ކ. މާލެ
|
7 ފެބްރުއަރީ 2021 | އާދީއްތަ 19:21
މިޔަންމާގެ ސިފައިން ބަރު ހަތިޔާރާއިއެކު ހަރަކާތްތެރިވަމުން ދަނިކޮށް
މިޔަންމާގެ ސިފައިން ބަރު ހަތިޔާރާއިއެކު ހަރަކާތްތެރިވަމުން ދަނިކޮށް
ރޮއިޓަރސް
އިންޑިއާ، މިޔަންމާގެ ގުޅުން
އިންޑިއާއިން އިންސާނިއްޔަތުކަމުގެ އެހީ މިޔަންމާއަށް ދޭނެކަމުގެ ޔަގީންކަން ދީފި
މިޔަންމާއާ އިންޑިއާއަކީ ޒަމާނުއްސުރެ އެކުވެރި ދެގައުމު
މިޔަންމާގެ ލީޑަރު އަން ސަން ސޫކީ ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ ވަނީ އުފުލާފައި

އިންޑިއާއިން އިންސާނިއްޔަތުކަމުގެ އެހީ މިޔަންމާއަށް ދޭނެކަމުގެ ޔަގީންކަން އެގައުމުން ދީފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެސްޓާނަލް އެފާއަޒްގެ ތަރުޖަމާނު އާންރަގް ސިރިސްޓަވާ ބުނީ އިންޑިއާއިން މިޔަންމާގެ ހާލަތު ވަރަށް ރަނގަޅަށް ބަލަމުން އަންނަ ކަމަށާއި، ކޮވިޑް-19 ގެ މިހާލަތުގައި މިޔަންމާގެ ވެރިކަން ބަޣާވާތަކުން ބަދަލުވެފައިވީ ނަމަވެސް ބޭހާއި ވެކްސިން އެގައުމަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދޭކަމަށެވެ.

ތަރުޖަމާނު އިތުރަށް ބުނީ މިޔަންމާއާ އިންޑިއާއަކީ ޒަމާނުއްސުރެ އެކުވެރި ދެގައުމު ކަމަށާއި، މިޔަންމާގެ ވެރިކަން ބަދަލުވި ކަމުގައި ވިޔަސް އެކަން އެގޮތުގައި ދެމި އޮންނާނެ ކަމަށެވެ.

މިޔަންމާގެ ލީޑަރު އަން ސަން ސޫކީ ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، މި ހިނގާ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސޫކީ ބަންދުގައި ބެހެއްޓުމަށް އެގައުމުގެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މިޔަމަންމާގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް ސޫކީއާއި ސަރުކާރުގެ އިސްވެރިން ބަންދުކުރީ މިޔަންމާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ސޫކީ ނިސްބަތްވާ މިޔަންމާގެ ވެރިކަން ކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) ޕާޓީން ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބު ކޮށްފައިވާކަން އިއުލާން ކޮށްފައިވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
- ކޮމެންޓް