ޕްލާސްޓިކް ފުޅީގެ މަތިތަކާއި، ކާބޯތަކެތި ބަންދުކުރާ ތަކެއްޗާއި، އެއްފަހަރު ބޭނުންކުރާ ސާމާނުތަކާއި އަދި އުކާލެވޭ ކުޅޭ ތަކެތި ފަދަ އެއްޗެހިތަކަކީ، ޓައިޕޭގައި ހުންނަ ކުނި މަދުކުރުމުގެ ވާރކްޝޮޕެއްގައި މީހުން ގަޔާވާ އެއްޗެއްސަށް ބަދަލުކޮށްލާ ތަކެއްޗެވެ.
ކަސްޓަމަރުންނަށް ރީސައިކަލްކުރުމުގެ މަރުޙަލާގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ލިބެއެވެ. އެމީހުން ގެއިން ގެންނަ ޕްލާސްޓިކް ކުނި ބޭނުންކޮށްގެން، ދެ ގަޑިއިރުގެ ތެރޭގައި އަވިއައިނަކަށް ބަދަލުކުރެވެއެވެ.
އަޅުގަނޑުމެން ޓްރޭޝް ކިޗަންގައި ދައްކަން މަސައްކަތްކުރަނީ، އެންމެންގެ ކުރިމަތީގައި ސީދާ ކުނި އަގުހުރި އެއްޗަކަށް ބަދަލުކުރެވޭނެކަން ދެއްކުން.ވާރކްޝޮޕް ހިންގާ މިނިވިޒް ކުންފުނީގެ ބާނީ އާތަރ ހުއާންގ![]()
ހުއާންގ ބުނިގޮތުގައި، ތައިވާންގެ މި ކުންފުނިން އެމީހުން 2017 ގައި ތަރައްޤީކުރި "މިނީޓްރޭޝްޕްރެސޯ" ކިޔާ މެޝިނެއް ބޭނުންކޮށްގެން ޕްލާސްޓިކާއި އޯގަނިކް ކުނިން ޓައިލްސް، ވެލި، ހޭންގަރު އަދި އެހެނިހެން ބޭނުންތެރި ތަކެތިވެސް އުފައްދައެވެ.
ފެޝަން މަޖައްލާ ހާރޕާރސް ބަޒާރ ތައިވާންގެ އެޑިޓަރ އިން ޗީފް ކޯރާ ޝެއި ބުނިގޮތުގައި، މި އަވިއައިނު ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި ފެޝަން ކުރިއެރުވުމަށް ރަނގަޅު އިސްނެގުމެކެވެ.
![](https://dyncz33htw1ec.cloudfront.net/posts/262317dc-fa4e-4aec-a91f-1a30e892b1b8.png)
"އަހަރެން ދެކޭގޮތުގައި ތިމާވެށި ރައްކާތެރިކުރުމާއި ފެޝަން އަދިވެސް ވަރަށް ދުރަށް ދާންޖެހޭ. ކަސްޓަމަރުންނަށް، އަމިއްލަ ތަޖުރިބާ ލިބުމަކީ ވަރަށް މުހިންމު ކަމެއް. އެހެންކަމުން މިފަދަ ވޯކްޝޮޕެއް ވަރަށް ބޭނުންތެރި،" އޭނާ ބުންޏެވެ.
ބައިވެރިން ބުނިގޮތުގައި މި ވޯކްޝޮޕުން އެމީހުންނަށް ކުނި އުފެއްދުމާމެދު ދެވަނަ ފަހަރަށް ވިސްނުމަށާއި އަލުން ބޭނުންކުރެވޭ ތަކެއްޗަށް އިތުރަށް ސަމާލުކަން ދިނުމަށް ހިތްވަރު ލިބުނެވެ.
![](https://dyncz33htw1ec.cloudfront.net/posts/738bf40b-6715-4d03-9eb5-c0f0276f7c39.png)
"އަހަރެންގެ ދެ ދަރިން އެބަތިބި. އެމީހުންގެ މުސްތަޤުބަލާމެދު ވިސްނަން ޖެހޭ، ނުވިސްނާ ކުނި އުކާލައިފިއްޔާ، މައްސަލަ ފަހަތަށް ޖައްސަނީ. އެހެންވީމާ، ކޮންމެ މީހަކުވެސް ވީވަރަކުން މަސައްކަތްކޮށް، ރީސައިކަލްކޮށް، ޕްލާސްޓިކް މަދުކޮށްފިއްޔާ، އެއީ ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް،" 40 އަހަރުގެ ވިޔަފާރިިވެރިޔާ ޑެބީ ވޫ ބުންޏެވެ.
ތައިވާނުން 2023 ގައި ރެކޯޑު އަދަދެއްގެ 11.58 މިލިއަން މެޓްރިކް ޓަނުގެ ކުނި އުފެއްދިއެވެ. މީގެ ތެރޭގައި 6.27 މިލިއަން ޓަނުގެ ރީސައިކަލް ކުރެވޭ ކުނި ހިމެނެއެވެ. މިއީ ތިމާވެށީގެ މިނިސްޓްރީގެ ތަފާސްހިސާބުތަކުންނެވެ.