ކ. މާލެ
|
18 ޑިސެންބަރ 2020 | ހުކުރު 13:26
މާލޭގައި ބޭއްވި ޝަރަފަުގެ ހިނގާލުމުގެ ތެރެއިން
މާލޭގައި ބޭއްވި ޝަރަފަުގެ ހިނގާލުމުގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފްގެ ޝަރަފްގެ ހިނގާލުން
މިރޭ ދިއްދޫގައި ހަވާ އަރުވާނެ: އެމްއެންޑީއެފް
މިއީ އަތޮޅު ތެރޭގައި ޝަރަފްގެ ހިނގާލުން ބޭއްވި ފުރަތަމަ ފަހަރު
ހޮނިހިރު ދުވަހު އިހަވަންދޫގައި ޝަރަފްގެ ހިނގާލުމާއި ހަވާ އެރުވުން އޮންނާނެ

އެމްއެންޑީއެފްގެ ޝަރަފްގެ ހިނގާލުމާއި ހަވާއެރުވުމުގެ ހަރަކާތް ހއ. ދިއްދޫގައި އޮންނާނެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި ހަރަކާތްތަކީ ނޮދަން އޭރިއާ ޅ. މާފިލާފުށީގައި ތިން މަސް ދުވަހަށް ކުރިއަށްގެންދިޔަ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ކުރިއަށް ގެންދިއުމަށް ހަމަޖެހުނު ހަރަކާތެކެވެ.

އެގޮތުން ބުރާސްފަތި ދުވަހު ވަނީ ޝަރަފްގެ ހިނގާލުމާއި ހަވާއެރުވުމުގެ ހަރަކާތް ހދ. ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތް އިހަވަންދޫގައި ހޮނިހިރު ދުވަހު ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މީގެ ކުރިން ޝަރަފްގެ ހިނގާލުން އޮންނަނީ މާލެ ސަރަހައްދުގައެވެ. މިއީ އަތޮޅުތެރޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޝަރަފުވެރި ހިނގާލުމެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ.މާފިލާފުށީގައި ހިންގި 66 ވަނަ އަސާސީ ތަމްރީނު ކޯހަކީ ތިން މަސް ދުވަހުގެ މުއްދަތަށް ހިންގި ކޯހެކެވެ. މި ކޯހުގައި 97 ދަރިވަރުން ބައިވެރިވެފައިވެއެވެ. މީގެ ކުރިން ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުންތައް ބާއްވަމުން އައިސްފައިވަނީ ސިފައިންގެ ތަމްރީނު މަރުކަޒުތަކުގައި ނުވަތަ ހެޑްކުއާޓަރގައެވެ.

- ކޮމެންޓް