އެމެރިކާގައި ކޮވިޑް-19 ވެކްސިންގެ 56.3 މިލިއަން ޑޯޒް ދީފައިވާ ކަމަށްސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ން ހާމަ ކޮށްފިއެވެ.
އެމެރިކާގައި ބުދަ ދުވަހުގެ އިރުއޮއްސި 06:00 ހަމައަށް 56،281،827 ވެކްސިން ޑޯޒް ދީފައިވާކަމަށް އެ އޭޖެންސީން ބުނެއެވެ.
އެމެރިކާގައި މޮޑަރނާ އަދި ބަޔޯއެންޓެކާއި ފައިޒަރއިން އުފެއްދި ކޮވިޑް-19 ވެކްސިން ޖަހަމުން އަންނައިރު ސީޑީސީން ބުނީ 40،268،009 މީހުން އެއް ޑޯޒް ނުވަތަ ދެ ޑޯޒް ޖަހާފައިވާ ކަމަށެވެ. އަދި ބުދަ ދުވަހުގެ ނިޔަލަށް 15,471,536 މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށް އެ އޭޖެންސީން ބުނެއެވެ.
އެމެރިކާއަކީ މިހާތަނަށް މުޅި ދުނިޔޭގައި އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓު ކޮށްފައިވާ ގައުމެވެ. އަދި މި ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ ގައުމު ވެސްމެއެވެ. އެގޮތުން މިހާތަނަށް އެގައުމުން 27.9 މިލިއަން ކޮވިޑްގެ ކޭސް ރިޕޯޓު ކުރެވިފައިވާ އިރު ދެވަނައަށް ކޮވިޑްގެ ކޭސް އެންމެ ގިނަ އަދަދަކަށް ރިޕޯޓުކޮށްފައިވަނީ އިންޑިއާ އަދި ބްރެޒިލްގައެވެ.
އެގޮތުން އިންޑިއާއިން ކޮވިޑް ޖެހިގެން ޖުމްލަ 10،950،201 މީހުން ރިޕޯޓުކޮށްފައިވާއިރު އެގައުމުން 156،038 މީހުން ވަނީ މި ބަލީގައި މަރުވެފައިވެއެވެ. އަދި ބްރެޒިލްގައި 9،979،276 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓު ކޮށްފައިވާއިރު 242،178 މީހުން ވަނީ މަރުވެފައެވެ.
ކޮވިޑް-19ގެ އައު ވޭރިއަންޓްތަކުގެ ސަބަބުން ބައެއް ގައުމުތަކުގައި ހަލުވިކަމާއެކު މި ބަލި ފެތުރެމުން އަންނައިރު މުޅި ދުނިޔެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 110 މިލިއަނަށް އަރާފައެވެ.