ކ. މާލެ
|
18 ޑިސެންބަރ 2020 | ހުކުރު 09:16
ވޭވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު
ވޭވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު
އެމްޓީސީސީ
ވޭވަށު ބަނދަރުގެ މަޝްރޫއު
ވޭވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ!
މި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް
ބަނދަރުގެ މައްސަލައަކީ އެރަށަށް ދިމާވެއިވާ ބޮޑު މައްސަލަ އެއް
ރަށުގެ ރައްޔިތުންގެ އުއްމީދަކީ ވީހާވެސް އަވަހަށް މި މަޝްރޫއު ނިމުން

މ. ވޭވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކުގެ 79 ޕަސެންޓް ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީއިންް އަމަލީގޮތުން ހަވާލު ކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޯގަސްޓް 27 ގައެވެ.

ބަނދަރުގެ މައްސަލައަކީ އެރަށަށް ދިމާވެފައިވާ ބޮޑު މައްސަލަ ކަމަށްވާއިރު، މި މަޝްރޫއަކީ 500 ދުވަސް ތެރޭގައި އަޕްގްރޭޑް ކުރުމަށް ހަވާލު ކޮށްފައިވާ މަސައްކަތެކެވެ. އަދި މަޝްރޫއަަށް 48,863,172.98 (ސާޅީސްއަށް މިލިއަން އަށްލައްކަ ފަސްދޮޅަސްތިންހާސް އެއްސަތޭކަ ހަތްދިހަ ދެރުފިޔާ ނުވަދިހަ އަށްލާރި) ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި މަޝްރޫއުގެ މަސައްކަތް ނިންމުމަށްޓަކައި ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާއިރު ރަށުގެ ރައްޔިތުންގެ އުއްމީދަކީ ވީހާ ވެސް އަވަހަށް މި މަޝްރޫއު ނިމުން ކަމަށް ކައުންސިލުންވެސް ވަނީ ބުނެފައެވެ.

- ކޮމެންޓް