ކ. މާލެ
|
14 އޭޕްރިލް 2021 | ބުދަ 19:27
އެމެރިކާގެ ކުރީގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ
އެމެރިކާގެ ކުރީގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ
އޭޕީ
ޕޮމްޕެއޯ ޓައިވާނަށް ދަތުރުކުރައްވަނީ
އެމެރިކާގެ ކުރީގެ ސެކެޓްރީ އޮފް ސްޓޭޓް ޕޮމްޕެއޯ ޓައިވާނަށް!
ޕޮމްޕެއޯއަށް ދައުވަތު އެރުވީ ޑޮނާލްޑް ޓްރަމްޕް ވެރިކަމުގައި
ޕޮމްޕެއޯ ޓައިވާނަށް ކުރައްވާ ދަތުރުފުޅުގައި ޓައިވާނާއި ޗައިނާގެ މައްސަލައާމެދު މަޝްވަރާ ކުރެއްވުމަށް ވަނީ ނިންމަވާފައި

އެމެރިކާގެ ކުރީގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ޓައިވާން ސަރުކާރުގެ އެދުމަކަށް އެގައުމަށް ދަތުރު ކުރެއްވުމަށް ނިންމަވާފައިވާކަމަށް އެގައުމުން ބުނެފިއެވެ.

ޓައިވާނު ސަރުކާރުން ބުނީ ޓައިވާނުގެ ދައުވަތަކަށް މިއަހަރުގެ ފަހުކޮޅު ޕޮމްޕެއޯ އެގައުމަށް ޒިޔާރާތް ކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި، ޕޮމްޕެއޯ އެގައުމަށް ޒިޔާރާތް ކުރައްވާނީ ދެ ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި ޕޮމްޕެއޯ އެގައުމަށް ވަޑައިގަންނަވާނެ ދުވަހެއް މިއަހަރުގެ މެދުތެރޭގައި އިއުލާން ކުރައްވާނެ ކަމަށް ބުނެފައިވެއެވެ.

ޓައިވާނު ސަރުކާރުގެ އޮފިޝަލަކު ބުނީ ޕޮމްޕެއޯއަށް ދައުވަތު އެރުވީ ޑޮނާލްޑް ޓްރަމްޕް ވެރިކަމުގައި ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ޕޮމްޕެއޯ ޓައިވާނަށް ކުރައްވާ ދަތުރުފުޅުގައި ޓައިވާނާއި ޗައިނާގެ މައްސަލައާ މެދު މަޝްވަރާ ކުރުމަށް ވަނީ ނިންމާފައެވެ. އަދި ޓައިވާނުގެ ހާރިޖީ ކަންކަން ކުރިޔަށް ގެންދާނެ ގޮތަކާއިމެދުވެސް މި ބައްދަލުވުންތަކުގައި އަލިއަޅުވާލާނެއެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓްގެ ގޮތުގައި ޕޮމްޕެއޯ ހުންނަވާ ޓައިވާނާއިއެކު ވަރަށް ގާތް ގުޅުމެއް ބަދަހި ކުރައްވާފައިވެއެވެ. އަދި ޓައިވާން އަމިއްލަ މިނިވަން ދައުލަތަކަށް ހެއްދެވުމަށް އެތަކެއް މަސައްކަތްތަކެއް އެމަނިކުފާނު ކޮށްދެއްވާފައިވެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
- ކޮމެންޓް