝްކެލޯން އަވަށަށް ރޮކެޓަކަށް ފަހު ރޮކެޓެއް ފޮނުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް