ކ. މާލެ
|
30 އޭޕްރިލް 2021 | ހުކުރު 19:30
އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން
އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން
ބީބީސީ
ކޮވިޑް-19 އިންޑިޔާގެ ޙާލަތު
އިންޑިއާއިން ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު ދެލައްކައިން މައްޗަށް!
ޗައިނާ އަދި ޕާކިސްތާނުންވެސް ވަނީ އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައި
ބުދަ ދުވަހު އެކަނިވެސް 360،000ށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވޭ
އިންޑިއާއިން މިހާތަނަށް 18 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވޭ

އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ދެ ލައްކައިން މައްޗަށް އަރައިފިއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން އިންޑިއާގައި ކޮވިޑު ޖެހިގެން މަރުވި މީހުންގެ ރަސްމީ އަދަދު ދެ ލައްކައިން މައްޗަށް އަރާފައިވާއިރު ކޮވިޑު ޖެހިގެން މަރުވި މީހުންގެ ހަގީގީ އަދަދު އެއަށްވުރެވެސް އިތުރުވާނެ ކަމަށް ލަފާ ކުރެވެއެވެ. ކޮވިޑު ޖެހިގެން މަރުވާ މީހުން ވަޅުލުމަށާއި އެންދުމަށް ޖާގަ ނުލިބުމާއި ޖަނާޒާގެ ކަންކަން ކުރިއަށް ނުގެންދެވި ކިއޫގައި ތިބެންޖެހުން މިހާރު ވަނީ އާންމު ކަމަކަށް ވެފައެވެ.

އިންޑިއާގައި ފާއިތުވި ހަފުތާގައިވެސް ދުވާލެއްގެ މައްޗަށް ތިންލައްކައަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ. ބުދަ ދުވަހު އެކަނިވެސް 360،000ށް ވުރެ ގިނަ މީހުން ޕޮޒިޓިވްވިއެވެ. މިހާތަނަށް ޖުމްލަ 18 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ.

އިންޑިއާއަށް އެހީތެރިވުމަށް އެހެން ގައުމުތަކުންވެސް އަންނަނީ އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. އިނގިރޭސިވިލާތާއި ސިންގަޕޫރުގެ އިތުރުން ރަޝިއާއާއި ނިއުޒިލޭންޑު އަދި ފްރާންސުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އިންޑިއާގެ ވާދަވެރި ޗައިނާ އަދި ޕާކިސްތާނުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.

ފާއިތުވި ހަފުތާގައި މުޅި ދުނިޔެއިން ރިޕޯޓު ކޮށްފައިވާ ކޭސްތަކުގެވެސް 38 އިންސައްތައަކީ ހަމައެކަނި އިންޑިއާއިން ރިޕޯޓު ކުރެވުނު ކޭސްތައް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް