ކ. މާލެ
|
23 އޭޕްރިލް 2021 | ހުކުރު 15:52
ކެނެޑާއިން އިންޑިއާ ފްލައިޓް ދަތުރު ހުއްޓާލުމަށް ވަނީ ނިންމާފައި
ކެނެޑާއިން އިންޑިއާ ފްލައިޓް ދަތުރު ހުއްޓާލުމަށް ވަނީ ނިންމާފައި
އަލްޖަޒީރާ
ކެނެޑާއިން އިންޑިއާ ފްލައިޓްތައް ހުއްޓާލުން
ކެނެޑާއިން އިންޑިއާގެ ފްލައިޓް ދަތުރުތައް ހުއްޓާލައިފި
އިންޑިއާ އަދި ޕާކިސްތާނުގެ ފްލައިޓްތައް ވަނީ ހުއްޓާލާފައި
ފްލައިޓްތައް ހުއްޓާލީ 30 ދުވަހަށް

ކެނެޑާއިން އިންޑިއާގެ ފްލައިޓް ދަތުރުތައް 30 ދުވަހަށް ހުއްޓާލުމަށް ނިންމައިފިއެވެ.

ކެނެޑާގެ ސަރުކާރުން ބުނެފައިވަނީ، އިންޑިއާ އާއި ޕާކިސްތާނުން ކެެނެޑާއަށް އަންނަ ފްލައިޓްތައް 30 ދުވަހަށް ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހާލަތައް ބަލާފައި މުއްދަތު އިތުރުކުރަން ޖެހިއްޖެނަމަ އެކަން ކުރާނެ ކަމަށް ވެސް އެގައުމުންވަނީ ބުނެފައެވެ.

މިއީ އިންޑިއާގެ ކޮވިޑް ކޭސްތައް އިތުރުވަމުން އަންނާތީ އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށް ކެނެޑާއިން ބުނެފައިވެއެވެ. ކެނެޑާއަކީ އިންޑިއާގެ މިލިއަނަކަށްވުރެ ގިނަ އާބާދީއެއް އޮންނަ ގައުމެކެވެ.

ކެނެޑާގެ ސިއްޙަތާބެހޭ ވަޒީރު ބުނެފައިވަނީ، ކެނެޑާއަށް ވައިގެ މަގުން ދަތުރުކުރާ ޕަސެންޖަރުންގެ 20 އިންސައްތަ އިންޑިއާއިން ހިއްސާކުރާކަމަށާއި، މިފަހުން އައި މީހުންގެ ދެބައިކުޅައެއްބައި މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

ކެނެޑާއިން ވަނީ ކޮވިޑް ފެތުރޭ ގިނަ ގައުމުތަކުގެ ފްލައިޓްތައް ހުއްޓާލާފައެވެ. އޭގެތެރޭގައި ބްރެޒިލް ވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް