ކ. މާލެ
|
25 އޭޕްރިލް 2021 | އާދީއްތަ 14:55
ީއިންޑިއާގެ ހޮސްޕިޓަލްތަކުގައި އޮކްސިޖަން ހުސްވެ މީހުން މަރުވަނީ
ީއިންޑިއާގެ ހޮސްޕިޓަލްތަކުގައި އޮކްސިޖަން ހުސްވެ މީހުން މަރުވަނީ
އަލްޖަޒީރާ
ކޮވިޑާ ގުޅިގެން އިންޑިއާއަށް އެމެރިކާގެ އެހީ
އެމެރިކާގެ އެހީ އިންޑިއާއަށް
އިންޑިއާގެ ހާލަތާމެދު އެމެރިކާއިން ކަންބޮޑުވޭ

ކޮވިޑްގެ ބަލިމަޑުކަމުގައި އިންޑިއާއަށް މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް އެމެރިކާއިން އިންޑިއާއަށް އެހީ ދިނުމަށް ނިންމައިފިއެވެ.

އެމެރިކާއަކީ ކޮވިޑްގައި އެންމެ ގިނަމީހުންގެ މަރުވި އެއް ގައުމު ކަމަށްވާތީ، އިންޑިއާގެ މިހާރުގެ ހާލަތަަށް ކަންބޮޑުވާކަމަށް އެމެރިކާއިން މިވަނީ ބުނެފައެވެ.

ވައިޓްހައުސްގެ ޕްރެސް ސެކެރެޓަރީ ވިދާޅުވެފައިވަނީ، އިންޑިއާގެ ކަމާގުޅުންހުރި ފަރާތްތަކާއެކު މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި އަވަސްގޮތެއްގައި ފޯރުކޮށްދެވޭނެ އެހީތަކާގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެ ހޮސްޕިޓަލްތައް ފުރިގެން މަގުމަތީގައާއި އެމްބިއުލާންސްތަކުގައި އަންނަނީ މީހުންނަށް ފަރުވާ ދެމެންނެވެ. މިހާރު ދިމާވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ހޮސްޕިޓަލްތަކުން އޮކްސިޖަން ހުސްވެ ފަރުވާ ނުދެވި ގިނަ ބަޔަކު މަރުވަމުންދާ މައްސަލައެވެ. އެއްދުވަހާ ޕްޒިޓިވްވެގެން ރިޕޯޓުކުރާ ކޭސްތަކުގެ އަދަދު މިހާރު އުޅެނީ ތިންލައްކަ ފަންސާސް ހާހާ ގާތްކުރާ އަދަދެއްގައެވެ. ކަމުގެ މާހިރުން ބުނަނީ ކޭސްތަކުގެ އަދަދު ކުރިއަށްއޮތް ދުވަސްތަކުގައި އަދިވެސް މައްޗަށް ދާނެ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވެސް ވިދާޅުވީ އިންޑިއާއަށް އެހީތެރިވެވޭނެ ގޮތްތައް ބަލަމުންދާ ކަމަށެވެ. ފަރަންސޭސިވިލާތުން ވެސް ވަނީ އިންޑިއާ އަަށް އޮކްސިޖަން ފޯރުކޮށްދިނުމަށް މަސައްކަތް ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް