ކ. މާލެ
|
26 އޭޕްރިލް 2021 | ހޯމަ 08:01
އިންޑިއާގައި ނިއުކްލިއަރ ޕްލާންޓެއް ގާއިމުކުރުން
އިންޑިއާގައި ނިއުކްލިއަރ ޕްލާންޓެއް ގާއިމުކުރުން
އޭއެފްޕީ
އިންޑިއާގައި ނިއުކްލިއަރ ޕްލާންޓެއް ގާއިމުކުރުން
ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއަރ ޕްލާންޓް އިންޑިއާގައި ގާއިމުކުރަނީ
މި ޕްލާންޓުން 70 މިލިއަން ގެއަށް ކަރަންޓު ފޯރުކޮށްދެވޭނެ
މި ޕްލާންޓް އެއްކޮށް ގާއިމުކުރުމަށް 15 އަހަރު ނަގާނެ

ފްރާންސްގެ ކުންފުންޏަކުން އިންޑިއާގައި ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއަރ ޕްލާންޓް ގާއިމުކުރުމަށް ނިންމައިފިއެވެ.

ފްރާންސްގެ ކުންފުންޏެއް ކަމަށްވާ އީޑީއެފް އިން މިމަޝްރޫއުގެ ވާހަކަ ހުކުރު ދުވަހު ހާމަކޮށްފައިވާއިރު، މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައި މިވަނީ ގިނަ ގޮންޖެހުންތަކަކަށް ފަހުއެވެ. އީޑީއެފް އިން ބުނީ މިމަޝްރޫއު ކާމިޔާބުކަމާއި އެކު ކުރިއަށް ގެންދިއުމަށް ނިއުކްލިއަރ ޕްލާންޓް ގާއިމުކުރުމަށް ބޭނުންވާ ސާމާނާއި އިންޖިނިއަރިންގ ސްޓަޑީޒް އެކުންފުނިން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިމަޝްރޫއުގެ ދަށުން ގާއިމުކުރުމަށް ހަމަޖެހިފައި ވަނީ 'ތަރޑް ޖެނެރޭޝަން އީޕީއާރ ރިކްޓަރ"ގެ ހަ ރިއެކްޓަރއެވެ.

އީޑީއެފް އިން ވަނީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި މަޝްރޫއުކުރިއަށް ގެންދިއުމުގެ އެއްބަސްވުން ފައިނަލައިޒް ކުރެވިގެންދާނެ ކަމަށް ބުނެފައެވެ.

މި ނިއުކްލިއަރ ޕްލާންޓް ގާއިމުކުރަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ޖައިޕޫރުގައެވެ. މި ޕްލާންޓް ގާއިމްކުރެވުމުން 10 ގިގަވޯޓްގެ ކަރަންޓު ފޯރުކޮށްދެވޭނެއެވެ. މީގެން 70 މިލިއަން ގެއަށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ޕްލާންޓް އެއްކޮށް ގާއިމުކުރުމަށް 15 އަހަރު ނެގި ނަމަވެސް ޕްލާންޓް އެއްކޮށް ގާއިމުކޮށް ނިމުމުގެ ކުރިން ޕްލާންޓުން ކަރަންޓު ފޯރުކޮށްދޭން ފެށޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް