Advertisement
ކ. މާލެ
|
13 މާރޗް 2021 | ހޮނިހިރު 11:52
އައްޑޫ ސިޓީ
އައްޑޫ ސިޓީ
މިހާރު
އައްޑޫގައި މާރާމާރީ ހިންގުން
އައްޑޫގައި ހިންގި މާރާމާރީއާއި ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފި
އެ ފަސް މީހުންނަކީ ވެސް ދިވެހި ފިރިހެނުން
މިއީ ދެ ގްރޫޕެއްގެ ދެމެދު ހިނގި މާރާމާރީއެއް

އައްޑޫ ސިޓީ ފޭދޫ ކުޑަކުދިންގެ ޕާކު ސަރަހައްދުގައި ހިންގި މާރާމާރީއާއި ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި މާރާމާރީއާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހުކުރު ދުވަހު ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެ ފަސް މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށެވެ. އަދި އޭގެ ތެރޭގައި އުުމުރުން 18 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހަކާއި 21 އަހަރުގެ ދެމީހުންގެ އިތުރުން 32 އަހަރުގެ މީހެއް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

ފުލުހުން މީގެ ކުރިން ބުނީ މި މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:30 ހާއިރު ލިބިފައިވާ ކަމަށާއި، މިއީ ދެ ގްރޫޕެއްގެ ދެމެދު ހިނގި މާރާމާރީއެއް ކަމަށެވެ.

މި މާރާމާރީގައި 7 މީހަކަށް އަނިޔާވެފައިވާއިރު ، އެމީހުންގެ ތެރެއިން ބައެއް މީހުން ފޭދޫ ހެލްތު ސެންޓަރުގައި ފަރުވާ ހޯދަމުން އަންނައިރު އަނެއްބައި މީހުން އިކްއެޓޯރިއަލް ހޮސްޕިޓަލުން ފަރުވާ ހޯދާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް