އެމެރިކާގެ ޔުނައިޓެޑް އެއާލައިންސްއިން ފަސިންޖަރުން އެއަރޕޯޓަށް އުފުލުމަށް އުދުހޭ 200 ޓެކްސީ ގަންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޔުނައިޓެޑް އެއާލައިންސްގެ އޮފިޝަލަކު ބުނި ގޮތުގައި އުދުހޭ ޓެކްސީ އުފައްދާ ކުންފުނި އާޗާގައި އެ އެއާލައިނާއި އެހެން ކުންފުންޏަކާއި ގުޅިގެން 1.1 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ވަނީ ތައްޔާރުވެފައެވެ.
އޮފިޝަލު އިތުރަށް ބުނީ އުންމީދަކީ ހެލިކޮޕްޓަރެއް ގޮތަށް އުދުހޭ އިލެކްޓްރިކް ޓެކްސީއަށް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުގެ ހުއްދަ ލިބި 2024 ވަނަ އަހަރު މި ހިދުމަތް ފެށޭނެ ގޮތްވުން ކަމަށެވެ.
އާޗާގެ ޓެކްސީ ޑިޒައިން ކޮށްފައިވަނީ ގިނަވެގެން ހަތަރު މީހުންނާއެކު 60 މޭލަށް (97 ކިލޯމީޓަރަށް) ދަތުރު ކުރެވޭ ގޮތަށެވެ. އަދި އެ ޓެކްސީއަށް ދަތުރު ކުރެވޭނެ އެންމެ ބާރު ސްޕީޑަކީ ގަޑިއަކު 150 މޭލަށެވެ.
އާޗާއިން މިހާރު ރާވާފައި ވަނީ އެއާޕޯޓުތަކުގެ ކައިރީގައި ހުންނަ ތޮއްޖެހިފައިވާ ސަރަހައްދުތަކަށް އުދުހޭ ޓެކްސީގެ ހިދުމަތް ތައާރަފު ކުރާށެވެ. އޭރުން އެއާޕޯޓަށް ދަތުރު ކުރާ މީހުންގެ ސަބަބުން ވައިގެ ތެރެއަށް ބޭރުވާ ކާބަންއޮކްސައިޑްގެ މިންވަރު ދެބައިކުޅަ އެއްބަޔަށް ދަށްވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މިއީ އެތައް ގޮތަކުން މި ހިދުމަތް ބޭނުން ކުރާ ފަރާތްތަކަށް ފަސޭހަވާނެ ހިދުމަތެއްކަމަށްވެސް އެ ކުންފުނިން ބުނެއެވެ.