ކ. މާލެ
|
6 މެއި 2021 | ބުރާސްފަތި 09:27
ބަލިޖެހޭ މީހުންގެ ނަންބަރު އިތުރުވެ ހޮސްޕިޓަލްތައް ވަނީ ފުރި ބާރުވެފައި
ބަލިޖެހޭ މީހުންގެ ނަންބަރު އިތުރުވެ ހޮސްޕިޓަލްތައް ވަނީ ފުރި ބާރުވެފައި
ބީބީސީ
އިންޑިއާގެ ކޮވިޑް-19ގެ ހާލަތު
އިންޑިއާގައި ރެކޯޑެއް، އެއްދުވަހާ ޕޮޒިޓިވްވި މީހުންގެ އަދަދު ހަތަރު ލައްކަ އަށްވުރެ މަތި
އިންޑިއާގެ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ދަށަށް
ފާއިތުވެދިޔަ 24 ގަޑިއިރު 3,980 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފައި
އޮކްސިޖަން ނުލިބި ލަސްވާތީ ހޮސްޕިޓަލްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

އިންޑިއާގެ ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާއިރު ވައިރަސްއަށް ޕޮޒިޓިވްވާ މީހުންނާއި މި ބަލީގައި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް މި އަންނަނީ އިތުރުވަމުންނެވެ.

އެގޮތުން އިންޑިއާގައި އެއްދުވަހާ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެ، ވައިރަސް ޖެހިގެން މިވަނީ މަރުވެފައެވެ. އިންޑިއާގެ ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 412,262 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު 3,980 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ.

އިންޑިއާގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދާއިރު އެ ގައުމުގެ ހޮސްޕިޓަލްތަކަށް އޮކްސިޖަން ލިބުން ދަތިވެ، ބަލިޖެހޭ މީހުންނަށް އެންމެ އެކަށޭނެ ގޮތުގައި ފަރުވާނުދެވޭތީ ހޮސްޕިޓަލްތަކުން ވަނީ އެ މައްސަލަ ދިއްލީގެ ހައިކޯޓަށް ވެސް ހުށަހަޅާފައެވެ. ކޯޓުން ވަނީ ހޮސްޕިޓަލްތަކަށް އޮކްސިޖަން ފޯރުކޮށްދިނުމަށް އަމުރު ވެސް ކޮށްފައެވެ.

އިންޑިއާއިން އޮކްސިޖަންގެ ސަޕްލައި މަދުވަމުންދާ މައްސަލައާ ކުރިމަތިލާއިރު، އެގައުމުން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 20 މިލިއަން ފަހަނައަޅައި ގޮސްފައެވެ.

އިންޑިއާގެ ކޮވިޑް-19ގެ ހާލަތު ގޯސްވެފައި މިވަނީ ކޮންބައެއްގެ އިހުމާލުންތޯ ސަރުކާރުން އެކަކު އަނެކަކަށް އިނގިލި ދިއްކުރަމުންދާއިރު، ބަލިޖެހޭ މީހުންގެ ނަންބަރުތައް އިތުރުވެ ހޮސްޕިޓަލްތައް ވަނީ ފުރި ބާރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް