ކ. މާލެ
|
18 ޑިސެންބަރ 2020 | ހުކުރު 13:37
ރާއްޖެއިން ފުރައިގެން ނުދެވި ގިނަ އަދަދެއްގެ ބިދޭސީން އެބަތިބި
ރާއްޖެއިން ފުރައިގެން ނުދެވި ގިނަ އަދަދެއްގެ ބިދޭސީން އެބަތިބި
ރާއްޖެއެމްވީ
ވާރކްވީޒާއަށް ބަދަލުކުރުމަށް ފުރުޞަތު ހުޅުވާލުން
ބިޒްނަސް ވީޒާ އަދި ސެޕްޝަލް ވީޒާގައި މަސައްކަތްކުރާ ބިދޭސީން ވާރކް ވީޒާއަށް ބަދަލުކުރުމަށް ފުރުޞަތު ހުޅުވާލައިފި
1 ޑިސެންބަރ 2020 ގެ ކުރިން، ބިޒްނަސް ވީޒާގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތެއް ކަމުގައިވާން ޖެހޭނެ
ރާއްޖޭގައި ވަޒީފާ އަދާކުރަމުންގެންދާ ފަރާތްތަށް ވާންޖެހޭނެ

ކޮވިޑް-19 ގެ ސަބަބުން، ޤައުމުތަކުގެ ބޯޑަރ ބައިނަލްއަޤްވާމީ ދަތުރުފަތުރަށް ހުޅުވާފައި ނުވުމުގެ ސަބަބުން، ރާއްޖެއިން ފުރައިގެން ނުދެވިފައިވާ ފަރާތްތަކުގެ ތެރެއިން، އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ދަށުން ވާރކް ވީޒާ ދޫކުރާގޮތަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ވާރކް ވީޒާއަށް އެދި ހުށަހަޅާ ފަރާތަކީ މުއްދަތު ހަމަނުވާ ވީޒާއެއްގައި ރާއްޖޭގައި އުޅެމުންގެންދާ ފަރާތެއް ކަމުގައި ވާންވާނެ ކަމަށެވެ.

އެގޮތުން 1 ޑިސެންބަރ 2020 ގެ ކުރިން، ބިޒްނަސް ވީޒާގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތެއް ކަމުގައިވާން ޖެހޭނެ ކަމަށާއި އަދި ސްޕެޝަލް ވީޒާ ލިބިގެން ރާއްޖޭގައި އުޅެމުންގެންދާ ބިދޭސީންގެ ތެރެއިން، ރާއްޖޭގައި ވަޒީފާ އަދާކުރަމުންގެންދާ ފަރާތްތަށް ވާންޖެހޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ. މީގެ ތެރޭގައި ކްލަބް އެސޯސިއޭޝަން އަދި ޖަމިއްޔާތަކުން ގެނެސްފައިވާ ފަރާތްތަށް ހިމެނެއެވެ.

އެހެންކަމުން މިފަރާތްތަކުގެ ވީޒާ ބަދަލުކުރުމުގެ އެންމެހައި ކަންކަން، 30 ޖޫން 2021 ގެ ކުރިން، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ކުރިއަށް ގެންދިއުމަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

- ކޮމެންޓް